Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ނުރައްކާ އިއުލާންކޮށްގެން ހިންގެވީ އުދުވާނީ ހަމަލާއެއް: ދިޔާނާ

8 ފެބުރުއަރީ 2018 | ބުރާސްފަތި 06:08

އުދުވާނީ ހަމަލާ ހިންގެވީ ދައުލަތުގެ މައްޗަށް: ދިޔާނާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 8 ފެބުރުއަރީ 2018 | ބުރާސްފަތި 06:08
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ސިފައިންނާއި ފުލުހުން ޕާކިސްތާން އެމްބަސީގެ ކުރިމަތީގައި

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ސިފައިންނާއި ފުލުހުން ޕާކިސްތާން އެމްބަސީގެ ކުރިމަތީގައި

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ރައީސް އަބްދުﷲ ޔާމީން ދައުލަތުގެ މައްޗަށް ހިންގެވީ އުދުވާނީ ހަމަލާއެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ނިވާފަތްގަނޑަކަށް ހައްދަވައިގެން ދައުލަތުގެ މައްޗަށް އުދުވާނީ ހަމަލާއެއް ހިންގާފައި ވަނީ ހަތިޔާރު އެޅި ބަޔަކު ލައްވާ ކަމަށެވެ. ދިޔާނާ ސިފަ ކުރެއްވި ގޮތުގައި ހަތިޔާރު އެޅި ބަޔަކު ލައްވާ، ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީގެ ބާރު ވަނީ ބަންދުކޮށްފައިވެއެވެ.

Advertisement - newsAdvertisement

"ކުއްލި ނުރައްކަލުގެ ހާލަތު ނިވާފަތަކަށް ހައްދަވައިގެން އަބްދުﷲ ޔާމީން ދައުލަތުގެ މައްޗަށް ހިންގެވީ އުދުވާނީ ހަމަލާއެއް. ހަތިޔާރު އެޅި ބަޔަކު ލައްވާ ޣައިރު ގާނޫނީ ގޮތުން ދައުލަތުގެ އަދުލު އިންސާފުގެ ބާރާ ގާނޫނު ހަދާ ބާރު ބަންދު ކުރުން މި ނޫން ގޮތަކަށް ސިފަކުރަން ދަތި،" ރައީސް ނަޝީދުގެ ސަރުކާރުގައި ބަންޑަރަ ނައިބުކަން ކުރެއްވި މަޝްހޫރު ގާނޫނީ ވަކީލް ވިދާޅުވިއެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމަށްފަހު، ބާރުގެ ބޭނުންކޮށްގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ ހައްޔަރުކޮށްފައެވެ. އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެޑްމިނިސްޓްރޭޓަރު ހަސައިން ސައީދު ހުސައިން ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ކޯޓު އަމުރަކާ ނުލައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން އެ ހަތަރު ބޭފުޅުން ހައްޔަރުކޮށްފައިވާއިރު، އެ ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތެވެ.

ސަލާމަތީ ހިދުމަތްތަކުގެ ބާރުގެ ދަށަށް ސުޕްރީމް ކޯޓު ގެނައުމަށްފަހު، އެ ކޯޓުން ދަނީ ކޯޓު އަމުރު ނެރެމުންނެވެ. އެ ކޯޓުން އޭގެ ފަހުން ނެރުނު ފުރަތަމަ އަމުރުގައި ވަނީ ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް ނެރުނު އަމުރުގައިވާ ބައިތައް ބާތިލުކޮށްފައެވެ. އަދި ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފިޔަވަޅު ނޭޅޭނެ ކަމަށް ބުނާ ބައިތައް ވެސް ވަނީ އަމުރުން އުނިކޮށްފައެވެ.

ސުޕްރީމް ކޯޓުގެ އަމުރުތަކާމެދު ސުވާލު އުފައްދައި، ވާހަކަ ދައްކަމުންދާތީ، އެ ކޯޓުން ބުދަ ދުވަހު ވަނީ ކޯޓުން އަމުރެއް ނެރެފައެވެ. ކޯޓުގެ އަމުރުތަކާމެދު ސުވާލު އުފައްދައި ވާހަކަތައްކަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ކޯޓުން ވަނީ ދީފައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
16 މާރިޗު 2017

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

16 މާރިޗު 2017
 ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ
14 މާރިޗު 2017

ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

14 މާރިޗު 2017
ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ
02 މާރިޗު 2017

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް