Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސުޕްރީމް ކޯޓު

ވަގުތީ އަމުރަކުން 12 މެމްބަރުން ހުއްޓުވިތާ ދޮޅު މަސް، އަދިވެސް ހައްލެއް ނުލިބި!

ވަގުތު އަމުރު ނެރުނީ ފެބްރުއަރީ 18ގައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 7 އެޕްރީލު 2018 | ހޮނިހިރު 08:24
ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން ސުޕްރީމް ކޯޓުން ނުކުންނަނީ

ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން ސުޕްރީމް ކޯޓުން ނުކުންނަނީ

ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ސާފު ނިޔާއެއް ކަނޑައަޅައި ނިމެންދެން، ވަގުތީ ހައްލެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު މަޖިލީހަށް ވަޑައިނުގެންނެވޭ ގޮތަށް ނެރުނު ވަގުތީ އަމުރަށް ފަހު، ދާއިމީ ހައްލެއް ނުލިބި ދިގުލައިގެންގޮސްފި އެވެ.

ގުޅިފައިވާ ޕާޓީތަކުގެ 12 މެމްބަރަކު މަޖިލީހަށް ވަޑައިގަތުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނީ، އެކެއް ފެބްރުއަރީގެ އަމުރުގައި ހިމެނޭ ތިން ބައެއް ބާތިލު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ. މެމްބަރުންނަށް ޖަލްސާތަކުގައި ބައިވެރިނުވެވޭ ގޮތަށް ވަގުތީ އަމުރު ނެރުނީ މިދިޔަ ފެބްރުއަރީ 18 ވަނަ ދުވަހު އެވެ. އެ އަމުރު ނެރުނުތާ މިއަދަށް އެއް މަހާއި 20 ދުވަސް ވަނީ ފާއިތުވެގެން ގޮސްފައެވެ.

Advertisement - newsAdvertisement

ވަގުތީ އަމުރު ދެމި އޮންނާނީ ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ޝަރުއީ އުސޫލުތަކުގެ މައްޗަށާއި ބާވަތަށް ބަލައި އެ ކޯޓުން ވަކި ގޮތެއް ނިންމަންދެން ކަމަށް އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެއެވެ. ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުން ބޭއްވީ އެންމެ އަޑުއެހުމެކެވެ. އެ އަޑުއެހުމަށް ފަހު ދެ ހަފްތާ ވަނީ ފާއިތުވެގެން ގޮސްފައެވެ. ސުޕްރީމް ކޯޓުގައި ތިއްބެވި ތިން ފަނޑިޔާރުން ބައްލަވާ އެ މައްސަލާގައި ބުނެފައި ވަނީ ދެން އެ މައްސަލާގައި އިތުރު ކަމެއް ސާފު ކުރަން ނެތްނަމަ، އޮންނާނީ ހުކުމް ކުރުން ކަމަށެވެ.

އެ މައްސަލާގައި ބަންޑާރަ ނައިބުގެ އޮފީހުން އެދިފައި ވަނީ ފްލޯކްރޮސް ކުރުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް، ބާތިލުވެއްޖެ ކަމަށް ފެބްރުއަރީ އެކެއްގައި ކުރި އަމުރުގައިވާ ބުނެފައިވާތީ، އެ ނިންމުން ބާތިލުކޮށް ދިނުމަށެވެ. އަދި އެއްވެސް ކޯޓަކަށް ފަނޑިޔާރަކު އައްޔަން ކުރާނީ ސުޕްރީމް ކޯޓްގެ ހުއްދަ ލިބިގެން ކަމަށް ބުނާ ބުނުން، ފެބްރުއަރީ އެކެއްގެ އަމުރުން ބާތިލު ކޮށްދިނުމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން އެދިފައިވެެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ ސައްހަކަމާމެދު ސުވާލު އުފައްދައި، މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ އަސްކަރީ މީހުން މެދުވެރިކޮށް، އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިކުރުން ހުއްޓުވާފައިވާތާ އަހަރެއްހާ ދުވަސްވަނީ ވެފައެވެ. ބާރަ މެމްބަރުން ބައިވެރިނުކޮށް، މިދިޔަ އަހަރުގެ ބަޖެޓާއި ބިލްތަކާއި މިނިވަން މުއައްސަސާތަކުން މަޖިލީހަށް ވަނީ ބޭފުޅުން އައްޔަން ކޮށްފައެވެ. އެ މެމްބަރުން މަޖިލީހުގައި ތަމްސީލު ކުރުން ހުއްޓުވުމަކީ އެ މެމްބަރުން ތަމްސީލު ކުރާ 60،000 ރައްޔިތުންގެ ހައްގު ނިގުޅައިގަތުން ކަމަށް ގުޅިފައިވާ ޕާޓީތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު