Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެމިނެމް

އެމިނެމް 'ފްރޭމް' ކުރީ؟

29 މާރިޗު 2018 | ބުރާސްފަތި 07:15

"ފްރޭމްޑް"ގެ ވީޑިއޯގެ ޓީޒަރ ރިލީޒްކޮށްފައިވަނީ ބުދަ ދުވަހު

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 29 މާރިޗު 2018 | ބުރާސްފަތި 07:15
އެމިނެމް

އެމިނެމް

ހޮލީވުޑްގެ މަޝްހޫރު ރެޕް އާޓިސްޓް އެމިނެމް، ނުވަތަ މާޝަލް މެތަރސްގެ "ފްރޭމްޑް" ވީޑިއޯގެ ޓީޒަރ ރިލީޒްކޮށްފިއެވެ.

އޭނާ 2017 ވަނަ އަހަރު ރިލީޒް ކުރި "ރިވައިވަލް" އަލްބަމްއިން ފޭނުންނަށް އެންމެ ފާހަގަ ކުރެވުނު ލަވައަކީވެސް "ފްރޭމްޑް"އެވެ. އަދި އެ ލަވައިން "ކުރީގެ އެމިނެމް" އަޑު އިވިގެންދާކަމަށް ފޭނުން ބުނެފައިވަނިކޮށް، ރިލީޒް ކުރި ޓީޒަރ އިން ވެސް ކުރީގެ އެމިނެމް ހަނދާންވެއެވެ.

ޓީޒަރއިން ފެންނަނީ "ސްޓޭން ޑްރެސްޑަން" ކިޔާ ރިޕޯޓަރެކެވެ. އެމިނެމްގެ ސަޕޯޓަރެއް ވެއްޖެއާ ސްޓޭންއާ އެމިނެމްއާ އޮންނަ ގުޅުން އިނގޭނެއެވެ. އެއީ އޭނާ ކުޑައިރު ދިރިއުޅުނު މަގަށް ކިޔާ ނަމެވެ. އަދި "ސްޓޭން" ކިޔާ ލަވައެއް އެމިނެމް 2000 ވަނަ އަހަރު ރިލީޒްކޮށްފައިވާ އިރު، އެމިނެމް ސްޓޭން ސިފަ ކުރަނީ އާނޭގެ "އެންމެ ބޮޑު ފޭން"ގެ ގޮތުގައެވެ.

ސްޓޭން ޑްރެސްޑަން ފެންނަނީ ގެއެއް ކުރިމަތީގައި ޓީވީއަށް "ބްރޭކިންގ ނިއުސް"އެއް ދޭ މަންޒަރެވެ. އެގޭ ތެރޭގައި ކޮންމެވެސް މާރާމާރީއެއް ހިނގާފައިވާކަމަށް ބެލެވެއެވެ. ގޭ ތެރޭގައި ތިބި އެންމެން މަރާލާފައިވާތަން ބެލުންތެރިންނަށް ފެނެއެވެ. އަދި އެ ތަނުގައި އެމިނެމް އިނދެއެވެ. މާޝަލް މެތާސް އެސައިލަމް އަކުން ފިލާފަވާތާ ދެ ހަފްތާ ވެފައިވާކަމށް ޑްރެސްޑަން ރިޕޯޓްކުރެއެވެ.

މި ލަވައިގެ ޓީޒަރ ބުދަ ދުވަހު ރިލީޒްކޮށްފައިވާއިރު، ލަވަ އެއްކޮށް ރިލީޒް ކުރާ ދުވަހެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ. އަދި މިހާތަނަށް ލައްކައެއްހާ މީހުންވަނީ ޓީޒަރ ވިއުކޮށްފައެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޅުގައި ފާޑު ކިޔާ އެމިނެމްގެ "ފްރޭމްޑް"ގައިވެސް ޓްރަމްޕަށް ވަނީ ފާޑު ކިިޔާފައެވެ. އެ ލަވައިގައި ޓްރަމްޕަށް "ޑޮނަލްޑް ޑަކް" ކިޔާފައިވާއިރު، ޓްރަމްޕްގެ ދަރިފުޅު އިވާންކާ އެމިނެމް ކާރުގެ ޑިކީއަށް ލެވުނީ ކިހިނެތްތޯ ލަވައިގައި އޭނާ ސުވާލު ކުރެއެވެ.

2013 ވަނަ އަހަރަށް ފަހު ބްރޭކެއް ނެގުމަށް ފަހު މިދިޔަ އަހަރު ރިލީޒް ކުރި ރިވައިވަލްއަކީ އެމިނެމްގެ ނުވަވަނަ ސްޓޫޑިއޯ އަލްބަމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

21 މެއި 2017

އައިފާ 2017 ނޮމިނޭޝަންގެ ލިސްޓު ގެ އެންމެ ކުރީގައި "އޭ ދިލްހެ މުޝްކިލް"

21 މެއި 2017
އައިފާ 2017 ނޮމިނޭޝަންގެ ލިސްޓު ގެ އެންމެ ކުރީގައި "އޭ ދިލްހެ މުޝްކިލް"
15 އެޕްރީލު 2017

ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި

15 އެޕްރީލު 2017
ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި
10 އެޕްރީލު 2017

މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟

10 އެޕްރީލު 2017
މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟
09 އެޕްރީލު 2017

އެންމެ ކުރީގައި ދަ ބޮސްބޭބީ

09 އެޕްރީލު 2017
އެންމެ ކުރީގައި ދަ ބޮސްބޭބީ
22 މާރިޗު 2017

ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ

22 މާރިޗު 2017
ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ
21 ފެބުރުއަރީ 2017

މައިކަލް ޖެކްޝަންގެ ތްރިލާރ އަލްބަމް އަދިވެސް އެންމެ ކުރީގައި

21 ފެބުރުއަރީ 2017
މައިކަލް ޖެކްޝަންގެ ތްރިލާރ އަލްބަމް އަދިވެސް އެންމެ ކުރީގައި
16 ފެބުރުއަރީ 2017

ސިދާތް މަލޯތްރާ ޕްރިޔަންކާއަށް ޕްރޮޕޯސްކުރީތަ؟

16 ފެބުރުއަރީ 2017
ސިދާތް މަލޯތްރާ ޕްރިޔަންކާއަށް ޕްރޮޕޯސްކުރީތަ؟
10 ފެބުރުއަރީ 2017

ބޭހަދްގެ ތަރި ޖެނިފަރ ދެކެ ލޯބިވާކަން ހާމަކުރީ ކޮން ފިލްމީ ތަރިއެއް؟

10 ފެބުރުއަރީ 2017
ބޭހަދްގެ ތަރި ޖެނިފަރ ދެކެ ލޯބިވާކަން ހާމަކުރީ ކޮން ފިލްމީ ތަރިއެއް؟
20 ޖެނުއަރީ 2017

ރައީސްގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި

20 ޖެނުއަރީ 2017
ރައީސްގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި
16 ޖެނުއަރީ 2017

ޖޮނީ ޑެޕްގެ ކުރީގެ ބިޒްނަސް މެނޭޖަރުންނާ ދެކޮޅަށް 25 މިލިއަން ޑޮލަރުގެ ދަޢުވާއެއް އުފުލަނީ

16 ޖެނުއަރީ 2017
ޖޮނީ ޑެޕްގެ ކުރީގެ ބިޒްނަސް މެނޭޖަރުންނާ ދެކޮޅަށް 25 މިލިއަން ޑޮލަރުގެ ދަޢުވާއެއް އުފުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް