Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޔުރޮޕާ ލީގު

ޔުރޮޕާ ލީގު: އާސެނަލް އަދި އެޓްލެޓިކޯ ސެމީއާ ގާތަށް ޖެހިލައިފި

6 އެޕްރީލު 2018 | ހުކުރު 14:20

އާސެނަލް ވަނީ ސީއެސްކޭއޭ މޮސްކޯ 4-1 އިން ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 6 އެޕްރީލު 2018 | ހުކުރު 14:20
އެޓްލެޓިކޯގެ ގްރީޒްމަން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

އެޓްލެޓިކޯގެ ގްރީޒްމަން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލާއި ގާތަށް އިނގިރޭސިވިލާތުގެ އާސެނަލް އަދި ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑް ޖެހިލައިފިއެވެ.

އާސެނަލް ސެމީގެ ޖާގައަކާ ގާތަށް ޖެހިލީ އަމިއްލަ ދަނޑުގައި ރަޝިއާގެ ސީއެސްކޭއޭ މޮސްކޯގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު އެ ޓީމުން ޖެހީ މެޗުގެ ނުވަވަނަ މިނެޓުގައެވެ. ހެކްޓަރ ބެލެރިން ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ލީޑު ނަގައިދިނީ އާރޮން ރެމްސީއެވެ. އެހެން ނަމަވެސް އޭގެ ހަ މިނެޓު ފަހުން އެލެކްޒެންޑްރާ ގޮލޮވިން ވަނީ ސީއެސްކޭއަށް ލަނޑެއް ޖަހައިދީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި ލަނޑަށްފަހު އާސެނަލްއިން އެ ޓީމުގެ ކުޅުން ވަރުގަދަކުރިއިރު އެ ޓީމުން ވަނީ 23 ވަނަ މިނެޓުގައި ލަނޑެއް ޖަހާ އަލުން އަނބުރާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެލެކްޒެންޑްރާ ލަކަޒެޓްއެވެ. އޭނާ މި ލަނޑު ޖެހިތާ ފަސް މިނެޓު ނުވަނީސް ރެމްސީ ވަނީ އޭނާ މެޗުގައި ޖެހި ދެވަނަ ލަނޑު ޖަހާ އާސެނަލްގެ ލީޑު ފުޅާކޮށްދީފައެވެ. އާސެނަލްގެ ހަތަރު ވަނަ ލަނޑު މެޗުގެ 35 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ލަކަޒެޓްއެވެ.

މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ކުޅެން ހަމަޖެހިފައިވަނީ ސީއެސްކޭއޭ މޮސްކޯގެ ދަނޑުގައެވެ.

މި މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ އެޓްލެޓިކޯ ސެމީގެ ޖާގައަކާއި ގާތަށް ޖެހިލީ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗު ފެށިގެން 23 ސިކުންތު ނުވަނީސް އެ ޓީމަށް ޖަހައިދިނީ ކޯކޭއެވެ. މިއީ މި މުބާރާތުގެ ތާރީހުގައި ވެސް އެޓްލެޓިކޯއިން ޖެހި އެންމެ އަވަސް ލަނޑެވެ. އެޓްލެޓިކޯގެ ދެވަނަ ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ އެންޓޮއިން ގްރީޒްމަންއެވެ.

މި ދެ ޓީމު ކުޅޭ ދެވަނަ ލެގުގެ މެޗު އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭނީ ސްޕޯޓިންގެ ދަނޑުގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް