Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރެޒިލް - ޖަރުމަނު

ބްރެޒިލް އަދި ޖަރުމަނަކީ ވެސް ހަމަހަމަ ދެ ޓީމު: އަލްވޭސް

27 މާރިޗު 2018 | އަންގާރަ 04:55

އަލްވޭސް ވަނީ މި މެޗަކީ "ވޯލްޑް ކްލެސިކޯ" އެއްގެ ގޮތުގައި ސިފަކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 27 މާރިޗު 2018 | އަންގާރަ 04:55
މި މެޗުގައި ބްރެޒިލްގެ ކެޕްޓަން ބޭންޑް އަޅާ އަލްވޭސް

މި މެޗުގައި ބްރެޒިލްގެ ކެޕްޓަން ބޭންޑް އަޅާ އަލްވޭސް

ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗަށް ޖަރުމަނާއި ދެކޮޅަށް ނުކުންނައިރު ބްރެޒިލް އަދި ޖަރުމަނަކީ ވެސް ހަމަހަމަ ދެ ޓީމު ކަމަށް ބްރެޒިލްގް ޑިފެންޑަރު ޑެނީ އަލްވޭސް ބުނެފިއެވެ.

އަންގާރަ ދުވަހުގެ ރޭ ޖަރުމަނުގެ ބާލިން ނެޝެނަލް ސްޓޭޑިއަމްގައި މި ދެ ޓީމު ރަހުމަތްތެރިކަމުގެ މެޗެއް ކުޅޭނެއެވެ. މިއީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި 7-1 ގެ ލަދުވެތި ނަތީޖާއަކުން ބްރެޒިލް ކެޓި މެޗަށް ފަހު މި ދެ ޓީމު ބައިނަލްއަގްވާމީ މެޗެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މި ދެ ޓީމަކީ ވެސް މިއަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕްގެ ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ދެ ޓީމެވެ.

މި މެޗުގައި ބްރެޒިލްގެ ކެޕްޓަން ބޭންޑް ހަވާލުކުރެވިފައިވާ ޑެނީ އަލްވޭސް ބުނެފައިވަނީ އަބަދު ވެސް މި ފެންވަރުގެ ޓީމަކާއި ދެކޮޅަށް ނުކުންނައިރު އުނދަގޫތަކެއް ހުންނާނެ ކަމަށާއި މި މެޗު ސިފަކުރެވެނީ ބާސެލޯނާ އަދި ރެއާލް މެޑްރިޑާ ދެމެދު އޮންނަ ވާދަވެރިކަމާއި އެއް ފެންވަރެއްގެ މެޗެއްގެ ގޮތުގައި ކަމަށެވެ. އަލްވޭސް ވަނީ މި މެޗަކީ "ވޯލްޑް ފްރެންޑްލީ" އެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަލްވޭސް ބުނީ މީގެކުރިން ވެފައިވާ ކަންކަން ބަދަލު ނުކުރެވޭނެ ކަމަށާއި އެހެން ނަމަވެސް މި މެޗުން ރަނގަޅު ނަތީޖާއެއް ނެރުން އޮތީ އަމިއްލަ އަތްމަތީގައި ކަމަށެވެ.

އަލްވޭސް ބުނީ ޖަރުމަނާއި ދެކޮޅަށް ކުޅެފައިވާ އެކިއެކި މެޗުތަކުގެ ވަރަށް ރަނގަޅު ހަނދާންތައް އެބަހުރި ކަމަށާއި މިހާރު އެ ޓީމަކީ މުޅިން ތަފާތު ޓީމެއް ކަމަށެވެ. އޭނާ ބުނީ މިއީ ބޮޑު ޗެލެންޖެއްގެ ގޮތުގައި ދެކޭ ކަމަށާއި މި މެޗަކީ އެއްވެސް ޓީމަކަށް ފަސޭހަ މެޗަކަށް ވާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ބްރެޒިލްގެ ކޯޗުކަމާއި ހަވާލުވުމަށް ފަހު ޓީޓޭ ނިންމާފައިވަނީ ކެޕްޓަނެއް ނުހޮވުމަށެވެ. އެގޮތުން ކޮންމެ މެޗެއްގައި ވެސް އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅަމުންދަނީ އޭގެކުރިން ކުޅޭ މެޗުގައި ކެޕްޓަން ބޭންޑް އަޅާފައިނުވާ ކުޅުންތެރިޔެކެވެ. މި މެޗު ވެގެންދާނީ ޓީޓޭގެ ކޯޗުކަމުގެ ދަށުގައި އަލްވޭސް ބްރެޒިލްގެ ކެޕްޓަން ބޭންޑް އަޅައިގެން ނުކުންނަ ހަތަރު ވަނަ މެޗަށެވެ.

އަލްވޭސް ބުނީ އާ ކޯޗާއެކު ޓީމަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށާއި ޓީމުގެ ކުޅުން ގާތުން ބަލަމުން އަންނަ ކޮންމެ މީހަކަށް ވެސް އެކަން ފާހަގަވާނެ ކަމަށެވެ. އޭނާ ބުނީ ފަރިތަކުރަނީ މިފަދަ ބޮޑު މެޗުތަކަށް ކަމަށާއި އުއްމީދު ކުރަނީ ވާދަވެރި މެޗެއް ކުޅުމަށް ކަމަށެވެ. އޭނާ ބުނީ މި މެޗު ވާނީ ބޮޑު އިމްތިހާނަކަށް ކަމަށާއި ކައިރި މުސްތަގުބަލުގައި މިފަދަ ގިނަ މެޗުތަކެއް ކުޅެން ޖެހޭނެކަން އިނގޭ ކަމަށެވެ. މި ދެ ޓީމު އަނެއްކާ ވެސް ބޮޑު މެޗަކަށް ނުކުންނައިރު ތާރީހު ބުރަވަނީ ބްރެޒިލް ކޮޅަށެވެ. އެގޮތުން ޖުމްލަ 22 ފަހަރެއްގެ މަތިން މި ދެ ޓީމު ބައްދަލުކޮށްފައިވާއިރު އޭގެތެރެއިން 12 މެޗުން މޮޅުވެފައިވަނީ ބްރެޒިލްއެވެ. ފަސް މެޗުން ޖަރުމަނު މޮޅުވެފައިވާއިރު ފަސް މެޗު ވަނީ އެއްވަރުވެގެން ނިމިފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް