Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައުސިންގ ޔުނިޓް

ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަމަށް ބުނެ، ސަރުކާރުން ސީލައިފަށް 185 މިލިޔަން ރުފިޔާ!

9 މާރިޗު 2018 | ހުކުރު 08:44

ބަދަލު ދެނީ 12 ޕޭމަންޓަކަށް ބަހާލައިގެން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 9 މާރިޗު 2018 | ހުކުރު 08:44
ހައުސިން މިނިސްޓްރު މުއިއްޒު މީހަކާ ސަލާމް ކުރައްވަނީ: ބަދަލު ދޭން ފިނޭންސަށް އެންގީ ހައުސިން މިނިސްޓްރީ އިން

ހައުސިން މިނިސްޓްރު މުއިއްޒު މީހަކާ ސަލާމް ކުރައްވަނީ: ބަދަލު ދޭން ފިނޭންސަށް އެންގީ ހައުސިން މިނިސްޓްރީ އިން

މީގެ ހަތް އަހަރު ކުރިން ހައުސިން ޔުނިޓްތަކެއް އެޅުމަށް ސަރުކާރާ އެކު ސީލައިފް މޯލްޑިވްސް އިން ވެފައިވާ އެއްބަސްވުމެއް އުވާލަން ނިންމުމުން، އޭގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން އެ ކުންފުންޏަށް 185 މިލިއަން ރުފިޔާ ދޭން އެއްބަސްވި ކަމަށް ބުނާ ލިޔުންތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ސީލައިފް މޯލްޑިވްސް އާއި ސަރުކާރާ އެކު 2011 ވަނަ އަހަރު އެއްބަސްވެފައި ވަނީ 80 ހައުސިން ޔުނިޓް އެޅުމަށެވެ. އެ އެއްބަސްވުމުގެ ދަށުން 80 ހައުސިން ޔުނިޓް އަޅަނީ ކޮން ތަނެއްގައި ކަމެއް ސާފެއް ނުވެއެވެ.

Advertisement - newsAdvertisement

އެ އެއްބަސްވުމާ ގުޅިގެން ސީލައިފަށް ލިބުނު ގެއްލުންތަކާ ގުޅިގެން ކަމަށް ބުނެ، ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ފައިސާ ދޭން އެއްބަސްވި "ސެޓްލްމަންޓް އެގްރީމަންޓު"ގެ ކޮޕީއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ އެގްރީމަންޓްގައި ސޮއިކޮށްފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

ސެޓްލްމަންޓް އެގްރީމަންޓްގައި ބުނެފައި ވަނީ 80 ހައުސިން ޔުނިޓުގެ އެއްބަސްވުން ބާތިލް ކުރީ، ހައުސިން ޔުނިޓް ތަރައްގީ ކުރުމުން، ލަގްޒަރީ ވިލާ އެޅުމަށް ވ. ތިނަދޫ އިން ބިމެއް ދޭން ސަރުކާރުން އެއްބަސްވެފައިވީ ނަމަވެސް އެ ރަށު ކައުންސިލުން އެ ބިން ދޫކުރަން ދެކޮޅު ހެދުމުންނެވެ.

ސެޓްލްމަންޓް އެގްރީމަންޓްގައި ބުނެފައިވާ ގޮތުން ހައުސިން ޔުނިޓް އެޅުމަށް ސީލައިފުން 3.5 މިލިޔަން ޑޮލަރު ( 53.97 މިލިއަން ރުފިޔާ) ޚަރަދު ކުރިއެވެ. ނަމަވެސް ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުނިން ކުރީ ކޮން މަސައްކަތެއް ކަމެއް އެނގޭކަށް ނެތެވެ.

ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުު އިބްރާހިމް ނަޒީމް ސޮއިކޮށް، ސީލައިފްގެ މެނޭޖިން ޑައިރެކްޓާ އަހުމަދު މޫސާ މުހައްމަދު ސޮއިކޮށްފައިވާ އެ އެންގްރިމަންޓްގައި ބުނަނީ ސީލައިފުން ކުރި މަސައްކަތުގެ އަގާއި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 12 މިލިއަން ޑޮލަރު (185 މިލިއަން ރުފިޔާ) ދޭން އެއްބަސްވާ ކަމަށެވެ.

ލިޔުންތަކުގައިވާ ގޮތުން، އެ ފައިސާ ސީލައިފް މޯލްޑިވްސްއަށް ދޫކުރުމަށް ހައުސިން މިނިސްޓްރީ އިން ވަނީ ފިނޭންސް އަށް އަންގާފައެވެ. އަދި ސީލައިފަށް އެ ފައިސާ ދޭނީ 12 ޕޭމަންޓަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ބުރުގައި 15.4 މިލިއަން ރުފިޔާ ދޫކުރުމަށާއި ދެ ވަނަ ބުރުގައި 30.8 މިލިއަން ރުފިޔާ ދޫކޮށްދިނުމަށާއި ދެން ބާކީ ހުރި ފައިސާ 10 ބުރެއްގެ މަތިން، ކޮންމެ ފަހަރަކު 13.8 މިލިއަން ރުފިޔާ ދިނުމަށް ހައުސިން މިނިސްޓްރީ އިން ވަނީ އެދިފައެވެ.

މިވާހަކަތައް މީޑިއާގައި ފެންމަތިވުމާ އެކު ހައުންސިން މިނިސްޓްރީން ވަނީ އެ ވާހަކަތަކަށް ރައްދު ދީފައެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނަޒީމް ބައެއް މީޑިއާތަކުގައި ވިދާޅުވެފައި ވަނީ ސަރުކާރުން ސީލައިފަށް ދޭންޖެހޭ ފައިސާއެއް ނޯންނާނެ ކަމަށާއި އެ އެގްރީމަންޓް އުވާލީ އެއްބަސްވުމާ އެއްގޮތައް މަސައްކަތް ކުރިއަށް ނުދާތީ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ސީލައިފްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ސީލައިފް މޯލްޑިވްސްއަކީ، 2014 ވަނަ އަހަރު ހުޅުމާލޭގައި ރައީސް އަބްދުﷲ ޔާމީން ބިންގާ އެޅުއްވި 3،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ސީލައިފް ގްލޯބަލްގެ ކުންފުންޏެކެވެ. އެ ދެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރަަކީ ވެސް އަހުމަދު މޫސާ މުހައްމަދެވެ. އެ ކުންފުނިން ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި އަޅާ 1،000 ފްލެޓް ވިއްކުމަށް ހުޅުވާލައި މިދިޔަ އަހަރުގެ ތެރޭގައި އެޑްވާންސަށް ފައިސާ ވެސް ނަގާފައި ވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް