Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަނޭޝަނަލް ފްރެންޑްލީ

އިންޓަނޭޝަނަލް ފްރެންޑްލީ: ރަޝިއާގެ މައްޗަށް ބްރެޒިލް ކުރި ހޯދައިފި

ރަޝިއާގައި ކުޅުނު މި މެޗު ބްރެޒިލްއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 24 މާރިޗު 2018 | ހޮނިހިރު 12:21
ބްރެޒިލް އަދި ރަޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ބްރެޒިލް އަދި ރަޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ރަޝިއާގެ މައްޗަށް ބްރެޒިލް އިން ކުރި ހޯދައިފިއެވެ.

ރަޝިއާގައި ކުޅުނު މި މެޗު ބްރެޒިލް އިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ކުޅުނު ރަޝިއާގެ ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނިފައި ވަނީ ހަމައެކަނި އެ ގައުމުގެ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. ރަޝިއާގައި އޮންނަ ވޯލްޑް ކަޕްގެ ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ބްރެޒިލް އިން މި މެޗުގައި ނެރެފައި ވަނީ ވަރުގަދަ ފުރަތަމަ އެގާރައެކެވެ. އަނިޔާގެ ސަބަބުން ނޭމާއަށް ޓީމުން ވެސް ފުރަސަތު ދީފައިނުވާއިރު އޭނާގެ ބަދަލުގައި އެ ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނިފައި ވަނީ ޔުވެންޓަސްގެ ވިންގަރ ޑަގްލަސް ކޮސްޓާއެވެ.

ފުރަތަމަ ހާފު ފެށިގެން ބްރެޒިލްއިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ބްރެޒިލްއިން ފުލުފުލުގައި ހަމަލާތައް އުފައްދަމުންދިޔައިރު ރަޝިއާގެ ތަޖުރިބާކާރު ކީޕަރު އިގޯރ އަކިންފީވް ވަނީ މޮޅު ސޭވްތަކެއްކޮށްފައެވެ. މި ހާފުގެ ފަހު ބައިގައި ރަޝިއާއިން ވެސް ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ބްރެޒިލް އިން ވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް އެ ޓީމުގެ ކޮންޓްރޯލް ދަމަހައްޓާފައެވެ. ބްރެޒިލްއިން ރަޝިއާގެ ގޯލު ހުޅުވާލީ ދެވަނަ ހާފު ފެށިގެން 10 މިނެޓު ވެސް ނުވަނީހެވެ. އެގޮތުން މެޗުގެ 53 ވަނަ މިނެޓުގައި ބްރެޒިލްއަށް ލީޑު ނަގައިދިނީ އިންޓަ މިލާންގެ ޑިފެންޑަރު މިރާންޑާއެވެ. މެޗުގެ 61 ވަނަ މިނެޓުގައި ޕައުލީނިއޯއަށް ރަޝިއާގެ އޭރިއާ ތެރެއިން ފައުލްކުރުމާ ވިދިގެން ރެފްރީ ދިން ޕެނަލްޓީ ކުޓީނިއޯ ވަނީ ކާމިޔާބުކޮށް ބްރެޒިލްގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަސް މިނެޓު ފަހުން ޕައުލީނިއޯ ވަނީ ލަނޑެއް ޖަހައި ބްރެޒިލްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ރަޝިއާ އިން އެ ޓީމުގެ ކުޅުން މި ލަނޑުތަކަށް ފަހު ވަރުގަދަކުރިއިރު އެ ޓީމަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މިއަހަރުގެ ވޯލްޑް ކަޕް ރަޝިއާގައި ބާއްވާއިރު ބްރެޒިލް އެ ގައުމަށް ދާނީ މުބާރާތް ކާމިޔާބުކުރުމުގެ އުއްމީދުގައެވެ. މި މެޗު ކުޅެފައި ވަނީ ވޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ ލުޒްނިކީ ސްޓޭޑިއަމްގައެވެ. މިއަހަރުގެ ވޯލްޑް ކަޕްގެ ޖާގައެއް ރަޝިއާއަށް ލިބުނީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުންނެވެ. ހަމައެހެންމެ ބްރެޒިލް ވޯލްޑް ކަޕަށް ކޮލިފައިވީ ދެކުނު އެމެރިކާގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ކުރިޔަށް އޮތް އެކުވެރި ކަމުގެ މެޗުގައި މި މަހުގެ 27 ވަނަ ދުވަހު ބްރެޒިލް ނުކުންނާނީ ދުނިޔޭގެ ޗެމްޕިއަނުން ކަމަށްވާ ޖަރުމަނާ ދެކޮޅަށެވެ. އެ ދުވަހު ފްރާންސާ ދެކޮޅަށް ރަޝިއާ ވެސް ނުކުންނާނެއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި

15 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި
09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު