Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީގެ ބަޣާވާތް

ތުރުކީވިލާތުން ހައްޔަރުކުރި އެމްނެސްޓީގެ އެކްޓިވިސްޓް ދޫކޮށްލައިފި

31 ޖެނުއަރީ 2018 | ބުދަ 17:25

އޭނާ ހައްޔަރުކުރީ ޖޫން 2017 ގައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 31 ޖެނުއަރީ 2018 | ބުދަ 17:25
ޖަލުން މިނިވަންކުރި އެމްނެސްޓީ ޓަރކީގެ ވެރިޔާ ކިލިޗް

ޖަލުން މިނިވަންކުރި އެމްނެސްޓީ ޓަރކީގެ ވެރިޔާ ކިލިޗް

ތުރުކީވިލާތުން މިދިޔަ އަހަރުގެ ޖޫން މަހު ހައްޔަރުކުރި އެމްނެސްޓީ އިންޓަނޭޝަނަލްގެ އެކްޓިވިސްޓް އަދި އެމްނެސްޓީ ޓަރކީގެ ވެރިޔާ ޓެނަރ ކިލިޗް ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

ކިލިޗް ހައްޔަރުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ވެރިކަމާ ދެކޮޅަށް ކުރަން އުޅުނު ބަޣާވާތަށް ފަހު އެޤައުމުގައި ހިންގި އޮޕަރޭޝަންތަކުގެ ތެރެއިންނެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އެންކްރިޕްޓެޑް މެސެޖިން އެޕެއް ކަމަށްވާ 'ބައިލޮކް' ބޭނުންކުރިކަމުގެ ތުހުމަތުގައެވެ. ތުރުކީ އިން ތުހުމަތުކުރާ ގޮތުގައި އެ އެޕަކީ ބަޣާވާތުގެ ފަހަތުގައި ހުރި ކަމަށް ތުރުކީ އިން ތުހުމަތުކުރާ ފަތުހުﷲ ގުލެންގެ ސަޕޯޓަރުން ބޭނުންކުރާ އެޕެކެވެ. އެހެން ނަމަވެސް ކިލިޗް ވަނީ އެތުހުމަތުތަކަށް އިންކާރުކޮށްފައެވެ. މީގެ އިތުރުން ޓެރަރިސްޓް ޖަމާޢަތެއްގެ މެމްބަރަކަށް ވުމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރިއެވެ. އެމްނެސްޓީ އިން ބުނީ އެތުހުމަތުތަކުގެ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

މައި އޮފީސް ލަންޑަންގައި ޤާއިމްވެފައިވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނީ ކިލިޗްގެ ފޯނުގެ ފޮރެންސިކް އެނަލައިސިސްއެއް ހެދުމުން ވެސް، އެފަދަ އެޕްލިކޭޝަނެއް އެފޯނަށް އެޅިކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ.

ކިލިޗްގެ އިތުރުން ވެސް 10 މީހެއްގެ މައްޗަށް މިމައްސަލައިގައި ދައުވާކުރެއެވެ. އެމްނެސްޓީ އިން ބުނީ ކިލިޗް މިނިވަންކުރުމުން މަރުހަބާ ކިޔާ ކަމަށާއި، އެހެންނަމަވެސް އެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ދޫކޮށްލަން ގޮވާލަމުންދާނެ ކަމަށެވެ.

އެމްނެސްޓީ އިންޓަނޭޝަނަލުން ބުނީ މިދައުވާތަކަކީ ތުރުކީވިލާތުގެ ސަރުކާރުން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކާ ދެކޮޅަށް އުފުލާ އަޑުތައް ކަނޑުވާލަން ހިންގާ އަމަލުތަކެއް ކަމަށާއި، އެހެން ނަމަވެސް މިދައުވާތަކުގެ ސަބަބުން ހާމަވެގެންދަނީ ތުރުކީވިލާތުގެ އިންސާނީ ހައްޤުތަކުގެ ޙާލަތު ކަމަށެވެ.

ތުރުކީވިލާތުގައި 2016 ވަނަ އަހަރު ގެންނަން އުޅުނު ބަޣާވާތާ ގުޅިގެން 40 ހާހަށް ވުރެ ގިނަ މީހުން ހައްޔަރުކުރެވުނު އިރު، އެކި ވަޒީފާތަކުން ލައްކައަކަށް ވުރެ ގިނަ މީހުން ވަކިކޮށްފައިވެއެވެ. އޭގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ އިތުރުން ޓީޗަރުންނާއި ސިވިލް ސަރވިސްގެ ގިނަ މުވައްޒަފުންތަކެއް ހިމެނެއެވެ.

އެމެރިކާގައި ދިރިއުޅޭ ތުރުކީވިލާތުގެ ދީނީ ޢިލްމުވެރިއެއް ކަމަށްވާ ފަތުހުﷲ ގުލެން މި ބަޣާވާތުގެ ފަހަތުގައި ހުރި ކަމަށް ތުރުކީ ސަރުކާރުން ބުނި ނަމަވެސް، ގުލެން އެކަން ދޮގުކުރެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

28 ޑިސެމްބަރު 2017

މިޔަންމާގައި ހައްޔަރުކުރި ނޫސްވެރިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

28 ޑިސެމްބަރު 2017
މިޔަންމާގައި ހައްޔަރުކުރި ނޫސްވެރިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
18 ޑިސެމްބަރު 2017

ސައުދީގައި ހައްޔަރުކުރި ފަލަސްތީނުގެ ބިލިއަނަރު ދޫކޮށްލައިފި

18 ޑިސެމްބަރު 2017
ސައުދީގައި ހައްޔަރުކުރި ފަލަސްތީނުގެ ބިލިއަނަރު ދޫކޮށްލައިފި
29 ނޮވެމްބަރު 2017

ސައުދީ ޕްރިންސް މިތެބް ބިން އަބްދުﷲ ބަންދުން ދޫކޮށްލައިފި

29 ނޮވެމްބަރު 2017
ސައުދީ ޕްރިންސް މިތެބް ބިން އަބްދުﷲ ބަންދުން ދޫކޮށްލައިފި
22 ނޮވެމްބަރު 2017

މުމްބާއީގައި ބޮމުގެ ހަމަލާ: މުގުލުގައި ހުރިކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނު މީހާ ދޫކޮށްލައިފި

22 ނޮވެމްބަރު 2017
މުމްބާއީގައި ބޮމުގެ ހަމަލާ: މުގުލުގައި ހުރިކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނު މީހާ ދޫކޮށްލައިފި
18 ޖުލައި 2017

އިރާނުގެ ރައީސް ރޫހާނީގެ ކޮއްކޯފުޅު ކަފާލާތުގެ ދަށުން ދޫކޮށްލައިފި

18 ޖުލައި 2017
އިރާނުގެ ރައީސް ރޫހާނީގެ ކޮއްކޯފުޅު ކަފާލާތުގެ ދަށުން ދޫކޮށްލައިފި
13 ޖުލައި 2017

އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ

13 ޖުލައި 2017
އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ
11 ޖުލައި 2017

ހިއުމަން ރައިޓްސް އެކްޓިވިސްޓް ނަބީލް ރަޖަބަށް ދެއަހަރު ދުވަހުގެ ޖަލު ހުކުމެއް!

11 ޖުލައި 2017
ހިއުމަން ރައިޓްސް އެކްޓިވިސްޓް ނަބީލް ރަޖަބަށް ދެއަހަރު ދުވަހުގެ ޖަލު ހުކުމެއް!
26 ޖޫން 2017

ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ލިޔު ޝިއަބޯ މެޑިކަލް ޕެރޯލްގެ ދަށުން ދޫކޮށްލައިފި

26 ޖޫން 2017
ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ލިޔު ޝިއަބޯ މެޑިކަލް ޕެރޯލްގެ ދަށުން ދޫކޮށްލައިފި
11 ޖޫން 2017

ގައްޒާފީގެ ދަރިކަލުން ދޫކޮށްލައިފި

11 ޖޫން 2017
ގައްޒާފީގެ ދަރިކަލުން  ދޫކޮށްލައިފި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް