Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު

ފްރެންޗް ލީގު: އަލްވޭސްގެ ލަނޑުން ޕީއެސްޖީ ސަލާމަތްވެއްޖެ

19 މާރިޗު 2018 | ހޯމަ 10:27

ނީސްއާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުން އަރައި ޕީއެސްޖީ މޮޅުވީ 2-1 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 19 މާރިޗު 2018 | ހޯމަ 10:27
ނީސް އަދި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

ނީސް އަދި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

ފްރެންޗް ލީގުގައި ނީސްއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޑެނީ އަލްވޭސް ޖެހި ލަނޑުން އެ ޓީމު މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ނީސްއާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުން އަރައި ޕީއެސްޖީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ސަސްޕެންޝަނުގެ ސަބަބުން ތިއާގޯ މޮޓާ މި މެޗުގައި ކުޅެފައިނުވާއިރު ލޭވިން ކުރުޒަވާ އަދި ކެވިން ޓްރެޕްވެސް މި މެޗުގައި ފެނިގެން ގޮސްފައެއް ނުވެއެވެ. އެ ކުޅުންތެރިންގެ ބަދަލުގައި ޕީއެސްޖީގެ ފުރަތަމަ އެގާރައިން ފެނިގެން ގޮސްފައިވަނީ ޒުވާން ކުޅުންތެރިންނެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ ހަތްވަނަ މިނެޓުގައި މާރިއޯ ބަލޮޓެލީގެ ހަމަލާއެއް ޕީއެސްޖީގެ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު 14 ވަނަ މިނެޓުގައި އެޑިންސަން ކަވާނީ ފޮނުވާލި ހަމަލާއެއް ވެސް ގޯލުގެ ދަނޑީގައި ޖެހިފައިވެއެވެ. މެޗުގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ނީސްއަށް ޖަހައިދިނީ ސެއިންޓް މެކްސިމިންއެވެ. އެހެން ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން އެންހެލް ޑިމަރިއާ ވަނީ ލަނޑެއް ޖަހާ ޕީއެސްޖީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި ހާފުގެ ބާކީ ބައިގައި ދެ ޓީމުން ވެސް ވަނީ ފޯރިގަދަ ކުޅުމެއް ދައްކާފައެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ދެވަނަ ހާފުގައި ނަތީޖާ ބަދަލުކުރުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ 57 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ. ބަލޮޓެލީގެ ހަމަލާއެއް 77 ވަނަ މިނެޓުގައި ޕީއެސްޖީގެ ހުރަސް ދަނޑިއަށް ދެވަނަ ފަހަރަށް އަމާޒުވިއިރު މެޗުގެ 82 ވަނަ މިނެޓުގައި ޕީއެސްޖީއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބްރެޒިލްގެ ޑިފެންޑަރު ޑެނީ އަލްވޭސްއެވެ.

މި މެޗުން މޮޅުވުމާއެކު ޕީއެސްޖީއިން ވަނީ ޖެހިޖެހިގެން ނުވަ މެޗު ކާމިޔާބުކޮށްފައެވެ. ފްރެންޗް ލީގުގައި ކުޅުނު 31 މެޗުން ލިބުނު 83 ޕޮއިންޓާއެކު ޕީއެސްޖީ އެއްވަނައިގައި އޮތްއިރު އެއް މެޗު މަދުން ކުޅެގެން 66 ޕޮއިންޓާއެކު ދެވަނައިގައި އޮތީ މޮނާކޯއެވެ. ތިންވަނައިގައި 59 ޕޮއިންޓާއެކު މާސޭ އޮތްއިރު 57 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ ލިޔޯންއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް