Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ރޯމާ ބަލިކޮށް، ސެމީ ފައިނަލާއި ގާތަށް ބާސެލޯނާ ޖެހިލައިފި

މިމެޗު ބާސެލޯނާ ކާމިޔާބު ކުރީ 4-1 ން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 5 އެޕްރީލު 2018 | ބުރާސްފަތި 06:24
ރޯމާގެ ޑި ރޮސީ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ލީޑު ނެގުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ރޯމާގެ ޑި ރޮސީ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ލީޑު ނެގުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި އިޓަލީގެ އޭއެސް ރޯމާ ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލާއި ގާތަށް ސްޕެއިންގެ ބާސެލޯނާ ޖެހިލައިފި އެވެ.

ބާސެލޯނާގެ ދަނޑު، ކޭމްޕް ނޫގައި ކުޅުނު މިމެޗު ބާސެލޯނާ ކާމިޔާބު ކުރީ 4-1 ންނެވެ.

މިމެޗުގެ 38 ވަނަ މިނެޓުގައި ބާސެލޯނާ އިން ލީޑު ނެގީ، ރޯމާގެ މިޑްފީލްޑަރު ޑެނިއެލް ޑި ރޮސީގެ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މިއީ ރޯމާގެ އޭރިއާ ބޭރުން ބާސެލޯނާގެ ކުޅުންތެރިން އުފައްދަން މަސައްކަތް ކުރި ހަމަލާއެއްގައި، އޭރިއާ ބޭރުން ބާސެލޯނާގެ ކެޕްޓަން އަންދްރޭ އިނިއެސްޓާ، އެ ޓީމުގެ އެހެން ކުޅުންތެރިޔަކަށް ދިން ބޯޅައެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ވަން ލަނޑެކެވެ.

މި ލަނޑަށްފަހު މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ރޯމާ އަށް ނަތީޖާ ހަމަހަމަ ކުރަން ރަނުގެ ފުރުޞަތެއް ލިބި ބޭކާރުވިއެވެ. ބާސެލޯނާގެ ޕެނަލްޓީ އޭރިއާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ރޯމާގެ ލޮރެންޒޯ ޕެލެގްރިނީ އަށް ބާސެލޯނާގެ ޑިފެންޑަރު ސެމުއެލް އުމްޓިޓީ ކުރި ފައުލަކާއި ގުޅިގެން، އޭރިއާ ރޮނގުމަތިން ލިބުނު ހިލޭޖެހުމުގެ ބޭނުން ހިފޭގޮތެއް ނުވި އެވެ.

މިނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، ދެވަނަ ހާފްގައި ބާސެލޯނާ އިން ލީޑު ފުޅާ ކުރީވެސް ރޯމާގެ ކުޅުންތެރިޔެއް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. 55 ވަނަ މިނެޓުގައި މިލަނޑު ވަދެފައިވަނީ ރޯމާގެ ޑިފެންޑަރު ކޮންސްޓެންޓީނޯސް މަނޯލާސް އަތުންނެވެ.

އޭގެ ފަސް މިނެޓު ފަހުން ބާސެލޯނާގެ ތިންވަނަ ލަނޑު ޖަހައިދިނީ ޑިފެންޑަރ ޖެރާޑް ޕީކޭ އެވެ. ރޯމާގެ ގޯލަށް އަމާޒުކޮށް ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް ފޮނުވާލި ބޯޅައެއް، ރޯމާގެ ކީޕަރުގެ އަތުގައި ޖެހިފަ ނިކުތް ބޯޅަ ލިބުނުއިރު ޕީކޭ ހުރީ ގޯލް ކުރިމަތީ ހުސްކޮންނެވެ.

މިމެޗުގައި ރޯމާ އިން ޖެހި ހަމައެކަނި ލަނޑު، މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ޑިއެގޯ ޕެރޯޓީ ދިން ބޯޅައަކުން ޖަހައިދިނީ އެޑިން ޖެކޯ އެވެ.

ބާސެލޯނާގެ ފަހު ލަނޑު، 87 ވަނަ މިނިޓުގައި ޖަހައިދިނީ އުރުގުއާއީގެ ފޯވާޑް ލުއިސް ސުއަރޭޒް އެވެ. މިއީ ސުއަރޭޒް އެއް އަހަރުގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ. ސްޕެނިޝް ލީގުގައި 26 މެޗުގައި 22 ލަނޑު ޖެހި ނަމަވެސް، ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގައި ވެސް ސުއަރޭޒް އަށް ލަނޑެއް ޖެހިފައެއްނުވެއެވެ.

މިއީ ބާސެލޯނާގެ ތަރި ލިއޮނެލް މެސީ އަށް ފާއިތުވި 8 މެޗުގެ ތެރެއިން ލަނޑެއް ނުޖެހުނު ފުރަތަމަ މެޗުވެސްމެވެ.

މިމޮޅާއެކު ބާސެލޯނާ އިން 2015 ވަނަ އަހަރުގެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގައެއް ހޯދުމާއި ގާތަށް ޖެހިލިއިރު، އެކްލަބަށް މިއަހަރު ތިން ތަށި ހޯދުމުގެ ފުރުޞަތު އެބައޮތެވެ. ސްޕެނިޝް ލަލީގާގެ ތާވަލްގެ ކުރީގައި ބާސެލޯނާ އަށް 9 ޕޮއިންޓުގެ ލީޑެއް އޮތްއިރު، ސްޕެނިޝް ކޮޕަ ޑެލް ރޭގެ ފައިނަލުން ބާސެލޯނާ ވަނީ ޖާގަ ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު