Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިދަ ބޭލުން

ފުލުހުން އެމްޑީޕީގެ ދިދަ ތިރިކުރުމުން، ހޮޅި ދަނޑިއަށް ބާޓިނު ގަނޑެއް ނަގައިފި

4 އެޕްރީލު 2018 | ބުދަ 09:15

އެމްޑީޕީގެ ދިދަ ފުލުހުން ތިރި ކުރުމުން ނެގީ ބާޓިނުގަނޑެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 4 އެޕްރީލު 2018 | ބުދަ 09:15
އެމްޑީޕީގެ ދިދަ ފުލުހުން ތިރި ކުރުމުން ބާ ޓިނުގަނޑެއް ނަގާފައި

އެމްޑީޕީގެ ދިދަ ފުލުހުން ތިރި ކުރުމުން ބާ ޓިނުގަނޑެއް ނަގާފައި

ރާއްޖޭގެ އެކިރަށްރަށުގައި ނަގާފައިވާ އިދިކޮޅު އެމްޑީޕީގެ ދިދަތައް ތިރި ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، ލ.މާމެންދޫގައި ނެގި އެމްޑީޕީގެ ދިދަ ފުލުހުން ބޭލުމުން އެ ދިދަ ނަގާފައި ހުރި ހޮޅި ދަނޑިއަށް ބާ ޓިނުގަނޑެއް ނަގައިފިއެވެ.

މާމެންދޫއިން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި މިދިޔަ މާރޗު މަހުގެ 23 ވަނަ ދުވަހު އެރަށުގައި އެމްޑީޕީގެ ދިދައެއް ނެގި ކަމަށާއި އެ ދިދަ ނެގި ދުވަހުގެ ރޭ ފުލުހުން އެ ދިދަ ބާލާފައި ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން އެމްޑީޕީގެ އެ ދިދަ ފުލުހުން ބޭލުމާއެކު ހަމަ އެ ދިދަ ދަނޑިއަށް ބާ ޓިނުގަނޑެއް ނަގާފައިވާ ކަމަށެެވެ. މިކަން ކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް އެރަށުން މައުލޫމާތު ދެއެވެ.

ބާޓިނު ގަނޑެއް ހޮޅި ދަނޑިއަށް ނެގުމާއެކު ފުލުހުންނަށް އެކަން އެނގިގެން ފުލުހުން ގޮސް އެ ޓިނުގަނޑު ތިރިކޮށްފައި ވަނިކޮށް ދެވަނަ ފަހަރަށް ހަމަ އެ ޓިނުގަނޑު ބަޔަކު މީހުންވަނީ އެ ދަނޑިއަށް ނަގާފަ އެވެ. ރާއްޖޭގެ އެކި ރަށްރަށުގައި އެމްޑީޕީގެ ބޮޑެތި ދިދަތައް ނަގަމުންދާއިރު، ފުލުހުން ދަނީ އެ ދިދަތައް ތިރި ކުރަމުން ނެވެ. އެގޮތުން ބައެއް ރަށްރަށުގައި ނަގާފައިވާ ބޮޑެތި ދިދަތައް ރަށްރަށުގައި ހުރި ބޮޑެތި ރުއްގަސްތަކަށް ނަގަމުންދާއިރު، ފުލުހުންނަށް އެ ދިދަތައް ބޭލުމުގައިވެސް ދަތިތަކެއް ދަނީ ކުރިމަތި ވަމުންނެވެ. ބައެއް ރަށްރަށުގައި ނަގާފައިވާ އެމްޑީޕީގެ ދިދަތައް ފުލުހުންނަށް ނުބޭލިގެން ބިދޭސީ މަސައްކަތު މީހުން މެދުވެރިކޮށްގެން ވެސް އެމްޑީޕީގެ ދިދަ ތިރިކޮށްފައި ވެއެވެ. މާމެންދޫއަކީ 1400 އެއްހާ މީހުން ދިރިއުޅޭ ރަށެވެ. ރަށު ކައުންސިލުގެ ތިން ކައުންސިލަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ ތިން ކައުންސިލަރުން ނެވެ.

އެމްޑީޕީގެ ބޮޑު ދިދަ ރަށްރަށުގައި ނެގުން އިތުރުވެގެން ގޮސްފައިވަނީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމުން، އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ނެވެ.

ސުޕްރީމް ކޯޓުން ނެރުނު އެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ބަޔާން ނެރުނު މައްސަލާގައި މާމެންދޫގެ ތިން ކައުންސިލަރުން ވެސް ވަނީ ސަސްޕެންޑުކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް