Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިތިއޯޕިއާގެ ކުއްލި ނުރައްކަލު

އިތިއޯޕިއާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

17 ފެބުރުއަރީ 2018 | ހޮނިހިރު 13:04

އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ އެ ގައުމުގެ ވަޒީރުންގެ މަޖިލީހުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 17 ފެބުރުއަރީ 2018 | ހޮނިހިރު 13:04
އިތިއޯޕިއާގައި ކުރިޔަށްދާ މުޒާހަރާތައް

އިތިއޯޕިއާގައި ކުރިޔަށްދާ މުޒާހަރާތައް

އިތިއޯޕިއާގެ ބޮޑު ވަޒީރު މަގާމުން އިސްތިއުފާދެއްވިތާ އެއް ދުވަސް ނުވަނީސް އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.

ހުކުރު ދުވަހުގެ ވަގުތެއްގައި އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ އެ ގައުމުގެ ވަޒީރުންގެ މަޖިލީހުންނެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެވުނު މުއްދަތާއި ސަރަހައްދު ކަށަވަރުނުވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ވަޒީރުންގެ މަޖިލީހާ ގާތް ގުޅުމެއް އޮންނަ ފަރާތަކާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ތިން މަސް ދުވަހާއި ހަ މަސް ދުވަހުގެ މުހުލަތަކަށް ދެމެހެއްޓުމުގެ ވިސްނުމެއް އެ މަޖިލީހުން ގެންގުޅެމުންދާ ކަމަށެވެ. ވަޒީރުންގެ މަޖިލީހުން ބުނެފައި ވަނީ އެ ގައުމުގައި މިހާލަތު އިއުލާނުކުރަން ޖެހުނީ ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ގޮތުން ކަމަށެވެ.

އެ ގައުމުގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ އޮރޯމޯ ފެޑެރަލިސްޓް ކޮންގްރެސްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މިކަމާ ގުޅިގެން ވިދާޅުވެފައި ވަނީ އިތިއޯޕިއާއަށް މުޅިން އާ ސަރުކާރެއް ބޭނުންވާ ކަމަށާއި ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ ރައްޔިތުން މަރާ ސަރުކާރަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.

އެ ގައުމުގެ ބޮޑުވަޒީރު އިސްތިއުފާދެއްވާފައި ވަނީ ސަރުކާރާ ދެކޮޅަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ސިޔާސީ ލީޑަރުން ހައްޔަރުކޮށް ޖަލަށް ލުމުގެ ސަބަބުން ބޮޑެތި ފިއްތުންތަކެއް އެ ގައުމުގެ ސަރުކާރަށް ކުރިމަތިވަމުންދިޔުމާ އެކު މި އަހަރުގެ ޖެނުއަރީ މަހުގެ ފަހުން މިހާތަނަށް 6،000 ސިޔާސީ ހައްޔަރީން ވަނީ ދޫކޮށްލާފައެވެ.

ބޮޑުވަޒީރުގެ އިސްތިއުފާއާ އެކު އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ގިނަ އަދަދެއްގެ މީހުން ދަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާ ކުރަމުންނެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

06 ޖުލައި 2017

ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

06 ޖުލައި 2017
ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި
29 ޖޫން 2017

ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި

29 ޖޫން 2017
ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި
15 މެއި 2017

ކޮލެރާ ފެތުރެމުންދާތީ ޔަމަނު ކުއްލި ހާލަތަކަށް!

15 މެއި 2017
ކޮލެރާ ފެތުރެމުންދާތީ ޔަމަނު ކުއްލި ހާލަތަކަށް!
25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
10 އެޕްރީލު 2017

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

10 އެޕްރީލު 2017
ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު
04 އެޕްރީލު 2017

ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

04 އެޕްރީލު 2017
ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި
01 އެޕްރީލު 2017

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް