Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭގައި ހުރި ބޮޑެތި ގަސްތައް

މާލޭގައި ހުރި ދުވަސްވީ ބޮޑެތި ގަސްތައް ސަރުކާރުން ކަނޑާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!

ގާޑިޔާތައް ނެގުމަށް ފަހު އެ ސަރަހައްދުގައި ހުރި ގަސްތައް ވަނީ ކަނޑާލާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 އެޕްރީލު 2018 | އާދީއްތަ 09:53
މާލޭގެ ދެކުނު ފަރާތުގައި ހުރި ގަސްތައް ކަނޑާލާފައި

މާލޭގެ ދެކުނު ފަރާތުގައި ހުރި ގަސްތައް ކަނޑާލާފައި

މާލޭގައި ހުރި ދުވަސްވީ ބޮޑެތި ގަސްތައް ކަނޑަމުންދާތީ އެކުމުގެ ޝަކުވާތައް ބޮޑުވެ، ރައްޔިތުން ނުރުހުން ފާޅު ކުރަމުންދިޔަ ނަމަވެސް ސަރުކާރުން އެކަމާ މާބޮޑު ސަމާލުކަމެއް ނުދިނެވެ.

މާލޭގައި އެކިއެކި ސަރަހައްދުތަކުގައި ހުރި، ހާއްސަކޮށް މާލޭގެ އިރާއި ދެކުނު ސަރަހައްދުގެ ވަށައިގެން ހުރި ދުވަސްވީ ބޮޑެތި ގަސްތައް ސަރުކާރުން ދަނީ ކަނޑަމުންނެވެ.

ބްރިޖް ސަރަހައްދުގެ ޕާކްގައި ހުރި ގަހެއް ކެނޑުމުގައި

ސަރުކާރުން ހިންގާ ތަރައްގީގެ ޕްލޭންތަކެއްގެ ދަށުން ގާޑިޔާތައް ހިމެނޭ މާލޭގެ ދެކުނު ސަރަހައްދުތަކުގައި ހުރި ގަސްތައް ކަނޑުމަށް ފަހު ވަނީ ބިމާ ހަމަކޮށްފަ އެވެ. އެ ސަރަހަދުގައި ހުރި ހުރިހާ ގަސްތަކެއް ކެންޑުމަށް ފަހު، ސަރުކާރުން ދަނީ އިންޑަސްޓްރިއަލް ވިލެޖްގެ ނަމުގައި އެސަރަހައްދު ތަރައްގީ ކުރަމުންނެވެ.

މީގެއިތުރުން ބްރިޖް ސަރަހައްދު ހިމެނޭ ޕާކް ސަރަހައްދާއި އާރޓިފިޝަލް ބީޗް ހިމެނޭ ސަރަހައްދުގައި ހުރި ދުވަސްވީ ބޮޑެތި ގަސްތައް ކަނޑަމުން ދަނީ އެ ސަރަހައްދުގެ މަގުތައް ތަރައްގީ ކުރުމަށް ކަމަށް ވެއެވެ. އެއީ ބްރިޖްގެ މަޝްރޫއުނިމޭއިރު، އެސަރަހައްދުގެ މަގުތައް ވެސް އެކަށީގެންވާ ގޮތެއްގައި ތަރައްގީ ކުރުމުގެ ބޭނުމުގައި ކަމަށް ވެއެވެ.

މާލޭގެ ދެކުނު ސަރަހައްދު

ރައްޔިތުން ބުނަމުން ދަނީ މާލޭގެ އެކިއެކި ސަރަހައްދުތައް ތަރައްގީ ކުރި ނަމަވެސް ގަސްތައް ވީހާވެސް ނުކަނޑާ ކަންކަން ކުރެވޭނެ ގޮތަކަށް ކަންކަން ރާވާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ރާއްޖެއަކީ ހޫނުގަދަ، ހާއްސަކޮށް މާލޭގެ ހޫނުކަން އިންތިހާއަށް މައްޗަށް ދާއިރު ގަސްތައް ކެނޑުމުން އޭގެ އަސަރު އިންތިހާއަށް ފޯރާނެ ކަމަށް ވެސް ރައްޔިތުން ދަނީ ބުނަމުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަސް އަހަރުގެ ދައުރު މިއަހަރު ނިމޭއިރު، މި ސަރުކާރު ވެފައިވަނީ އެންމެ ގިނައިން މާލޭގައި ހުރި ގަސްތައް ކެނޑި ސަރުކާރަށެވެ. މިސަރުކާރުން ވަނީ ރާއްޖޭގެ އާސާރީ ތަނެއް ކަމަށްވާ ސަލްޓަން ޕާކްގައި ހުރި ދުވަސްވީ ބޮޑެތި ގަސްތަކެއް ކަނޑާ ބިމާ ހަމަކޮށްލާފަ އެވެ. މީގެއިތުރުން ރައީސް ނަޝީދުގެ ސަރުކާރުން މާލެ ފެހި ކުރުމުގެ މަޝްރޫއުގެ ދަށުން އިންދި ފެންފޯއް ރުއްތައް ކަނޑާ ބިމާ މަހަކޮށްފައިވެއެވެ. މީގެ އިތުރުން ވެސް މާލޭގައި ހުރި ގިނަ އަދަދެއްގެ ގަސްތައް ކަނޑާފައި ވެއެވެ.

ނަމަވެސް މިކަމާ އެއްވެސް ފަރާތަކުން އަޅާލާތަނެއް ނުފެނެ އެވެ. ދައުލަތުގެ މިނިވަން މުއައްސަސާތައް ހުރި ނަމަވެސް ސަރުކާރުން ކުރާ މިޒާތުގެ އެއްވެސް ކަމެއް ބެލޭނެ ނުވަތަ ބަހެއް ބުނެލާނެ މުއައްސަސާއެއް ނެތެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު