Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަކަރާއި ހީލަތް ހެދުން

ހީލަތް ހެދުމާއި ވައްކަން އިތުރުވެ، 200 މީހަކަށް މިދިޔަ އަހަރު ދައުވާކޮށްފައިވޭ

25 މާރިޗު 2018 | އާދީއްތަ 13:50

އެންމެ ގިނައީ މަސްތުވާތަކެތީގެ ދައުވާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 25 މާރިޗު 2018 | އާދީއްތަ 13:50
މީހަކު ބިޑިއަޅުވާފައި: މިދިޔަ އަހަރު 4،004 މީހަކަށް ދައުވާ ކުރި

މީހަކު ބިޑިއަޅުވާފައި: މިދިޔަ އަހަރު 4،004 މީހަކަށް ދައުވާ ކުރި

މަކަރާއި ހީލަތް ހެދުމާއި ވައްކަން ކުރުމުގެ މައްސަލަތައް އިތުރުވެ، އެފަދަ މައްސަލަތަކުގައި މިދިޔަ އަހަރު ދައުވާ އުފުލުނު މީހުންގެ އަދަދު 200 އަށް ވުރެ އިތުރުވެއްޖެ އެވެ.

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި އެންމެ ގިނަ މީހުންގެ މައްޗަށް ދައުވާ އުފުލަނީ މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ. މިދިޔަ އަހަރު ދެ ވަނައަށް އެންމެ ގިނަ މީހުންނަށް ދައުވާ އުފުލާފައި ވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގައެވެ. ތިން ވަނަ އަށް އެންމެ ގިނަ މީހުންގެ މައްޗަށް މިދިޔަ އަހަރު ދައުވާ އުފުލާފައި ވަނީ ވައްކަން ކުރުމުގެ ކުށުގައެވެ. މަކަރާއި ހީލަތް ހެދުމާއި ވައްކަން ކުރުމުގެ ކުށުގައި މިދިޔަ އަހަރު އެކަނިވެސް 235 މީހަކަށް ދައުވާ އުފުލާފައިވެއެވެ. ނަމަވެސް އޭގެ ކުރީ އަހަރު، 2016 ވަނަ އަހަރު އެފަދަ މައްސަލަތަކުގައި ދައުވާ އުފުލުނު މީހުންގެ އަދަދަކީ 128 އެވެ.

Advertisement - newsAdvertisement

ޕީޖީ އޮފީހުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން 2017 ވަނަ އަހަރު އެކަނި ވެސް މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގައި 120 މީހުންގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު، 2016 ވަނަ އަހަރު މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގައި ދައުވާކޮށްފައި ވަނީ 46 މީހެއްގެ މައްޗަށެވެ. ތަފާސް ހިސާބުން ދައްކާ ގޮތުން އެފަދަ މައްސަލަތަކުގައި ދައުވާ އުފުލުނު އަދަދު އެ ވަނީ ދެގުނައަށް ވުރެ އިތުރުވެފައެވެ.

ވައްކަން ކުރުމުގެ ކުށުގައި ދައުވާ އުފުލުނު މީހުންގެ އަދަދު ވެސް މިދިޔަ އަހަރު ވަނީ އިތުރުވެފަ އެވެ. ޕީޖީ އޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުން ދައްކާ ގޮތުން ވައްކަން ކުރުމަކީ ރާއްޖޭގައި ހަތަރު ވަނައަށް އެންމެ ގިނަ މީހުންގެ މައްޗަށް ދައުވާ އުފުލާ ކުށެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް ވައްކަން ކުރުމުގެ ކުށުގައި 115 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. ނަމަވެސް އޭގެ ކުރީއަހަރު، 2016 ވަނަ އަހަރު ވައްކަން ކުރުމުގެ ކުށުގައި ދައުވާ އުފުލާފައި ވަނީ 82 މީހަކަށެވެ.

މިދިޔަ މަހު އާންމު ކުރި ޕީޖީ އޮފީހުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުން، އެންމެ ގިނައިން ދައުވާކޮށްފައި މަސްތުވާތަކެތީގެ މައްސަލަތަކުގައެވެ. މިދިޔަ އަހަރު ކެނަބިސް ބޭނުން ކުރުމުގެ ކުށުގައި 518 މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، ޑައިމޯފިން ބޭނުން ކުރުމުގެ ކުށުގެ ދައުވާ 375 މީހުންގެ މައްޗަށް އުފުލާފައިވެއެވެ.

ޕީޖީ އޮފީހުގެ އަހަރީ ރިޕޯޓުގެ ތަފާސް ހިސާބުން ދައްކާ ގޮތުން، މިދިޔަ އަހަރު 4،004 މީހުންގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. ޖިނާއީ ކުށް ކުރުމުގެ ކުށުގައި މިދިޔަ އަހަރު ދައުވާ އުފުލާފައިވާ އަންހެނުންގެ އަދަދަކީ 149 އެވެ. ޖިނާއީ ކުށްކޮށްގެން 93 ކުޑަކުއްޖަކަށް ވެސް މިދިޔަ އަހަރު ދައުވާ އުފުލާފައިވެއެވެ.

މަކަރާއި ހީލަތް ހެދުމާއި ވައްކަން ކުރުމުގެ ކުށަކީ މިދިޔަ އަހަރު އެންމެ ގިނައިން ދައުވާ ކުރި ކުށްތަކުގެ ތެރޭގައި ހިމެނޭއިރު، ކޮރަޕްޝަންގެ މައްސަލަތަކުގައި ރެކޯޑު އަދަދަކަށް ފައިސާ ހޯދުމަށް ޕީޖީ އޮފީހަށް މިދިޔަ އަހަރު ވަނީ ފޮނުވާފައެވެ. އެގޮތުން ކޮރަޕްޝަންގެ މައްސަލަތަކުގައި 1.3 ބިލިއަން ރުފިޔާ ދައުލަތަށް ހޯދުމަށް އޭސީސީން މިދިޔަ އަހަރު ޕީޖީ ވަނީ ފޮނުވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ޗެޕްސް ފިހާރައިގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ވައްކަންކުރަން އުޅެފި

10 ފެބުރުއަރީ 2017
ޗެޕްސް ފިހާރައިގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ވައްކަންކުރަން އުޅެފި
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް