Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި އެފްއޭ ކަޕް

އިނގިރޭސި އެފްއޭ ކަޕް: ސްވަންސީ ބަލިކޮށް ޓޮޓެންހަމް ސެމީއަށް

18 މާރިޗު 2018 | އާދީއްތަ 08:48

ސްވަންސީ އަތުން ޓޮޓެންހަމް މޮޅުވީ 3-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 18 މާރިޗު 2018 | އާދީއްތަ 08:48
މި ދެ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން

މި ދެ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ސްވަންސީ ސިޓީ ބަލިކޮށް ޓޮޓެންހަމްއިން ސެމީގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅުނު ކުއާޓާގެ މެޗު ޓޮޓެންހަމްއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗާއި ޓޮޓެންހަމްއިން ކުރިމަތިލިއިރު އެ ޓީމު އެންމެފަހުން ސްވަންސީއާ ދެކޮޅަށް ކުޅުނު 15 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންއަށް ކުޅެވިފައިނުވާއިރު އެ ޓީމުގެ ފުރަތަމަ އެގާރައިން ހަތް ބަދަލެއް ވަނީ ފެނިގެން ގޮސްފައެވެ. ހަމައެހެންމެ މިދިޔަ ހަފްތާގައި ހަޑާސްފީލްޑްއާ ދެކޮޅަށް ކުޅެ އެއްވަރުވި ސްވަންސީގެ ޓީމަށް ހަތަރު ބަދަލެއް ގެނެސްފައިވެއެވެ. މި މެޗު ވެގެން ގޮސްފައިވަނީ 1964 ވަނަ އަހަރުގެ ފަހުން އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްއިން ސްވަންސީ ޖާގަ ހޯދި ފުރަތަމަ މެޗަށެވެ.

ފުރަތަމަ ހާފު ފެށިގެން ޓޮޓެންހަމްއިން މޮޅު ކުޅުމެއް ދައްކައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެ އެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ މެޗުގެ 11 ވަނަ މިނެޓުގައި ސްވަންސީގެ ގޯލު ހުޅުވާލާފައެވެ. އެރިކް ލަމޭލާ ތަނަވަސްކޮށްދިން ފުރުސަތަކުން ޓޮޓެންހަމްއަށް ލީޑު ނަގައިދިނީ ކްރިސްޓިއަން އެރިކްސެންއެވެ. މެޗުގެ 23 ވަނަ މިނެޓުގައި ޓޮޓެންހަމްއިން ދެވަނަ ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ ރެފްރީ މެދުވެރިކޮށް ރެފްރީ ނިންމާފައިވަނީ އެއީ ލަނޑެއް ނޫން ކަމަށެވެ. އެ ޓީމުގެ ދެވަނަ ލަނޑު ފެނިގެންގޮސްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. ސިސޯކޯ ދިން ޕާހަކުން އެ ޓީމަށް މި ލަނޑު ޖަހައިދިނީ މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ލަމޭލާއެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ޓޮޓެންހަމްއިން ފުރަތަމަ ހާފު ނިންމާލިއިރު ސްވަންސީއިން ވަނީ ދެވަނަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެ ޓީމުން އުފެއްދި ހަމަލާތައް ހުއްޓުވުމަށް ޓޮޓެންހަމްގެ ކީޕަރު މިޗެލް ވޯމް ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ. ސްވަންސީއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައި ވަނިކޮށް ޓޮޓެންހަމްގެ ތިންވަނަ ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ޖަހައިދިނީ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެރިކްސެންއެވެ. މި ލަނޑަށް ފަހުވެސް ޓޮޓެންހަމްއަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު އެ ޓީމަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައެއްނުވެއެވެ.

މިދިޔަ ސީޒަނުގެ ސެމީގައި ވެސް ޓޮޓެންހަމް ވާދަކުރިއިރު އެ ޓީމުގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް ވެސް ވަނީ މި ސީޒަނުގެ ސެމީ ފައިނަލްއިން ޖާގަ ހޯދާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް