Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދެޤާނޫނުގެ މައްސަލަ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

18 މާރިޗު 2018 | އާދީއްތަ 14:05

އާނާރާ އެ ސުވާކު ކުރެއްވީ ޝަރީއަތުގައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 18 މާރިޗު 2018 | އާދީއްތަ 14:05
ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން

ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން

އިސްލާމް ދީން ނޫން ދީނަކަށް ރާއްޖޭގައި ފުރުސަތު ދޭނަންތޯ އޭ ވިދާޅުވެ، މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާ ސުވާލު ކުރައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާ އަނާރާ އެ ސުވާލު ކުރެއްވީ އެންޓި ޑިފެކްޝަން ގާނޫނާ ގުޅޭ ގޮތުން އާދީއްތަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި ދުސްތޫރީ މައްސަލައިގެ އިޖުރާއީ އަޑުއެހުމުގައެވެ. ގަޑިއެއްހާއިރަށް ދިގުދެމިގެންދިޔަ އެ ޝަރީއަތުގައި އަނާރާ އެ ސުވާލު ކުރެއްވީ އަޑުއެހުން ނިންމާލަން އުޅެނިކޮށެވެ.

Advertisement - newsAdvertisement

އަނާރާ ސުވާލު ކުރެއްވީ ގާނޫނުއަސާސީގެ 10 ވަނަ މާއްދާއާ ހަވާލާ ދެއްވައެވެ. އެ މާއްދާގައި ބުނެފައި ވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށާއި އިސްލާމް ދީނުގެ އަސްލަކާ ޚިލާފު އެއްވެސް ގާނޫނެއް ރާއްޖޭގައި ނުހެދޭނެ ކަމަށެވެ.

ގާނޫނުއަސާސީގައި އެގޮތަށް ބަޔާންކޮށްފައިވަނިކޮށް، އެހެން ދީނެއް ރާއްޖޭގައި ހުއްދަ ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފުރުސަތު ދެއްވާނެތޯ ވިދާޅުވެ، އަނާރާ ސުވާލު ކުރެއްވުމުން، ފަނޑިޔާރުން ޖަވާބެއް ނުދެއްވައި، ކުރެއްވީ ސުވާލެކެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރަކަށް އިންނެވި ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ އެ ސުވާލުގެ މަގުސަދާ ގުޅޭ ގޮތުން އަނާރާ އާއި ސުވާލު ކުރައްވާފައެވެ.

ޖަވާބުގައި އަނާރާ ވިދާޅުވީ ގާނޫނުއަސާސީގެ މަގުސަދުތަކާ ޚިލާފަށް ގާނޫނުތައް ހަދަމުންދާ ކަމަށެވެ.

ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވިދާޅުވީ ޝަރީއަތުގެ އާންމު އުސޫލު އޮންނަ ގޮތުން، ޝަރީއަތުގައި ފަނޑިޔާރުންނާ ސުވާލު ނުކުރެވޭ ކަމަށެވެ. އެހެން ވިދާޅުވުމާއެކު މައްސަލަ ބައްލަވާ އިސް ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އަނާރާ އެ ސުވާލު ފަނޑިޔާރުންނާ ކުރެއްވީ ގާނޫނުހަދާ މަޖިލީހުގެ އުސޫލުތަކާއި ޝަރީއަތް ކުރުމާ ގުޅޭ އުސޫލުތައް އަނާރާއަށް އޮޅިވަޑައިގެންނެވުމުން ކަމަށާއި ހީފުޅު ކުރެއްވުނީ އެކަމަނާ ހުންނެވީ "ޕާލަމެންޓުގައި" ކަމަށް ކަމަށެވެ.

ޝަރީއަތުގެ އަޑުއެހުމަށްފަހު އަނާރާ "ރާއްޖެއެމްވީ"އަށް ވިދާޅުވީ ގާނޫނުއަސާސީގައި ވަކިކަމެއް ވަކި ގޮތަކަށް ކުރަން ކަނޑައަޅާފައި ވަނިކޮށް، ގާނޫނަކުން އެ ކަމެއް އެހެން ގޮތަކަށް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އެގޮތުން އިސްލާމް ދީން ނޫން ދީނަކަށް ރާއްޖޭގައި ފުރުސަތު ނެތް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވަނިކޮށް، ގާނޫނަކުން އެހެން ދީނެއް ރާއްޖެ ނުގެނެވޭނެ ކަމަށް ވެސް އަނާރާ ވިދާޅުވިއެވެ.

އަނާރާ ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތާއި ގޮނޑި ގެއްލިއްޖެކަން ކަނޑައަޅާނެ ގޮތް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އެ އުސޫލުން ބޭރުން ގާނޫނަކުން ވަކި ގޮތެއް ކަނޑަނޭޅޭނެ ކަމަށެވެ. އަރާނާ ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފަށް މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތް ކަނޑައެޅިޔަސް އެއީ ސައްހަ ނިންމުމަކަށް ނުވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި އަނާރާ ވިދާޅުވީ 2017 ވަނަ އަހަރުގެ ޖުލައި 13 ވަނަ ދުވަހުގެ ފަހުން، ޕާޓީ ބަދަލު ކުރި މެމްބަރުންނާއި ޕާޓީން ވަކިކުރި މެމްބަރުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުގައި ކަނޑައަޅާފައި ވަނީ ހެޔޮ ނިޔަތުގައި ނޫން ކަމަށެވެ. އެ ތާރީޚުގެ ބަދަލުގައި މަޖިލީހުގެ މެމްބަރުން އިންތިހާބުވި ތާރީޚު ގާނޫނުގައި ހިމެނިނަމަ، ރަނގަޅުވީސް ކަމަށް އަނާރާ ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަންގެ ބިލު ބާތިލު ކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އާނާރާގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންނެވެ.

އެ ތިން ބޭފުޅުންގެ ފަރާތުން އާދީއްތަ ދުވަހު ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވީ ގާނޫނީ ވަކީލު އިބްރާހިމް ރިއްފަތާއި ގާނޫނީ ވަކީލު ސަފާ ޝަރީފެވެ.

ދުސްތޫރީ މައްސަލައިގެ އިޖުރާއީ އަޑުއެހުމުގައި ގާނޫނީ ވަކީލު ސަފާ ޝަރީފު ވިދާޅުވީ އެންޓި ޑިފެކްޝަންގެ ގާނޫނަކީ މަޒީގައި ހިނގައިދިޔަ ކަންކަމަށް، އަމަލު ކުރެވޭ ގޮތަށް ހަދާފައިވާ ގާނޫނެއް ކަމަށެވެ. އަދި އެގޮތަށް ގާނޫނު ހެދުމަކީ ގާނޫނުއަސާސީގެ 59 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ސަފާ ވިދާޅުވިއެވެ.

ސަފާގެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ މާޒީގައި ހިނގައިދިޔަ ކަމަކަށް ފަހުން އަންނަ ގާނޫނަކުން އަދަބު ނުދެވޭނީ ޖިނާއީ މައްސަލަތަކުގައި އެކަނި ކަމަށެވެ. ނަމަވެސް މަދަނީ މައްސަލަތަކުގައްޔާއި އެހެނިގެން މައްސަލަތަކުގައި މާޒީގައި ހިނގައިދިޔަ ކަންތައްތަކަށް އަދަބު ދެވޭނެ ކަމަށާއި ޓޫރިޒަމްގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ވެސް މާޒީގައި ހިނގައިދިޔަ ކަމަކަށް ފަހުން ގެނައި އިސްލާހުން އަމަލުކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނު ބާތިލު ކުރުމަށް ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމާމެދު, ގޮތް ނިންމާނީ އިޖުރާއީ އަޑުއެހުންތައް ނިންމާލުމަށްފަހުއެވެ. އެ ބިލު ބާތިލު ކުރުމަށް ހުށަހެޅި މައްސަލައިގެ ދެ ވަނަ އަޑުއެހުމެއް، އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް