Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަސްހަދު އަލީ (އަޑުބަރޭ)

އަޑުބަރޭ ގައުމީ ޓީމުން ރިޓަޔާކޮށްފި

އޭނާއަކީ ގައުމީ ޓީމުގެ ވައިސް ކެޕްޓަން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 27 މާރިޗު 2018 | އަންގާރަ 13:43
އަޑުބަރޭ ގައުމީ ޓީމުގެ ޖާޒީގައި

އަޑުބަރޭ ގައުމީ ޓީމުގެ ޖާޒީގައި

ގައުމީ ޓީމަށް ކުޅެމުން އަންނަ ގްރީން ސްޓްރީޓްސްގެ ތަޖުރިބާކާރު މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ގައުމީ ޓީމުން ރިޓަޔާކޮށްފިއެވެ.

ގައުމީ ޓީމުން އަޑުބަރޭ ރިޓަޔާކުރިކަން އޭނާ ވަނީ ޓްވީޓެއް މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ. މިރޭ ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް ހަވާލުކޮށްފައި ވަނީ އަޑުބަރޭއާއެވެ. އޭނާ ވަނީ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ކޯޗު ޕީޓާރ ސެގެޓްއާ އެކު ބައިވެރި ވެސް ވެފައެވެ. ސެގެޓް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި އަޑުބަރޭއަށް ތައުރީފުކޮށް ވާހަކަ ވެސް ދައްކާފައެވެ.

އަޑުބަރޭއަށް މި މެޗުގެ ކެޕްޓަން ބޭންޑް ހަވާލުކުރީ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހާޒިރުނުވުމާ ގުޅިގެން ސްކޮޑުން އޭނާ ބާކީކުރުމާ ގުޅިގެންނެވެ. ނަމަވެސް އަޑުބަރޭ ރިޓަޔަމަންޓް އިއުލާނުކުރުމުން މިރޭގެ މެޗުގައި އޭނާ ފެނިގެން ނުދާނެއެވެ. ދަގަނޑޭ ބާކީކުރުމާ ގުޅިގެން އަޑުބަރޭ ވެސް ހިތްހަމަނުޖެހުން ފާޅުކުރިއިރު އެ މައްސަލައިގައި އޭނާގެ އަތުން ކެޕްޓަން ބޭންޑް ވެސް އަތުލިކަން ވަނީ އެނގިފައެވެ. މި މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި ބޭއްވި ޓީމު ބައްދަލުވުމުގައި ވެސް އަޑުބަރޭ ބައިވެރިވެފައެއް ނުވެއެވެ. އެހެންކަމުން މި މެޗުގައި ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅާނީ ނިއު ރޭޑިއަންޓްގެ ޑިފެންޑަރު އަކްރަމް އަބްދުލް ޣަނީއެވެ.

ދަގަނޑޭ ފަހަތުން ފަހުގެ ތާރީހުގައި ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އެންމެ ގިނަ ފަހަރު އެޅި ކުޅުންތެރިޔަކީ އަޑުބަރޭއެވެ. އޭނާއަކީ ގައުމީ ޓީމުގެ މައި ތަނބަކަށްވާއިރު އޭނާ ވަނީ ގައުމީ ޓީމަށް 50 އަށް ވުރެ ގިނަ މެޗު ކުޅެދީފައެވެ. ހަމައެހެންމެ އޭނާއަކީ ގައުމީ ޓީމާއެކު ދުނިޔޭގެ ސަމާލުކަން ވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ. އެގޮތުން 2014 ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގައި އަފްޣާނިސްތާނު ކޮޅަށް އޭނާ ޖެހި ޕެނަލްޓީއަށް ޔޫޓިއުބްގައި 12 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެއެވެ. އަދި ދުނިޔެއިން ވެސް އެންމެ ފާހަގަކޮށްލެވޭ ޕެނަލްޓީތަކުގެ ތެރޭގައި އެ ޕެނަލްޓީ ހިމެނެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު