Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުމްހޫރީ ޕާޓީ

ގާސިމްގެ ވާހަކަ އޮޅުވާލަމުންދާ ކަމަށް ބުނެ، ޖޭޕީން ރައްދު ދީފި

ސަރުކާރުން ފިތުނަފަސާދަ އުފައްދާ ކަމަށް ތުހުމަތު ކުރި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 25 ފެބުރުއަރީ 2018 | އާދީއްތަ 12:22
ކްރިމިނަލް ކޯޓަށް ގާސިމް ވަޑައިގެންނެވި ދުވަހެއްގައި ހަނާ އަޅުއްވަނީ

ކްރިމިނަލް ކޯޓަށް ގާސިމް ވަޑައިގެންނެވި ދުވަހެއްގައި ހަނާ އަޅުއްވަނީ

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ސަރުކާރަށް ބަލައިނުގަނެވުނު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްކެވި ވާހަކަ އޮޅުވާލައިގެން ފަތުރަމުންދާ ކަމަށް ބުނެ، ޖުމްހޫރީ ޕާޓީން އެ ވާހަކަތަކަށް ރައްދު ދީފިއެވެ.

ޖަރުމަނުގައި ހުންނަވައި ރާއްޖެޓީވީގެ ލައިވް ކަވަރޭޖަށް ހޮނިހިރު ދުވަހު ދެއްވި އިންޓަވިއުއެއްގައި، "އަޅުގަނޑުމެން ފެބްރުއަރީ އެކެއްގައި ހުކުމެއް ނެރުނީމާ އެ ކަމަކު ނުދިޔަ" ކަމަށް ގާސިމް ވިދާޅުވި ވާހަކަ އޮޅުވާލައިގެން ދައްކަމުންދަނީ ފިތުނަ ފަސާދަ އުފެއްދުމަށް ކަމަށެވެ. ސަރުކާރު ހިންގާ ޕީޕީއެމުން، ބާއްވާ ޕްރެސް ކޮންފަރެންސްތަކުގައި ގާސިމަށް އަމާޒުވާ ގޮތަށް އެފަދަ ވާހަކަތައް ނުދެއްކުމަށާއި ކަމުގެ ހަގީގަތް އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ނުކުރުމަށް ސަމީރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ސަމީރު ވިދާޅުވީ ގާސިމަކީ ޖުޑީޝަރީއަށް ހެޔޮ ބަދަލުތަކެއް ގެންނެވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރަކަށް ގާސިމް ހުންނެވިއިރު، ޝަރުއީ ދާއިރާގެ ކަންކަން ހަރުދަނާ ކުރެއްވުމަށް މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އިލްމީ ބޭފުޅުން ޝަރުއީ ދާއިރާ އަށް ނެރުއްވުމަށްޓަކައި ގާސިމް އިބްރާހިމް އެހީތެރިވެވަޑައިގެންނެވި ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

ގާސިމަށް ރައްދު ކުރައްވައި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ވެސް ސަމީރު ވަނީ ރައްދު ދެއްވައިފައެވެ. އޭނާ ވިދާޅުވީ ގާސިމް ހަރަދުކޮށްގެން، ކިޔަވައިދީ އަންނައުނު ދީގެން، އަދި ޖުމްހޫރީ ޕާޓީގެ ސޮލެޓެއްގައި ވަޒީރުކަމަށް ވަޑައިގަތުމަށް ފަހު ގާސިމަށް ބަހުގެ ހަމަލާތައް ދޭން ލަދުގަންނަންޖެހޭނެ ކަމަށެވެ.

ގާސިމް ރައްދު ކުރައްވައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަމުން ގެންދަވަނީ "ދިދަ ޖެހި ކާރުކޮޅާއި ފެލެޓުތައް ގެންލިދާނެތީ" އެކަމުގެ ބިރަށް ކަމަށް ސަމީރު ތުހުމަތު ކުރެއްވިއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު