Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެމްބަރު އަބްދުއްރަހީމް

މެމްބަރު އަބްދުއްރަހީމް ފްލެޓް ގަތް މައްސަލަ އޭސީސީން ބަލަނީ!

ފްލެޓް ގަނެފައި ވަނީ "ރެހެންދި-6" އިން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 22 މާރިޗު 2018 | ބުރާސްފަތި 07:45
މަޖިލިސް މެމްބަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ

މަޖިލިސް މެމްބަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދެކަނބަލުން، ނުވަ މިލިއަން ރުފިޔާއަށް ދެ ފްލެޓް ބައްލަވައި ގަތް މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލާ ކަމަށް ބުނެފި އެވެ.

އަބްދުއްރަހީމްގެ ދެ ކަނބަލުން ފްލެޓް ގަތްކަމަށް ބުނާ މައްސަލަ އޭސީސީން ތަހުގީގު ކުރަމުންދާ ކަމަށް އެ ކޮމިޝަނުގެ އޮފިޝަލަކު ވަނީ "ރާއްޖެއެމްވީ" ކަށަވަރު ކޮށްދެއްވާފަ އެވެ. ނަމަވެސް އެމައްސަލަ ތަހުގީގު ކުރަމުން ދަނީ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައެއްގެ ގޮތުގައިކަން ނުވަތަ އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ހިންގާ ތަހުގީގެއް ކަމަށް ހާމަކޮށްފައެއް ނުވެއެވެ.

Advertisement - newsAdvertisement

އެފްޑަބްލިއު ކޮންސްޓްރަކްޝަނުން މާލޭގައި އިމާރާތް ކުރި "ރެހެންދި-6" އިން މެމްބަރު އަބްދުއްރަހީމާއި އޭނާގެ އަނބިކަނބަލުން ދިޔާނާ ހުސައިން ފްލެޓް ބައްލަވައިގަނެފައި ވަނީ ފްލެޓެއް 4.5 މިލިއަން ރުފިޔާއަށެވެ. އެ ދެ ފްލެޓްގެ އަގު 9 މިލިއަން ރުފިޔާއަށް އަރާއިރު އެއީ ފެންވަރު ރަނގަޅު ފްލެޓްތަކެކެވެ.

އަބްދުއްރަހީމްގެ ދެ ކަނބަލުން ފްލެޓް ބައްލަވައިގަތުމަށް ދައްކަންޖެހޭ ފައިސާ ހަލާސްކޮށްފައި ވާތީ، އެ ދެ ފަރާތަށް ފްލެޓް ރެޖިސްޓްރީ ބަދަލުކޮށް ދިނުމަށް ފޮނުވާފައިވާ ސިޓީ ވަނީ އާއްމުވެފައެވެ.

އެނގިފައިވާ ގޮތުގައި އަބްދުއްރަހީމްގެ ދެ ކަނބަލުން ބައްލަވައިގަނެފައި ވަނީ ފުރަތަމަ ފްލޯގެ އެއްވަނަ ފްލެޓާއި ދެ ވަނަ ފްލެޓެވެ. އެހެންކަމުން އެއީ ޖެހިޖެހިގެން ހުރި ދެ ފްލެޓް ކަމަށް ވެއެވެ.

އަބްދުއްރަހީމް ވަނީ ފްލެޓް ބައްލަވައިގަނެފައިވާ ކަމަށް ވިދާޅުވެ، ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ.

އަބްދުއްރަހީމް ފްލެޓް ގަތް ކަމަށް ބުނާ މައްސަލަ ފެންމަތިވެފައިވާއިރު، އަބްދުއްރަހީމްއަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މިސަރުކާރުގެ ދިފާއުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް ފަރާތެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު