Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ޔުވެންޓަސް ބަލިކޮށް ސެމީގެ އުއްމީދު ރެއާލްއިން ބޮޑުކޮށްފި

4 އެޕްރީލު 2018 | ބުދަ 11:47

ޔުވެންޓަސްގެ ސްޓޭޑިއަމްގައި ކުޅުނު މެޗު ރެއާލްއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 4 އެޕްރީލު 2018 | ބުދަ 11:47
ޔުވެންޓަސް ކޮޅަށް ރޮނާލްޑޯ އޭނާގެ ދެވަނަ ލަނޑު ޖަހަނީ

ޔުވެންޓަސް ކޮޅަށް ރޮނާލްޑޯ އޭނާގެ ދެވަނަ ލަނޑު ޖަހަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އިޓަލީގެ ޔުވެންޓަސް ބަލިކޮށް ސްޕެއިންގެ ރެއާލް މެޑްރިޑް ސެމީގެ އުއްމީދު ބޮޑުކޮށްފިއެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޔުވެންޓަސްގެ ސްޓޭޑިއަމްގައި ކުޅުނު މެޗު ރެއާލްއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗު ވެގެންގޮސްފައިވަނީ މި ދެ ޓީމުގެ މެދުގައި ކުޅެވުނު 20 ވަނަ މެޗަށްވާއިރު އޭގެތެރެއިން ރެއާލް ނުވަ ފަހަރު މޮޅުވިއިރު ޔުވެންޓަސް ވަނީ އަށްފަހަރަކު މޮޅުވެފައެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނިގެންދިޔައިރު މި ދެ ޓީމުގެ ފުރަތަމަ އެގާރައިން މާ ބޮޑު ބަދަލުތަކެއް ފެނިގެން ގޮސަފައެއް ނުވެއެވެ. އެގޮތުން ރެއާލްގެ ފުރަތަމަ އެގާރައިން ގެރެތު ބޭލް ފެނިފައިނުވާއިރު ޔުވެންޓަސްގެ ފުރަތަމަ އެގާރައިން ހުއާން ކުއަޑްރާޑޯ އަދި މާރިއޯ މަންޒުކިޗްއަށް ފުރުސަތު ދީފައެއް ނުވެއެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ރެއާލްއިން ވަނީ މެޗު ފެށިގެން ތިން މިނެޓު ނުވަނީސް މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އިސްކޯގެ އެހީތެރިކަމާއެކު މި ލަނޑު ރެއާލްއަށް ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ހާފުގެ މެދުތެރެއިން ޔުވެންޓަސް މެޗުގެ ކޮންޓްރޯލް ނެގިއިރު އެ ޓީމުގެ ފޯވާޑުން ކަމަށްވާ ގޮންޒާލޯ ހިގުއައިން އަދި ޕައުލޯ ޑިބާލާއަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. ހަމައެހެންމެ ރެއާލްގެ ޓޯނީ ކްރޫސްގެ ބާރު ހަމަލާއެއް ޔުވެންޓަސްގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު ރެއާލްގެ ކީޕަރު ކޭލާ ނަވާސްގެ ފަރާތުން ވަނީ މޮޅު ސޭވްތަކެއް މި ހާފުގައި ފެނިގެންގޮސްފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ރެއާލްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ވަނީ ރީތި ކުޅުމެއް ފެނިގެންގޮސްފައެވެ. ރޮނާލްޑޯ ވަނީ 62 ވަނަ މިނެޓުގައި ހިތްގައިމު ލަނޑެއް ޖަހައިދީ ރެއާލްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މި ހާފުގައި ޔުވެންޓަސްއަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިވެގެންދިޔައީ ދެވަނަ ރީނދޫ ކާޑަކާއެކު އެ ޓީމުގެ ފޯވާޑް ޕައުލޯ ޑިބާލާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމާއެކުއެވެ. 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ޔުވެންޓަސްގެ ކޮޅަށް ރެއާލްގެ ތިންވަނަ ލަނޑު ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތަކުން ޖަހައިދިނީ މާސެލޯއެވެ. ދެވަނަ ހާފުގެ ފަހުވަގުތުކޮޅުގައި ވެސް ރެއާލްގެ ހަމަލާއެއް ވަނީ ޔުވެންޓަސްގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗު ވެގެންގޮސްފައި ވަނީ 1999 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި ޔުވެންޓަސް ކުޅުނު މެޗެއްގައި އެ ޓީމު ކޮޅަށް ތިން ލަނޑު ވަން މެޗަށެވެ. މި މެޗުގައި ޖެހި ދެ ލަނޑާއެކު ރޮނާލްޑޯ ވަނީ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު ހުރިހާ މެޗެއްގައި އެ ޓީމު ކޮޅަށް ލަނޑު ޖަހާފައެވެ. ހަމައެހެންމެ ރޮނާލްޑޯ ވެގެން ގޮސްފައިވަނީ ޖެހިޖެހިގެން 10 ޗެމްޕިއަންސް ލީގު މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ނުވަ ލަނޑާއެކު އެއް ޓީމެއް ކޮޅަށް ރޮނާލްޑޯ އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ވެސް ޔުވެންޓަސް ކޮޅަށެވެ. އޭނާ ވަނީ މިހާތަނަށް މި ސީޒަނުގައި 38 ލަނޑު ޖަހާފައެވެ. މި އަދަދަށް ޔޫރަޕުގެ ގަދަ ފަސް ލީގުގައި ކުޅޭ އެހެން އެއްވެސް ކުޅުންތެރިޔަކަށް ލަނޑު ޖެހިފައެއް ނުވެއެވެ.

މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް