Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

ހައްޔަރުކޮށްފައިވާ ހަ ފުލުހެއްގެ ބަންދަށް 15 ދުވަސް، އިތުރު ފުލުހަކަށް 14 ދުވަސް

މިއީ މި މީހުން ހައްޔަރުކުރުމަށްފަހު ކޯޓަށް ހާޒިރުކުރި ފުރަތަމަ ފަހަރު

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 18 މާރިޗު 2018 | އާދީއްތަ 02:30
އެސްއޯގެ ކުރީގެ ކޮމާންޑަރ ސައިފް ހައްޔަރުކޮށްގެން ގެންދަނީ:- އޭނާ އިތުރުން ހައްޔަރުކުރި ފުލުހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައި

އެސްއޯގެ ކުރީގެ ކޮމާންޑަރ ސައިފް ހައްޔަރުކޮށްގެން ގެންދަނީ:- އޭނާ އިތުރުން ހައްޔަރުކުރި ފުލުހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ބުނެ, ހައްޔަރުކޮށްފައިވާ ފުލުހުންގެ ބަންދުގެ މުއްދަތު ކޯޓު އަމުރެއްގެ ދަށުން އިތުރުކޮށްފި އެވެ.

ޖިނާއީ ބޮޑެތި ތުހްމަތުތަކެއްކޮށް ހައްޔަރުކޮށްފައިވާ ފުލުހުންގެ ތެރެއިން ހަތް މީހަކު ހޮނިހިރު ދުވަހުގެ ރޭ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު އޭގެ ތެރެއިން ހަ މީހެއްގެ ބަންދަށް އިތުރުކޮށްފައި ވަނީ 15 ދުވަހެވެ. އަދި އެކަކުގެ ބަންދަށް އިތުރުކުރީ 14 ދުވަސް ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފުލުހުންގެ ތެރޭގައި ޕޮލިސް އިންސްޕެކްޓަރ ސައިފް ހުސައިން އާއި ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ފާއިޒު މުހައްމަދު އާއި ޕޮލިސް ސާރޖަންޓް އަލީ ރިޝްވާން އަހުމަދު އާއި ޕޮލިސް ސާރޖަންޓް އަބްދުﷲ ރިޔާޒު އާއި ޕޮލިސް ސާރޖަންޓް އަހުމަދު އާސިމް އާއި ޕޮލިސް ސާރޖަންޓް އަލީ ނަސީރު އާއި ޕޮލިސް ކޯޕްރަލް ހަސަން ނަސީރު އަދި ޕޮލިސް ކޯޕަރަލް މުހައްމަދު ޝާމީން ހިމެނެ އެވެ.

ފުލުހުން ހައްޔަރުކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ދޫނިދޫގައި ބޭތިއްބުމަށްފަހު ކޯޓަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމަންދެން އެދުނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަށްފަހުވެސް ބޭތިއްބުމަށް ކަމަށް ބެލެވެ އެވެ. ނަމަވެސް ކޯޓު އަމުރެއް ނެތި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ތިބި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ދެވިދާނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ދެކިވަޑައިނުގަންނަވަ އެވެ.

ޖުމްލަ 8 ފުލުހަކު ކުއްލި ނުރައްކަލު ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ)ގެ ކުރީގެ ކޮމާންޑަރު ސައިފު ވެސް ހިމެނެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އަދި ކޯޓަށް ހާޒިރުކޮށްފައި ނުވެއެވެ. އޭނާއާ ތަހުގީގުގައި އަދި ސުވާލެއް ވެސް ކޮށްފައި ނުވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު