Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ދަ ވީކްއެންޑް

ދަ ވީކްއެންޑްގެ އާ އަލްބަމް: ސެލީނާ ދެކެ ލޯބިވެވުމަކީ ކުށެއް؟

10 މަސް އެކުގައި އުޅުމަށް ފަހު ދަ ވީކްއެންޑް އާއި ސެލީނާ ވަކިވެފައި ވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 2 އެޕްރީލު 2018 | ހޯމަ 05:42
ދަ ވީކްއެންޑް އާއި ސެލީނާ ގޮމޭޒް

ދަ ވީކްއެންޑް އާއި ސެލީނާ ގޮމޭޒް

ނިމިގެންދިޔަ ހަފްތާގައި ކެނެޑާއަށް އުފަން އެބެލް ޓެސްފަޔޫ ނުވަތަ "ދަ ވީކްއެންޑް"ގެ އާ އަލްބަމެއް ވަނީ ރިލީޒްކޮށްފައެވެ.

ހަ ލަވަ ހިމެނޭ މި އެކްސްޓެންޑެޑް ޕްލޭ (އީޕީ) އަލްބަމަށް ކިޔަނީ "މައި ޑިއަރ މެލަންކޮލީ" އެވެ. މި އަލްބަމްގައި ހިމެނޭ ލަވަތަކަކީ، "ކޯލް އައުޓް މައި ނޭމް،" "ޓްރައި މީ،" ވޭސްޓެޑް ޓައިމްސް،" "އައި ވޯޒް ނެވަރ ދެއަރ،" "ހަރޓް ޔޫ" އަދި 'ޕްރިވިލެޖް" އެވެ.

"މައި ޑިއަރ މެލަންކޮލީ" ވެގެން ދިޔައީ ފޭނުންނަށް ސަޕްރައިޒްއަކަށެވެ. ނަމަވެސް، ސަޕްރައިޒަކަށްވީ ހަމައެކަނި އަލްބަމެއް ކުއްލިއަކަށް ރިލީޒް ކުރުމެއް ނޫނެވެ. އާންމުކޮށް އަމިއްލަ ދިރިއުޅުމުގެ ކަންތައް ހާމަކޮށް ނޫޅޭ ދަ ވީކްއެންޑްގެ ހިތުގެ ވޭންތައް ފޭނުންނަށް ކިޔައިދިން ފަދައެވެ.

"ޔަންގް" ހޮލީވުޑް ތެރޭގައި 2017 ވަނަ އަހަރުގައި އެންމެ ހޫނުކޮށް މަޝްވަރާ ކުރެވުނު އެއް ވާހަކައަކީ ދަ ވީކްއެންޑް އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް، ސެލީނާ ގޮމޭޒްގެ ވާހަކައެވެ.

އަހަރުގެ ކުރީ ކޮޅު ދެ މީހުންގެ ގުޅުން އެމީހުން ހާމަ ކުރިއެވެ. އަދި އެކުގައި ދުނިޔޭގެ އެކި ކަންކޮޅަށް ދަތުރު ކުރުމަށް ފަހު، 10 މަސް ފަހުން 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދެ މީހުން ވަކިވިއެވެ. އަދި ސެލީނާ، އޭނާގެ ކުރީގެ ލޯބިވެރިޔާ ޖަސްޓިން ބީބަރއާ އެކު އަނެއްކާ ވެސް ފެންނަން ފެށިއެވެ. ނަމަވެސް މާ ގިނަ ދުވަހަކު ނޫނެވެ. ސެލީނާ އާއި ޖަސްޓިން މިހާރު އަނެއްކާ ވެސް ވަކިވެފައިވާ ކަމަށް ގަބޫލު ކުރެވޭއިރު، ދަ ވީކްއެންޑް މިދިޔަ ހަފްތާގައި ނެރުނު އަލްބަމްގެ ލަވަތަކަކީ އޭނާ އާއި ސެލީނާގެ ގުޅުމަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ލަވަތަކެއް ކަމަށް ފޭނުން ގަބޫލު ކުރެއެވެ.

އެގޮތުން، "ކޯލް އައުޓް މައި ނޭމް"ގެ ލިރިކްސްއަށް ބަލާއިރު، ދަ ވީކްއެންޑް ބުނަނީ، ދެ މީހުން ދިމާވުމަށް ފަހު އެކަކު އަނެކަކަށް އެހީވެވުނު ކަމަށާއި ނަމަވެސް "ހިތް ދެވުމަކީ މަގޭ ކުށެއް" ކަމަށެވެ. އަދި ލޯބިވި މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި "އަމިއްލަ މީހާގެ ހަށިގަނޑުގެ ބައެއް ކަނޑާލަން" ތައްޔާރަށް ހުރި ކަމަށް ވެސް މި ލަވައިގައި ކިޔައެވެ. (2017 ވަނަ އަހަރުގެ ސެލީނާ ވަނީ އޭނާ އާށް ކުރިމަތިވެފައިވާ ބަލީގައި، ކިޑްނީ ޓްރާންސްޕްލާންޓް ހަދާފައެވެ). ސެލީނާ އަށް ދަ ވީކެންޑްގެ ކިޑްނީ ހުށަހެޅި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވެއެވެ. އަދި "އަހަރެންގެ ވަގުތު ހަމަ ބޭކާރު ކުރީ" ކަމަށް ދަ ވީކްއެންޑް ބުނެއެވެ.

"މައި ޑިއަރ މެލަންކޮލީ"ގެ އިތުރު ލަވައަކަށް ބަލާލާއިރު، "ވޭސްޓެޑް ޓައިމްސް"ގައި ބޮޑަށް ދައްކަނީ ކުރިން އެކީގައި އުޅުނު ލޯބިވެރިޔާ އާއި ފަހުން އެކުގައި އުޅުނު ލޯބިވެރިޔާ ގާތް ނުކުރާ ވާހަކައެވެ. ސެލީނާގެ ކުރިން ދަ ވީކްއެންޑް ރަށްޓެހިވެގެން އުޅުނީ މަޝްހޫރު މޮޑެލް ބެލާ ހަދީދުއާއެވެ.

"މެލަންކޮލީ"އަކީ ސަބަބެއް ނޭނގި ކުރެވޭ ހިތާމައެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސެލީނާ ގޮމޭޒް ކިޑްނީ ޓްރާންސްޕްލާންޓް ކޮށްފި

ސެލީނާ ގޮމޭޒް ކިޑްނީ ޓްރާންސްޕްލާންޓް ކޮށްފި

15 ސެޕްޓެމްބަރު 2017
ސައްބީރު ދެކެ ސަލްމާން ވަރަށް ރުޅިއަތުވެއްޖެ

ސައްބީރު ދެކެ ސަލްމާން ވަރަށް ރުޅިއަތުވެއްޖެ

26 ޖުލައި 2017
ޝަލަބީގެ ދެވަނަ މަދަހަ އަލްބަމް މިއަދު ނެރެނީ

ޝަލަބީގެ ދެވަނަ މަދަހަ އަލްބަމް މިއަދު ނެރެނީ

21 ޖޫން 2017
ސެލީނާ ޖެއިޓްލީ އަށް އަނެއްކާ ވެސް ލިބެނީ އެއްމާބަނޑު ދެކުދިން

ސެލީނާ ޖެއިޓްލީ އަށް އަނެއްކާ ވެސް ލިބެނީ އެއްމާބަނޑު ދެކުދިން

25 މެއި 2017
މާމަ ދެކެ ވަރަށް ލޯބިވޭ، ވަރަށް ހަނދާންވާނެ: ސޯނަމް

މާމަ ދެކެ ވަރަށް ލޯބިވޭ، ވަރަށް ހަނދާންވާނެ: ސޯނަމް

01 މެއި 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު