Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރޭޕް ކުރުން

ސުޓޫޑިއޯ ރޭޕާ ގުޅިގެން ހައްޔަރު ކުރި ހަސަނަށް ދައުވާ އުފުލައި، ޝަރީއަތް ފަށައިފި

2 އެޕްރީލު 2018 | ހޯމަ 10:16

ސާބިތުވެއްޖެނަމަ 20-15 އަހަރާ މެދުގެ ޖަލު ހުކުމެއް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 2 އެޕްރީލު 2018 | ހޯމަ 10:16
ގދ. ތިނަދޫ، ދެކުނުގޭ، ހަސަން ފާއިޒު: ރޭޕުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނަތާ 23 ދުވަސް

ގދ. ތިނަދޫ، ދެކުނުގޭ، ހަސަން ފާއިޒު: ރޭޕުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނަތާ 23 ދުވަސް

މާލޭ ސްޓޫޑިއޯއެއްގެ ތެރޭގައި ޒުވާން އަންހެން ކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ މައްޗަށް ރޭޕުކުރި ކަމުގެ ދައުވާ އުފުލައި، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހު ޝަރީއަތް ފަށައިފިއެވެ.

މާލޭ ސްޓޫޑިއޯއެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ގދ. ތިނަދޫ، ހުޅަނގުގޭ، ހަސަން ފާއިޒެވެ. ރޭޕުގެ މައްސަލަ ފުލުހުންނަށް ހުށަހެޅިތާ ދެ ދުވަސްފަހުން ހައްޔަރަށް ގެންދިޔަ ހަސަނަކީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ކޮއްކޮއެވެ.

Advertisement - newsAdvertisement

ބަންދުގައި ބަހައްޓައިގެން، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ފަހު، އޭނާގެ މައްޗަށް ދައުލަތުން މިއަދު އުފުލާފައި ވަނީ ރޭޕުގެ ދައުވާއެވެ. ރޭޕު ކުރުމުގެ ކުށުގެ އަދަބަކީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ޖިންސީ ކުށުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ރޭޕުގެ އަމަލު ހިންގީ ނުރައްކާތެރި ހަތިޔާތެއް ބޭނުންކޮށްގެންމަ އެންމެ ދިގު މުއްދަތަކަށް ޖަލަށް ލެވޭނީ 25 އަހަރަށެވެ.

އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ. ޖިންސީ މައްސަލަތަކާ ގުޅިގެން ބާއްވާ އަޑުއެހުންތަކަކީ އާންމުކޮށް ހުޅުވައިލައިގެން ކުރިއަށް ގެންދާ ޝަރީއަތްތަކެއް ނޫނެވެ.

ހަސަންގެ މައްޗަށް ތުހުމަތު ކުރަނީ ޒުވާން އަންހެން ކުއްޖަކު އޭނާ މަސައްކަތް ކުރާ ސުޓޫޑިއޯއަށް ގެންގޮސް ރޭޕް ކުރި ކަމުގެ ތުހުމަތެވެ. އެ މައްސަލަ ފެންމަތިވީ ހަސަންގެ ރޭޕްގެ ޝިކާރައަކަށްވީ ކަމަށް ބުނާ އަންހެން ކުއްޖާ އައިޖީއެމްއެޗަށް ގޮސް، ފަރުވާ ހޯދުމަށް ފަހު، ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުންނެވެ. ރޭޕްގެ ޝިކާރައަކަށްވީ ކަމަށް ބުނާ އަންހެން ކުއްޖާގެ މެޑިކަލް ރިޕޯޓްތައް އައިޖީއެމްއެޗުން ވަނީ ފުލުހުންނާ ހަވާލު ކޮށްފައެވެ.

ހަސަންގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށް، އޭނާ ހައްޔަރު ކުރުމުގެ ކުރިން ރާއްޖެއެމްވީއާ އޭނާ ވަނީ ވާހަކަ ދައްކާފައެވެ. އޭނާގެ ޖިންސީ ޝިކާރައަކަށްވީ އަންހެން ކުއްޖާ ވެސް ރާއްޖެއެމްވީއާ ވަނީ ވާހަކަ ދައްކާފައެވެ. އެ ކުއްޖާ ބުނި ގޮތުގައި އޭނާ ރޭޕު ކުރުމަށް ފަހު، އެކަން ސިއްރު ކުރުމަށް ހަސަން ފައިސާ ވެސް ހުށަހެޅި ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް