Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ބޯންމައުތު އަތުން ބަލިވެ ޗެލްސީ ހަތަރުވަނައަށް ވެއްޓިއްޖެ

1 ފެބުރުއަރީ 2018 | ބުރާސްފަތި 09:26

އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން ޗެލްސީ ބަލިވީ 3-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 1 ފެބުރުއަރީ 2018 | ބުރާސްފަތި 09:26
ޗެލްސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބޯންމައުތުގެ އަކޭ އުފާ ފާޅުކުރަނީ

ޗެލްސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބޯންމައުތުގެ އަކޭ އުފާ ފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ މިދިޔަ ސީޒަނުގެ ޗެމްޕިއަނުން ކަމަށްވާ ޗެލްސީ ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް ވެއްޓިއްޖެއެވެ.

އަމިއްލަ ދަނޑު ކަމަށްވާ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗުން ޗެލްސީ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޗެލްސީގެ ފުރަތަމަ އެގާރައިގައި ހިމެނޭ މުހިންމު ކުޅުންތެރިންތަކަކަށް އަނިޔާގެ ސަބަބުން ކުޅެވިފައެއް ނުވެއެވެ. އޭގެ ތެރޭގައި އަލްވާރޯ މޮރާޓޯ އާއި ޑޭވިޑް ލުއިޒް އަދި ވިލިއަން ހިމެނެއެވެ. އެހެން ނަމަވެސް ސެސްކް ފެބްރިގާސް ވަނީ އަނިޔާ އިން އެނބުރި އައިސް ބެންޗުން ކުޅެން ނުކުމެފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމަށް ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތައް ލިބިގެންދިޔައެވެ. ވަކިން ހާއްސަކޮށް ޗެލްސީގެ އެޑެން ހަޒާޑް އަދި ޕެޑްރޯ ރޮޑްރިގޭޒްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ޗެލްސީ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު ބޯންމައުތުގެ ކުރިޔަށް ކުޅުނު ކެލަމް ވިލްސަން އަދި ޖޫނިއަރ ސްޓަނިސްލާސް ވަނީ ކައުންޓާގައި ޗެލްސީގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް ދެ ޓީމުންކުރެ ޓީމަކަށް މި ހާފުގައި ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ބޯންމައުތުއިން ވަނީ ދެވަނަ ހާފު ފެށިގެން ހަ މިނެޓު ނުވަނީސް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެލަމް ވިލްސަންއެވެ. ޗެލްސީ އިން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުން ދަނިކޮށް ސްޓަނިސްލާސް ވަނީ 64 މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް ބޯންމައުތުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ބޯންމައުތުގެ ތިންވަނަ ލަނޑު އޭގެ ތިން މިނެޓު ފަހުން އެ ޓީމަށް ޖަހައިދިނީ ޗެލްސީއަށް މީގެ ކުރިން ކުޅުނު ޑިފެންޑަރު ނޭތަން އަކޭއެވެ. މި ލަނޑުތަކަށް ފަހު ޗެލްސީ އިން ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއްކުރިއިރު އެ ޓީމުގެ ކުޅުންތެރިން ކުރި މަސައްކަތް ކާމިޔާބު ވާގޮތެއް ވެފައެއް ނުވެއެވެ.

ޕްރިމިއާ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ސްޓޯކް ސިޓީ އަދި ވޮޓްފޯޑް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ނިއުކާސަލް ޔުނައިޓެޑާއި ބާންލީ ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު ސައުތުހެމްޕްޓަން އަދި ބްރައިޓަން ކުޅުނު މެޗު ވެސް ނިމުނީ މި ނަތީޖާއިން އެއްވަރުވެގެންނެވެ. ހަމައެހެންމެ އެވަޓަން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ލެސްޓާ ސިޓީ ބަލިކޮށްފައެވެ.

ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 25 މެޗުން 68 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީއަށް އެއްވަނަ ލިބޭއިރު ދެވަނައިގައި 53 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ތިންވަނައިގައި 50 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ލިވަޕޫލް އޮތްއިރު 50 ޕޮއިންޓާއެކު ފައިދާ ލަނޑު މަދުވުމުގެ ސަބަބުން ހަތަރު ވަނަ ލިބެނީ ޗެލްސީއަށެވެ. ފަސްވަނައިގައި 48 ޕޮއިންޓާ އެކު ޓޮޓެންހަމް އޮތްއިރު ހަވަނައިގައި 42 ޕޮއިންޓާ އެކު އޮތީ އާސެނަލްއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް