Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ތަށި ކާމިޔާބުކުރުމާ ގާތަށް ސިޓީ ޖެހިލައިފި

13 މާރިޗު 2018 | އަންގާރަ 11:28

ސްޓޯކް ސިޓީ އަތުން ޗެލްސީ މޮޅުވީ 2-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 13 މާރިޗު 2018 | އަންގާރަ 11:28
ސިޓީގެ ދެ ލަނޑު ވެސް މި މެޗުގައި ޖެހީ ޑޭވިޑް ސިލްވާ

ސިޓީގެ ދެ ލަނޑު ވެސް މި މެޗުގައި ޖެހީ ޑޭވިޑް ސިލްވާ

އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ކާމިޔާބުކުރުމާ ގާތަށް މެންޗެސްޓާ ސިޓީ އިން ޖެހިލައިފިއެވެ.

އެ ޓީމުން ތަށި ކާމިޔާބުކުރުމާ ގާތަށް ޖެހިލާފައި ވަނީ ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ސްޓޯކް ސިޓީ ބަލިކޮށްގެންނެވެ. މިދިޔަ ހަފްތާގައި ޗެލްސީ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވި ސިޓީގެ ޓީމަށް ހަތަރު ބަދަލެއް މި މެޗުގައި ޕެޕް ގާޑިއޯލާ ގެނެސްފައިވެއެވެ. އެގޮތުން އަނިޔާގެ ސަބަބުން ސާޖިއޯ އަގުއޭރޯ ކުޅެފައިނުވާއިރު އޭނާގެ ބަދަލުގައި ކުޅެފައި ވަނީ ގެބްރިއެލް ޖީސަސްއެވެ. ހަމައެހެންމެ ރަހީމް ސްޓާލިން ވެސް ވަނީ އަނިޔާއިން އެނބުރި އައިސް މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. އޭނާގެ އިތުރުން ކެޕްޓަން ވިންސެންޓް ކޮމްޕެނީ އަދި ފަނާންޑީނިއޯ ވެސް ވަނީ މެޗުގައި ކުޅެފައެވެ.

ފުރަތަމަ ހާފު ފެށިގެން ސިޓީ އިން ވަނީ މޮޅު ކުޅުމެއް ދައްކައި ސްޓޯކްގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ރަހީމް ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް މި ލަނޑު ޖަހައިދިނީ ޑޭވިޑް ސިލްވާއެވެ. މި ލަނޑަށް ފަހު ސްޓޯކް އިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު އެ ޓީމަށް މާއެދެވޭ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. މި ހާފުގައި ސިޓީގެ ކުޅުންތެރިންނަށް ވެސް ލީޑު ފުޅާކުރުމަށް އިތުރު ފުރުސަތުތައް ލިބިގެންދިޔައިރު މި ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ހިފިފައެއް ނުވެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ސިޓީ އިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް މެޗުގެ ކޮންޓްރޯލް ދަމަހައްޓާފައެވެ. އެ ޓީމުން ވަނީ ދެވަނަ ހާފު ފެށިގެން ފަސް މިނެޓު ނުވަނީސް އިތުރު ލަނޑެއް ޖަހާ ލީޑު ދަމަހައްޓާފައެވެ. ގެބްރިއެލް ޖީސަސް ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމުގެ ދެވަނަ ލަނޑު ވެސް ޖަހައިދިނީ ސިލްވާއެވެ. ދެވަނަ ހާފުގައި ވެސް ސިޓީއަށް ވަނީ ފުލުފުލުގައި ލީޑު ފުޅާކުރުމަށް ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

އަމިއްލަ ދަނޑުގައި އަންނަ މަހުގެ 7 ވަނަ ދުވަހު ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ސިޓީއަށް ޕްރިމިއާ ލީގުގެ ތަށި ޔަގީންކުރެވޭނެއެވެ. އެހެން ނަމަވެސް އޭގެ ކުރިން މި މަހުގެ 31 ވަނަ ދުވަހު އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗު ވެސް އެ ޓީމުން ކާމިޔާބުކުރަން ޖެހެއެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޗެމްޕިއަނުންނަށް ވުމުގެ ހުރިހާ ވެސް ބާރެއް އޮތީ އަމިއްލަ އަތްމަތީގައި ކަމަށާއި ޔުނައިޓެޑާ ދެކޮޅަށް ތަށި ކާމިޔާބުކުރެވުނު ނަމަވެސް އެކަމުގެ ސަބަބުން އިތުރަށް ލިބޭނެ ހިތްހަމަޖެހުމެއް ނެތް ކަމަށެވެ. އޭނާ ބުނީ ސީޒަނުގެ މިހާތަނަށް އައިއިރު 81 ޕޮއިންޓް ހަމަވެފައިވުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ކުޅުނު 30 މެޗުން ލިބުނު 81 ޕޮއިންޓާ އެކު ސިޓީ އޮތްއިރު ދެވަނައިގައި 65 ޕޮއިންޓާ އެކު އޮތީ ޔުނައިޓެޑްއެވެ. ތިންވަނައިގައި ޓޮޓެންހަމް އޮތްއިރު ހަތަރުވަނައިގައި އޮތީ ލިވަޕޫލްއެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް