Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ނާއިބު ރައީސްގެ ބޮޑީގާޑު އައްބާސް ހައްޔަރުކޮށްފި

އޭނާ ހައްޔަރު ކުރީ މިލިޓަލީ ޕޮލިހުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 9 މާރިޗު 2018 | ހުކުރު 06:43
ޖިހާދުގެ ބޮޑީގާޑު އައްބާސް: ކުރާ ތުހުމަތެއް ނުބުނޭ

ޖިހާދުގެ ބޮޑީގާޑު އައްބާސް: ކުރާ ތުހުމަތެއް ނުބުނޭ

ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ ބޮޑީގާޑަކަށް އުޅުނު އައްބާސް ހައްޔަރުކޮށްފިއެވެ.

"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ބޮޑީގާޑަކަށް އުޅުނު އައްބާސް ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރު ބަންޑާރަކޮށިންނެވެ. ފޯނު އަތުލުމަށް ފަހު، އޭނާ ހައްޔަރު ކުރީ މިލިޓަރީ ޕޮލިހުންކަން ވެސް ރާއްޖެއެމްވީއަށް ވަނީ އެނގިފައި ވެއެވެ.

އޭނާ ހައްޔަރު ކުރީ ކީއްވެގެން ކަމެއް ނޭނގެއެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަންތައްތައް ވެސް އެމްއެންޑީއެފަކުން ހާމައެއް ނުކުރެއެވެ.

ރާއްޖެއެމްވިއަށް އެނގިފައިވާ ގޮތުގައި އައްބާސް ހައްޔަރު ކުރިކަން އެމްއެންޑީއެފަކުން އޭނާގެ އާއިލާއަކަށް އަންގާފައެއް ވެސް ނުވެއެވެ.

އައްބާސް ސިފައިންގެ ޔުނީފޯމުގައި: ދައުލަތުގެ އިއްޒަތްތެރިންގެ ހަށިފާރަވެރިއެއް-- ފޮޓޯ/ ފޭސްބުކް

އައްބާސަކީ ރައީސް އަބްދުﷲ ޔާމީނާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ބޮޑީގާޑަކަށް ވެސް އުޅުނު އޮފިސަރެކެވެ. ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުއް އަޒީރާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެވަޑައިގަތުމުން އެބޭފުޅުންގެ ހަށިފާރަވެރިއެއްގެ ގޮތުގައި ވެސް އައްބާސް އުޅުނެވެ. ރައްޔިތުންގެ މަޖިލީހުގެ މާލަމުގެ އަމަން ބެލެހެއްޓުމުގައި ވެސް އޭނާ ހަރަކާތްތެރިވެފައި ވެއެވެ.

އެމްއެންޑީއެފްގެ އިސް އޮފިސަރުންގެ ތެރެއިން ހައްޔަރުކޮށްފައިވާ ސިފައިންގެ އަދަދެއް އެމްއެންޑީއެފަކުން ނާންގައެވެ. ހައްޔަރުކޮށްފައިވާ ސިފައިންގެ އަދަދު 10 ވުރެ އިތުރުވެފައިވާ ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. މަސައްކަތުން އެކަހެރިކޮށް، މުއާސަލާތީ ވަސީލަތްތައް ބޭނުން ނުކުރެވޭ ގޮތަށް، ގިރިފުށީގައި ބައެއް ސިފައިން ބަންދުކޮށްގެން ވެސް ގެންގުޅޭ ކަމަށްވެއެވެ.

އައްބާސް: ރައީސްގެ ބޮޑީގާޑަކަށް ވެސް އުޅުނު-- ފޮޓޯ/ ޓްވިޓާ

ސިފައިންގެ ތެރެެއިން ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު 10 ވުރެ އިތުރުވެފައިވާއިރު، ހައްޔަރުކޮށްފައިވާ ފުލުހުންގެ އަދަދު އަށަކަށް އަރައެވެ. ހައްޔަރުކޮށްފައިވާ ފުލުހުންގެ އަދަދެއް ރަސްމީކޮށް ހާމަކޮށްފައެއްނުވެއެވެ. ހައްޔަރުކޮށްފައިވާ ފުލުހުންގެ ތެރޭގައި އެސްއޯ ގިނަ އަދަދަކަށް ހިމެނޭއިރު، ބައެއް ފުލުހުން ވަނީ މަސައްކަތުން އެކަހެރިކޮށްފައެވެ. ފުލުހުން ހައްޔަރުކޮށްފައިވާ އަދަދުތަކާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކުރި ނަމަވެސް އެކަމާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު