Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ވަރުން ދަވަން

ވަރުން ދާވަން ޓްވިޓަރ އާއި ދުރަށް

ވަރުން ޓްވިޓަރ އާއި ދުރަށް ދަނީ ކިހާ ދުވަހަކު ކަމެއް ނުބުނޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 6 އެޕްރީލު 2017 | ބުރާސްފަތި 10:04
ވަރުން ދާޥަން ފިލްމީ ތަރި އާލިއާ ބަޓް އާއެކީ. ވަރުން ވަނީ ކުޑަދުވަސް ކޮޅަކަށް ޓްވިޓާއާއި ދުރަށް ދިއުމަށް ނިންމާފައި

ވަރުން ދާޥަން ފިލްމީ ތަރި އާލިއާ ބަޓް އާއެކީ. ވަރުން ވަނީ ކުޑަދުވަސް ކޮޅަކަށް ޓްވިޓާއާއި ދުރަށް ދިއުމަށް ނިންމާފައި

މަޝްހޫރު ފިލްމީ ތަރި ވަރުން ދަވަން ކުޑަދުވަސްކޮޅަކަށް ޓްވިޓަރ އާއި ދުރަށް ދާ ކަމަށް ބުނެފިއެވެ. ހަމަ ޔަގީނުންވެސް މިއީ ވަރުންގެ ފޭޏުންނަށް ހިތާމަ ހަބަރަކަށް ވެގެން ދާނެއެވެ. ޒުވާން ފިލްމީތަރި ޓްވިޓަރ އާއި ދުރަށް ކުޑަ ދުވަސްކޮޅަކަށް ދާން ނިންމީ ކީއްވެ ކަމެއް ނޭގެއެވެ.

ވަރުން އޭނާގެ އިންސްޓަގްރާމުގައި އޭނާގެ ފޮޓޯއެއްގައި ލިޔެފައިވަނީ ޓްވިޓަރ އިން ދުވަސްކޮޅަކަށް ދުރަށްދާކަމަށާއި ވަރަށް އަވަހަށް އެންމެން ފެންނާނެކަމަށް އުއްމީދުކުރާކަމަށެވެ.

ނަމަވެސް ވަރުން ޓްވިޓަރ އިން ދުރަށް ދަނީ ކިހާ ދުވަހަކަށް ކަމެއް ބުނެފައެއް ނުވެއެވެ. އަދި ޓްވިޓަރ އާއި ދުރަށް ދަނީ ކޮންސަބަބަކާހެދި ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ވަރުން ދާވަން އެންމެ ފަހުން ޓްވީޓެއް ކޮށްފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ.

އެއީ އޭނާ މީގެ 3 އަހަރު ކުރިން ކުޅުނު ފިލްމު "މެއިން ތެރަ ހީރޯ" އަށް 3 އަހަރު ފުރިގެން ކުރި ޓްވީޓެކެވެ. އޭގައި ބުނެފައިވަނީ"މެއިންތެރަ ހީރޯއަށް 3 އަހަރު ފުރިއްޖެ. އެ ފިލްމަކީ އަހަރެން އަދި އަހަރެންގެ ހަޔާތް ބަދަލު ކޮށްލި ފިލްމެކެވެ." މިހެންނެވެ. އެ ޓްވީޓުގައި ވަރުން ވަނީ ނަރުގިސް ފަހުރީ ވެސް ޓެގްކޮށްފައެވެ.

ވަރުން ދާވަންޓްވިޓަރ އާއި ގުޅިފައިވަނީ 11 ސެޕްޓެމްބަރ 2011 ގައެވެ.

ވަރުންއަކީ ފިލްމް ޑައިރެކްޓަރ ޑޭވިޑް ދާވަންގެ ދަރިއެކެވެ. އޭނާ އެންމެ ފުރަތަމަ ކުޅެފައިވާ ފިލްމަކި ސްޓޫޑެންޓް އޮފް ދަ އިޔަރ އެވެ. އޭނާ ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި ހަމްޕްޓީ ޝަރުމާކީ ދުލްހަނިޔާ، އޭބީސީޑީ2، ދިވާލޭ ފަދަ ކާމިޔާބު ފިލްމުތައް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި

ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި

13 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު