Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އަފްޣާނިސްތާނުގެ މީހުން ކިޑްނީ ވިއްކުން

1،500 ޑޮލަރަށް ވިއްކާލާނީ ކިޑްނީތަ ނޫނީ އަންހެން ދަރިފުޅުތަ؟

ޝަކީލާ ކިޑްނީ ވިއްކާލީ އެންމެ 1،500 ޑޮލަރަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 5 މާރިޗު 2022 | ހޮނިހިރު 12:57
އަފްޣާނިސްތާންގައި މީހުންނަށް ވަނީ ދިރިހުރުމަށްޓަކައި އެމީހުންގެ ގުނަވަންތައް ނޫނީ ދަރިން ވިއްކަން މަޖުބޫރުވެފައި

އަފްޣާނިސްތާންގައި މީހުންނަށް ވަނީ ދިރިހުރުމަށްޓަކައި އެމީހުންގެ ގުނަވަންތައް ނޫނީ ދަރިން ވިއްކަން މަޖުބޫރުވެފައި

މީގެ ހަ މަހެއްހާ ދުވަސްކުރިން އަފްޣާނިސްތާނުގެ ވެރިކަމާ ތޯލިބާނުން އަނެއްކާވެސް ވަނީ ހަވާލުވެފައެވެ. އެއާއެކު ފެނިގެން ދިޔައީ 20 އަހަރު ދުވަހުގެ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ގައުމުގެ ހާލަތު އިތުރަށް ގޯސްވާން ފެށި މަންޒަރެވެ. އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންވެސްމެއެވެ.

އަފްޣާނިސްތާނުގެ 38 މިލިއަން މީހުންގެ އާބާދީގެ ނުވަ މިލިއަނެއްހާ މީހުންނަކީ މިހާރު ވަޒީފާއެއް ނެތް، އާމްދަނީ ހޯދޭނެ ގޮތެއް ނެތި ތިބި މީހުންނެވެ. އެގައުމުގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާ ސިފައިން، ގައުމުން ފައިބާ އެމެރިކާއިން އަފްޣާނިސްތާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންފެށުމާއެކު ބޭރުގެ ގައުމުތަކުން ލިބެމުން ދިޔަ އެހީތަށްވެސް މިހާރު ވަނީ މަދުވެފައެވެ.

ގޮތް ހުސްވެފައިވާ ރައްޔިތުންނަށް ވަނީ ދިރިހުރުމަށްޓަކައި އިތުރު ގޮތެއް ހޯދަން މަޖުބޫރުވެފައެވެ.

އަފްގާނިސްތާނުގެ ހީރަތު ޕްރޮވިންސްގެ ހުޅަނގުގެ ސިޓީއެއްގައި އޮންނަ އަވަށެއް ވަނީ ވަރަށް ތަފާތު ނަމަކުން މަޝްހޫރުވާން ފަށާފައެވެ. އެއީ "ވަން ކިޑްނީ ވިލެޖް" އެވެ. އަވަށުގެ ގިނަ ބަޔަކު މިހާރު ދިރިއުޅެމުން ދަނީ އެންމެ ކިޑްނީ އަކާއެކު އެވެ.

ފައިސާ ހޯދޭނެ ގޮތެއް ނެތި އެއަވަށުގެ މީހުން ވަނީ އަމިއްލަ ގުނަވަންތައް ވިއްކައިގެން ކައިބޮއި ހަދަން ފަށާފައެވެ. އެތައް ބަޔަކު އެމީހުންގެ ކިޑްނީ ވިއްކަމުންދާއިރު، މިކަން މިއީ އެމީހުންނަށް ލިބޭ ކުޑަ ކުޑަ ވަގުތީ ހައްލެކެވެ.

އުމުރުން އެންމެ 32 އަހަރުގެ ނޫރުއްދީން ވަޒީފާ އަދާކުރަމުން ދިޔައީ ފެކްޓްރީއެއްގައެވެ. ފެކްޓްރީން ދެމުން އައި މުސާރަވެސް މާ ގިނަ ދުވަސްތަކެއް ނުވެ މަހެއްގެ މައްޗަށް އެންމެ 30 ޑޮލަރަށް ކުޑަކުރުމުން ފެކްޓްރީގެ ވަޒީފާއިން ވަކިވެ އެއަށް ވުރެ މުސާރަ ބޮޑު ވަޒީފާއެއް ހޯދަން އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް ގައުމުގައި ވަޒީފާ ނެތް މީހުންގެ އަދަދު ގިނަކަމުން އައު ވަޒީފާއެއް ނޫރުއްދީނަކަށް ނުލިބުނެވެ.

ވަޒީފާއެއް ނުލިބި ގިނަ ދުވަސް ވާން ފެށުމާއެކު ނޫރުއްދީން ގޮތް ހުސްވިއެވެ. ހަދާނެ އިތުރުގޮތެއް ނެތުމުން ވަގުތީ ހައްލެއް ހޯދުމަށް ނޫރުއްދީން ނިންމީ އޭނާގެ ކިޑްނީ ވިއްކާލާށެވެ. މަޖުބޫރީ ހާލަތުގައި ދަރިންނަށްޓަކައި ނޫރުއްދީން ނިންމި މި ނިންމުން މާ ރަނގަޅު ނިންމުމަކަށް ނުވިއެވެ.

ކިޑްނީ ވިއްކާލި ފަހުން ނޫރުއްދީން މިހާރު ވަރަށް ބައްޔެވެ. އަތުން ބަރު އެއްޗެއް ނުއުފުލެއެވެ. މަސައްކަތެއް ނުކުރެވެއެވެ. އޭނާގެ އާއިލާ ކައިބޮއި ހަދަނީ އުމުރުން އެންމެ 12 އަހަރުގެ ފިރިހެން ދަރިފުޅު، މީހުންގެ ބޫޓު ސާފުކޮށްގެން ހޯދާ މަދު ފައިސާ ކޮޅުންނެވެ.

ފަގީރުކަމުން އަރައިގަނެވޭނެ ކަމުގެ އުންމީދުގައި އާއިލާއެއްގެ ފަސް ފިރިހެންކުދިން ވަނީ ހަތަރު އަހަރުގެ މަތިން ކޮންމެ ކުއްޖަކު ކިޑްނީއެއް ވިއްކާފައެވެ. ނަމަވެސް މި ފަސް ބެއިންނަށް ފަގީރުކަމުން އަރައެއް ނުގަނެވުނެވެ. އަދިވެސް ދިރިއުޅެމުންދަނީ އެތައް ބައިވަރު ދަރަންޏެއް ބޮލުގައި އަޅައިގެންނެވެ.

ތާލީބާނުން ވެރިކަމާ ހަވާލުވިތާ މާގިނަ ދުވަސްތަކެއް ނުވެ އުމުރުން އެންމެ 19 އަހަރުގައި ދެކުދިންގެ މަންމަ، ޝަކީލާވެސް ވަނީ އޭނާގެ ކިޑްނީ ވިއްކާލާފައެވެ. ކިޑްނީ ވިއްކާލީ އެންމެ 1،500 ޑޮލަރަށެވެ. މިފައިސާގެ ބޮޑު ބައެއް ހަރަދުވެގެން ދިޔައީ އާއިލާގެ ދަރަނި އަދާކުރުމަށެވެ.

ތިން ދަރިންގެ މަންމަ، އައީޝާ މިހާރު އިންތިޒާރު ކުރަމުން އެދަނީ އޭނާގެ ކިޑްނީ ވިއްކާލެވޭނެ ދުވަހަކަށެވެ. އޭނާގެ ދަރިން ސަލާން ޖަހަމުން މަގުމަތީގައި ދުވާއިރު، އޭނާއަށް އޮތް ހަމައެކަނި އުންމީދަކީ އޭނާގެ ކިޑްނީއާ މެޗްވާ މީހަކާ ދިމާވެ ކިޑްނީ ވިއްކާލުމުގެ ފުރުސަތު ލިބުމެވެ. ނޫނީ އައީޝާ އަށް އޭނާގެ އެއް އަހަރުގެ އަންހެން ދަރިފުޅު ވިއްކާލަން މަޖުބޫރުވާނެ ކަމަށް އޭނާ ކިޔައިދިނެވެ.

ރަނގަޅު ސިއްހީ ވަސީލަތްތަކާއި ރަނގަޅު ސިއްހީ ހިދުމަތާއެކު ކިޑްނީ ޓްރާންސްޕްލާންޓް ކުރާ މީހުންނަށް މާ ބޮޑެތި ދަތިތަކަކާ ނުލައި ދިރުއުޅެވެއެވެ. ސިއްހީގޮތުންވެސް މާބޮޑެތި ގެއްލުންތަކެއް އެމީހުންނަކަށް ނުވެއެވެ. ނަމަވެސް އަފްގާނިސްތާނުގައި ކިޑްނީ ވިއްކާ މީހުންނަށް އެމީހުންގެ ކިޑްނީ ވިއްކާލުމަށްފަހު ލިބެންޖެހޭ އެންމެ ރަނގަޅު ފަރުވާއެއް ނުލިބެއެވެ. މީގެ ސަބަބުން އިތުރު ގިނަ ސިއްހީ މައްސަލަ ތަކަކާ އެމީހުން ކުރިމަތިލާންޖެހެއެވެ.އަދި އިތުރު ދަރަނިތައް ފުނިޖެހެއެވެ.

އަފްޣާނިސްތާން

ކޮމެންޓް

އިތުރަށް ކިޔާލަން

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު