Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވިންޓަރ އޮލިމްޕިކްސް

ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރި، އޮލިމްޕިކްސްގެ ސަލާމަތީ ކަންކަން ބަލަހައްޓަން ސިފައިން ނެރެފި

1200 ސެކިއުރިޓީ ގާޑުން މަސައްކަތުން ދުރުކޮށްފައިވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 7 ފެބުރުއަރީ 2018 | ބުދަ 05:42
ޕިޔޮންގްޗެންގްގައި ސަލާމަތީ ކަންކަން ބަލަހައްޓަން ސިފައިން ޙަރަކާތްތެރި ވަނީ

ޕިޔޮންގްޗެންގްގައި ސަލާމަތީ ކަންކަން ބަލަހައްޓަން ސިފައިން ޙަރަކާތްތެރި ވަނީ

ދެކުނު ކޮރެއާގެ ޕިޔޮންގްޗެންގްގައި ކުރިއަށްދާ ފިނި މޫސުމުގެ އޮލިމްޕިކްސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޕްރައިވެޓް ސެކިއުރިޓީ މުވައްޒަފުންގެ މެދުގައި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރުމާ ގުޅިގެން، އޮލިމްޕިކްސް ކުޅިވަރުތައް ބާއްވާ ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ދެކުނު ކޮރެއާގެ ސިފައިން ނިކުމެއްޖެއެވެ.

އާދިއްތަ ދުވަހުން ފެށިގެން ގިނަ އަދަދެއްގެ ސެކިއުރިޓީ ގާޑުން ހޮޑުލައި، ބޭރަށް ހިންގަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ދެކުނު ކޮރެއާ އިން ބުނާ ގޮތުގައި މިއީ ފިނި މޫސުމުގައި ފެތުރޭ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާ ނޮރޯވައިރަސްއެވެ.

މިބަލީގެ ސަބަބުން މިވަގުތު 1200 އެއްހާ ސެކިއުރިޓީ ގާޑުން ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވާއިރު، އެމީހުންގެ ބަދަލުގައި 900 ސިފައިން ދެކުނު ކޮރެއާ އިން ވަނީ ނެރެފައެވެ.

އޮލިމްޕިކްސްގެ ތަރުޖަމާނު ކްރިސްޓޯފް ޑޫބީ ބުނީ ނޮރޯވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށް މިހާރު ފިޔަވަޅުތައް އަޅާފައި ވާކަމަށެވެ. އެގޮތުން ބަލިމީހެއްގެ ރިޕޯޓެއް ލިބިއްޖެ ނަމަ މުޅި އެސަރަހައްދެއް އެއްކޮށް ޑިސްއިންފެކްޓްކުރުމަށް ހަމަޖެހިފައިވާއިރު، އޮލިމްޕިކްސް އޮންނަ ސަރަހައްދަށާއި، މުވައްޒަފުންނާއި އެތުލީޓުންނަށް ހޭންޑް ސެނިޓައިޒަރ ވަނީ ބަހާފައެވެ. އަދި ކާބޯތަކެތީގެ ސާފުތާހިރުކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޑޫބީ ބުންޏެވެ.

މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ލަންޑަނުގައި ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިއަށްދިޔައިރު އެތުލީޓުން ތިބި ލަންޑަނުގެ ހޮޓަލެއްގައި ވެސް ނޮރޯވައިރަސް ފެތުރި، ބަލިވުމުގެ ސަބަބުން ބައެއް އެތުލީޓުންނަށް މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނެވެ.

ހުކުރު ދުވަހު ފިނި މޫސުމުގެ އޮލިމްޕިކްސް ފެށޭއިރު، އެކި ޤައުމުތަކުގެ އެތުލީޓުން މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައްވެ، އެންމެ ފަހުގެ ތަމްރީންތައް ހަދަމުންނެވެ.

ހުކުރު ދުވަހު އޮންނަ ފިނި މޫސުމުގެ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތަށް ދެކުނު ކޮރެއާގެ ޕިޔޮންގްޗެންގްއަށް ވަޑައިގަތުމުގެ މަގުމަތީގައި އެމެރިކާގެ ނާއިބު ރައިސް މައިކް ޕެންސް މިހާރު ވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަށް ވަޑައިގެންފައެވެ. މިދަތުރުފުޅުގައި ދެކުނު ކޮރެއާއަށް ޒިޔާރަތްކުރާ އުތުރު ކޮރެއާގެ ވަފުދާ އެއްކޮށް މަޝްވަރާތަކެއް ބާއްވާނެތޯ ނޫސްވެރިން ސުވާލު ދެންނެވުމުން ޕެންސް ވިދާޅުވީ އެފަދަ ތައްޔާރީތަކެއް ވެފައި ނެތް ކަަމަށާއި، އެހެން ނަމަވެސް ވާހަކަ ދައްކަން އެމެރިކާ އަބަދުވެސް އޮންނަނީ ތައްޔާރަށް ކަމަށެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2018

ޗައިނާ ތެޔޮ ޓޭންކަރު އެކްސިޑެންޓް: 100 ކިލޯ މީޓަރަށް ވަނީ ތެޔޮފެތުރިފައި

18 ޖެނުއަރީ 2018
ޗައިނާ ތެޔޮ ޓޭންކަރު އެކްސިޑެންޓް: 100 ކިލޯ މީޓަރަށް ވަނީ ތެޔޮފެތުރިފައި
13 ނޮވެމްބަރު 2017

މަޑަގަސްކަރައިގައި ފެތުރިފައިވާ ބަލިމަޑުކަމުގައި މިހާތަނައް 165 މީހުން މަރުވެއްޖެ

13 ނޮވެމްބަރު 2017
މަޑަގަސްކަރައިގައި ފެތުރިފައިވާ ބަލިމަޑުކަމުގައި މިހާތަނައް 165 މީހުން މަރުވެއްޖެ
13 އޮކްޓޯބަރު 2017

މަޑަގަސްކަރާގައި ފެތުރިފައިވާ ބަލިމަޑުކަން ސީޝެލްސް އަށް ފެތުރިއްޖެ

13 އޮކްޓޯބަރު 2017
މަޑަގަސްކަރާގައި ފެތުރިފައިވާ ބަލިމަޑުކަން ސީޝެލްސް އަށް ފެތުރިއްޖެ
26 އޯގަސްޓު 2017

ފާދިރީއެއްގެ މައްޗަށް ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ދައުވާ ސާބިތުވުމާއި ގުޅިގެން އިންޑިއާގައި 30 މީހަކު މަރުވެއްެޖެ

26 އޯގަސްޓު 2017
ފާދިރީއެއްގެ މައްޗަށް ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ދައުވާ ސާބިތުވުމާއި ގުޅިގެން އިންޑިއާގައި 30 މީހަކު މަރުވެއްެޖެ
19 އޯގަސްޓު 2017

ވެނެޒުއޭލާގެ ކުރީގެ ޗީފް ޕްރޮސިކިއުޓަރާއި އެކަމަނާގެ ފިރިކަލުން ވެނެޒުއޭލާގައި "ދިރިއުޅުމަށް ނުރައްކާ" ކަމަށް ވިދާޅުވެ ގައުމުން ބޭރަށް!

19 އޯގަސްޓު 2017
ވެނެޒުއޭލާގެ ކުރީގެ ޗީފް ޕްރޮސިކިއުޓަރާއި އެކަމަނާގެ ފިރިކަލުން ވެނެޒުއޭލާގައި "ދިރިއުޅުމަށް ނުރައްކާ" ކަމަށް ވިދާޅުވެ ގައުމުން ބޭރަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު