Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް

ފުލުހުން ގާނޫނީ އިމުގެ ތެރޭގައި ތިއްބަވާ، އެއްވުން ކުރިއަށް ގެންދާނަން: ގުޅިފައިވާ ޕާޓީތައް

ހުކުރު ދުވަހު ވީހާވެސް ގިނަ މީހުން މާލެ އައުމަށް ވަނީ ގޮވާލާފައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2018 | ހޯމަ 13:42
އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން

އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން

އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުމަކީ ސުލްހަވެރި އެއްވުމެއް ކަމަށާއި، ފުލުހުންނާއި ސިފައިން ވެސް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް ގުޅިފައިވާ ޕާޓީތަކުން ގޮވާލައިފިއެވެ.

ހޯމަ ދުވަހު ހަވީރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ފެބްރުއަރީ 16 ވާ ހުކުރު ދުވަހު ބާއްވާ އެއްވުމަކީ ގާނޫނާއި ގަވައިދުގެ ތެރެއިން ބޭއްވޭ އެއްވުމެއް ކަމަށެވެ. ގާނޫނީ އިމުގެ ތެރެއިން ބާއްވާ މިފަދަ އެއްވުމަކަށް ފުލުހުންނާއި ސިފައިންނަން ހުރަސް ނޭޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަންނަ ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވާން އިއުލާން ކޮށްފައި ވަނިކޮށް ހޯމަ ދުވަހު ދުވަހު ހަވީރު އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ރަށްރަށުން މީހުން މާލެއައުމަށް ގޮވާލައި ، ހަމަ ނުޖެހުމަށް ހިތްވަރުދޭ ފަރާތްތަކާއި މެދު ފުލުހުން ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. ގައުމުގެ ސުލްހަ މަސަލަސްކަން ނަގާލަން މިހާރު ވެސް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ފުލުހުންނަން ލިބިފައިވާކަން ފާހަގަ ކުރަމުން ޝިފާން ވިދާޅުވީ އާދީއްތަ ދުވަހުގެ ރޭ އައްޑޫ ސިޓީގެ ގެއަކާއި ދެ ތަނެންގައި އަލިފާން ރޯކޮށްލި މައްސަލަ މިހާރު ވެސް ފުލުހުން ތަހްގީގް ކުރަމުން އަންނަ ކަމަށެވެ.

"ފެބްރުއަރީ 16 ވާ ހުކުރު ދުވަހު މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް މީހުން އެއްވެ ހަމަނުޖެހުން ހިންގާ، ސަލާމަތީ ބާރުތަކާއި ކުރިމަތިލާ ގައުމު ހަލަބޮލި ކޮށްލުމަށް ބަޔަކު ރާއްވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަން ވަނީލިބިފައި" ޝިފާން ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑީވަޅުގައި އެއްވެއުޅުމުގެ މިނިވަންކަން ލިބިދީފައިވީ ނަމަވެސް، ގާނޫނާއި ހިލާފަށް އެއްވެސް ފަރާތަކަށް އަމަލުކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ އިންފޮރމޭޝަން އޮފިޝަލް ކެޕްޓަމް އިބްރާހިމް އާޒިމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ބައެއް ފަރާތަކުން 16 ފެބްރުއަރީ ގައި ބާއްވަން ނިންމާފައިވާ އެއްވުމަކީ މާލޭގެ އަމަން އާމާންކަން ނަގާލުމަށް ބާއްވާ އެއްވުމެއް ކަމުގެ އެމްއެންޑީއެފަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން ފެބްރުއަރީ 16 ވަނަ ދުވަހު މާލެ އައުމަށް ގޮވާލާ ގޮވާލުމަށް އިޖާބަ ނުދިނުމަށް އެމްއެންޑީއެފުން ވަނީ ގޮވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު