Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަނޭޝަނަލް ފްރެންޑްލީ

އިންޓަނޭޝަނަލް ފްރެންޑްލީ: ނެދަލޭންޑްސް އަތުން ޕޯޗުގަލް ބަލިވެއްޖެ

27 މާރިޗު 2018 | އަންގާރަ 05:13

އަމިއްލަ ގައުމުގައި ކުޅުނު މި މެޗުން ޕޯޗުގަލް ބަލިވެފައިވަނީ 3-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 27 މާރިޗު 2018 | އަންގާރަ 05:13
ނެދަލޭންޑްސްގެ ވެންޑައިކް ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ނެދަލޭންޑްސްގެ ވެންޑައިކް ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް ބަލިވެއްޖެއެވެ.

އަމިއްލަ ގައުމުގައި ކުޅުނު މި މެޗުން ޕޯޗުގަލް ބަލިވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗާއި ޕޯޗުގަލްއިން ކުރިމަތިލީ އެ ޓީމު އެންމެފަހުން ކުޅުނު ބައިނަލްއަގްވާމީ އަށް މެޗުން ވެސް ބަލިނުވުމުގެ ރެކޯޑަކާއެކުއެވެ. އެ އަށް މެޗުގެ ތެރެއިން އެ ޓީމު ހަތް މެޗު ކާމިޔާބުކުރިއިރު އެއް މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. ހަމައެހެންމެ ނެދަލޭންޑްސް އެންމެފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން އެ ޓީމު މޮޅުވިއިރު މިދިޔަ ހަފްތާގައި އިނގިރޭސިވިލާތް އަތުން އެ ޓީމު ވަނީ އަމިއްލަ ދަނޑުގައި ބަލިވެފައެވެ. މިސްރު އަތުން މޮޅުވި ޕޯޗުގަލްގެ ޓީމަށް އެ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ ނުވަ ބަދަލެއް ގެނެސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވަނީ ހަމަލާ އުފެއްދުމަށް މަސައްކަތް ކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނެދަލޭންޑްސްއިންނެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ މެމްފިސް ޑިޕޭއެވެ. މި ލަނޑަށް ފަހު ނެދަލޭންޑްސްއިން މެޗުގެ ކޮންޓްރޯލް ނެގިއިރު އެ ޓީމުން ވަނީ 32 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރަޔާން ބަބެލްއެވެ. ނެދަލޭންޑްސްއިން ތަކުރާރުކޮށް އުފައްދަމުން ދިޔަ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ވާޖިލް ވެންޑައިކް ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. މިއީ ނެދަލޭންޑްސްގެ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ.

ތިން ލަނޑުގެ ލީޑެއްގައި އޮވެ ނެދަލޭންޑްސްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ދެ ޓީމުން ވެސް ވަނީ ގިނަ ބަދަލުތަކެއް ފެނިގެންގޮސްފައެވެ. މި ހާފުގައި ޕޯޗުގަލްއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު އެ ޓީމަށް ވަނީ ނަތީޖާގެ ފަރަގު ކުޑަކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ޕޯޗުގަލްއަށް ނަތީޖާ ބަދަލުކޮށްލުމަށް އިތުރު ހުރަސްތަކަކާއި ކުރިމަތިވެގެންދިޔައީ މެޗުގެ 61 ވަނަ މިނެޓުގައި އެ ޓީމިގެ ޑިފެންޑަރު ޖޯ ކެންސީލޯއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމާއެކުއެވެ. ދެވަނަ ހާފުގައި ނެދަލޭންޑްސްގެ އުއްމީދީ ފޯވާޑް ޖަސްޓިން ކުލިވާޓް ވަނީ ކުޅެން ނުކުމެފައެވެ. މިއީ އުމުރުން 18 އަހަރުގެ ފޯވާޑް ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗާއެކު ޖެހިޖެހިގެން ނުވަ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ޖެހުމުގެ ސިލްސިލާއަށް ވަނީ ނިމުމެއް އައިސްފައެވެ. ހަމައެހެންމެ މި މެޗަކީ މި ސީޒަނުގެ މިހާތަނަށް އެއްވެސް ހަމާލައެއް ގޯލާއި އަމާޒުނުވެ ރޮނާލްޑޯ ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.

ޔޫރަޕުގެ ޗެމްޕިއަނުންގެ ގޮތުގައި ޕޯޗުގަލް މި މެޗާއި ކުރިމަތިލިއިރު މިއަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށް ތައްޔާރުވުމަށް އެ ޓީމު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއަހަރުގެ ވޯލްޑް ކަޕަށް ނެދަލޭންޑްސް ކޮލިފައިވެފައިނުވާއިރު އެ ޓީމުން އަންނަނީ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރަތަމަ އެގާރައިން ފުރުސަތު ދެމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް