Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިލްހާމް އަހުމަދު

އިލްހާމް ހައްޔަރު ކުރި މައްސަލައިގެ ހެއްކެއް ނެތުމުން، ހޫނު ފެނުގެ ތަހުގީގު ފަށައިފި

އިލްހާމާ ސުވާލުކޮށް ބަޔާން ނަގާފައިވޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 5 މާރިޗު 2018 | ހޯމަ 07:19
މެމްބަރު އިލްހާމް، އޭނާގެ އަނބިކަނބަލުން މާޝާ (ވ) އާއެކު

މެމްބަރު އިލްހާމް، އޭނާގެ އަނބިކަނބަލުން މާޝާ (ވ) އާއެކު

ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ހައްޔަރު ކުރި މައްސަލައިގެ ހެކި ނުލިބުމުން، މަޖިލީހުގެ މެމްބަރުންނަށް އިންޒާރު ދިނުމުގެ ގޮތުން މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާ ވިދާޅުވެފައިވާ "ހޫނު ފެނު"ގެ މައްސަލައިގެ ތަހުގީގު ފުލުހުން ފަށައިފިއެވެ.

މިދިޔަ އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހު ޕީޕީއެމުން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އިލްހާމް ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް މެމްބަރުން ވޯޓު ދެއްވާނީ "ހޫނު ފެނަށް އެރެން ބޭނުންވާ ނަމަ" ކަމަށެވެ.

Advertisement - newsAdvertisement

"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތުގައި ދޫނިދޫގައި ބަންދުކޮށްފައިވާ މެންބަރު އިލްހާމާ ފުލުހުން ވަނީ އެ މައްސަލާގައި ސުވާލުކޮށް ބަޔާން ވެސް ނަގައިފައެވެ.

އިލްހާމްގެ ޤާނޫނީ ވަކީލު ނޫރުއްސަލާމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ އިލްހާމް ޕީޕީއެމްގައި ހުންނެވިއިރު، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި އިލްހާމް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން، މިދިޔަ އަހަރުގެ މެއި މަހު ވެސް އިލްހާމާ ސުވާލު ކުރި ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ނިމުނުކަން ފުލުހުން އޭރު ބުނި ކަމަށާއި އެ މައްސަލައިގެ ކުރިއަށް ނުދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން، އިލްހާމްގެ އަރިހުގައި ވިދާޅުވެފައިވާ ކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވިއެވެ.

ނަމަވެސް އަނެއްކާވެސް އިލްހާމްގެ "ހޫނު ފެނުގެ" ވާހަކައިގެ ތަހުގީގު ފެށުމުން، ސުވާލު އުފެދޭ ކަމަށް ވަކީލު ވިދާޅުވިއެވެ. އަދި ވިދާޅުވީ އިލްހާމް އިންޒާރު ދެއްވި ކަމަށް ބުނާ އެ މައްސަލާގައި ހިމެނޭ ވީޑިއޯއާމެދު އޭނާ އިންކާރު ކުރައްވާފައި ނުވަނީސް ހައްޔަރުގައި ބަހައްޓައިގެން އިލްހާމްގެ ފޮޓޯ ނަގައި ފޮރެންސިކް ތަހުލީލުތަކެއް ކޮށްފައިވާ ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ފުލުހުން ފެށުމުން، އެނގިގެން ދަނީ މަސީހާ އެއްކޮޅަށް މެމްބަރުން ވޯޓު ދިނީ ބިރު ދައްކައިގެން ކަމަށް ކަމެވެ. އަދި އިލްހާމް ހައްޔަރު ކުރި މައްސަލާގައި އެއްވެސް ހެއްކެއް ލިބިފައި ނުވާތީ، ފުލުހުން މިހާރު މަސައްކަތް އެ ކުރަނީ އެހެން މައްސަލައެއް އިލްހާމްގެ މައްޗަށް ސާބިތު ކުރުމަށް ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގައި އިލްހާމް ހުންނެވިއިރު، ތަހުގީގު ހުއްޓިފައި އޮތް މައްސަލައެއް، އަލުން ބަލަން ފެށުމުން ފުލުހުންގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފައްދައި، ގުޅިފައިވާ ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އިލްހާމް އިންޒާރު ދެއްވި ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އޭރު އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ތަހުގީގު ކުރިއަށް ނުގެންދާތީ އިދިކޮޅު ފަރާތްތަކުން އޭރު ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

މިދިޔަ އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހު ޕީޕީއެމުން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އިލްހާމް ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ތެރެއިން މަސީހާ ދެކޮޅަށް ވޯޓުލާނީ "ހޫނު ފެނުގައި އަތްލާން" ބޭނުންވާ މީހުން ކަމަށާއި ހޫނުފެން އެޅުމުން ތަދުވެގެން މެސެޖެއްކޮށް، "ސޮރީއޭ" ބުންޏަސް ގަބޫލެއް ނުކުރެވޭނެ ކަމަށެވެ.

އެ ޖަލްސާގައި އިލްހާމް އެހެން ވިދާޅުވުމުން، ޖަލްސާގައި ތިބި ޕީޕީއެމްގެ އިސް ފަރާތްތަކާއި، ސަރުކާރުގެ ވެރިންނާއި، ޖަލްސާގައި ބައިވެރިވެވަޑައިގެން އިންނެވި ރައީސް ޢަބްދުﷲ ޔާމީން ވެސް ވަނީ އަތްތިލަބަޑި ޖައްސަވާފައެވެ.

މި މައްސަލަ ތަހްގީގުކުރަން ފެށުމުގެ ކުރިން އިލްހާމްގެ ކޮރަޕްޝަން މައްސަލައެއް އޮތްތޯ ބެލުމަށްޓަކައި، އެންޓި ކޮރަޕްޝަން ކޮމިޝަން މެދުވެރިކޮށް ތަހްގީގުތަކެއް ހިންގާފައިވާކަން ރާއްޖެ އެމްވީއަށް ވަނީ އެނގިފަ އެވެ. ނަމަވެސް އެ މައްސަލަތަކުގައި ވެސް އެކަށީގެންވާ ހެއްކެއް ފެނިފައި ނެތް ކަމަށް ރާއްޖެއެމްވީއަށް ވަނީ އެނގިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު