Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ލިވަޕޫލް މޮޅުވިއިރު އާސެނަލް ފުރުސަތު ނަގާލައިފި

31 ޖެނުއަރީ 2018 | ބުދަ 09:46

ސްވަންސީ އަތުން އާސެނަލް ބަލިވީ 3-1 އިން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 31 ޖެނުއަރީ 2018 | ބުދަ 09:46
ލިވަޕޫލް އަދި ހަޑާސްފީލްޑް ކުޅުނު މެޗުގައި ލިވަޕޫލްގެ އެމްރޭ ޗާން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ލިވަޕޫލް އަދި ހަޑާސްފީލްޑް ކުޅުނު މެޗުގައި ލިވަޕޫލްގެ އެމްރޭ ޗާން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް ކުޅުނު މެޗުން އެ ޓީމު މޮޅުވިއިރު އާސެނަލް ކުޅުނު މެޗުން އެ ޓީމު ބަލިވެ ތާވަލުގެ ކުރީގައި ތިބި ޓީމުތަކާއި ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ކުޑަކުރުމަށް ލިބުނު ފުރުސަތު އެ ޓީމުން ނަގާލައިފިއެވެ.

ރަށުން ބޭރުގައި މީ ސީޒަނުގައި އަލަށް ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ހަޑާސްފީލްޑް ޓައުން އަތުން ލިވަޕޫލް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗާއި ލިވަޕޫލްއިން ކުރިމަތިލީ އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ވި ބަލި ހަނދާނުން ފޮހެލުމުުގެ އުއްމީދުގައެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ އެގާރައަށް ކޯޗު ޔާގަން ކްލޮޕް ހަ ބަދަލެއް ގެނެސްފައިވެއެވެ. ޖޯޑަން ހެންޑަސަން އާއި ޖޭމްސް މިލްނާގެ އިތުރުން ޑެޖާން ލޮވްރެން ކުޅުން ނުކުތްއިރު މިދިޔަ ދެ މެޗުގައި ވެސް އެ ޓީމުގެ ގޯލު ބެލެހެއްޓީ ސިމޮން މިނޮލެޓްގެ ބަދަލުގައި މި މެޗުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ ލޯރިއަސް ކާރިއަސްއެވެ.

މި މެޗު ފެށިގެން ލިވަޕޫލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ހަޑާސްފީލްޑްގެ ކުޅުންތެރިން ފަހަތަށް ޖެހިގެން ޑިފެންޑް ކުރުމަށް އިސްކަމެއް ދީގެން ކުޅުނުއިރު ލިވަޕޫލްގެ ފޯވާޑުން ވަނީ ހަޑާސްފީލްޑްގެ ގޯލަށް އަމާޒުކޮށް ހަމަލާތަކެއް ފޮނުވާލާފައެވެ. ތަކުރާރުކޮށް ލިވަޕޫލްއިން އުފައްދަމުން ދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 26 ވަނަ މިނެޓުގައި އެމްރޭ ޗާން ލަނޑެއް ޖަހައިދީ އެ ޓީމަށް ލީޑު ނަގައިދިނުމެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ސަދިއޯ މާނޭ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ޖަހައިދިނީ ރޮބާޓޯ ފިރްމީނޯއެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ލިވަޕޫލްއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މި ހާފުގައި ލިވަޕޫލްއިން ޖެހި ހަމައެކަނި ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މުހައްމަދު ސަލާހު ކާމިޔާބުކޮށްދިން ލަނޑެކެވެ. ލިވަޕޫލްގެ ފޯވާޑް ލައިނުގައި ހިމެނޭ މާނޭއަށް ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ޕްރިމިއާ ލީގުގައި އާސެނަލް ވަނީ ރެލިގޭޝަން ޒޯނުގައި އޮތް ސްވަންސީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. މި މެޗުގައި އާސެނަލްގެ ކޯޗު ވެންގާ ދެ ބަދަލެއް އެ ޓީމުގެ ފުރަތަމަ އެގާރައަށް ގެނައިރު އާރޮން ރެމްސީ ވަނީ އަނިޔާއަށް ފަހު ފުރަތަމަ ފަހަރަށް މި މެޗުގައި ކުޅެފައެވެ. ހަމައެހެންމެ އެ ޓީމުގެ ކީޕަރު ޕީޓަރ ޗެކް ވެސް ވަަނީ އަލުން އަނބުރާ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.

އާސެނަލްއިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މި މެޗުގައި ކުޅެފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެސުޓް އޮޒިލް ތަނަވަސް ކޮށްދިން ފުރުސަތަކުން ނާޗޯ މޮންރެއާލް ޖަހައިދިނީ 33 ވަނަ މިނެޓުގައެވެ. އެހެން ނަމަވެސް އޭގެ މިނެޓެއް ފަހުން ސޭމް ކްލޫކާސް ވަނީ ލަނޑެއް ޖަހައިދީ ސްވަންސީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި ހާފުގައި އާސެނަލްއަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު އެ ޓީމުގެ ކުޅުންތެރިންނަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށިގެން ސްވަންސީއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މެޗުގެ 61 ވަނަ މިނެޓުގައި އާސެނަލްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ޖޯޑަން އަޔޫ ވަނީ ސްވަންސީއަށް ލަނޑެއް ޖަހައިދީ ފުރަތަމަ ފަހަރަށް އެ ޓީމަށް ލީޑު ނަގައިދީފައެވެ. މި ހާފުގައި އާސެނަލްއާ އަލަށް ގުޅުނު އަރމީނިއާގެ މިޑްފީލްޑަރު ހެންރިކް މިޚްތަރިޔާން ވަނީ ކުޅެން ނުކުމެފައެވެ. އާސެނަލްއިން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކްލޫކާސް ވަނީ 86 ވަނަ މިނެޓުގައި ލަނޑެއް ޖަހައިދީ އެ ޓީމަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.

ޕްރިމިއާ ލީގުގައި ވެސްޓް ހަމް އަދި ކްރިސްޓަލް ޕެލަސް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ވެސްޓް ހަމްގެ ލަނޑު މާކް ނޯބަލް ޖަހައިދިންއިރު ކްރިސްޓަލް ޕެލަސްގެ ލަނޑު ޖަހައިދިނީ ކްރިސްޓިއަން ބެންޓެކޭއެވެ.

ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 23 މެޗުން 65 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީއަށް އެއްވަނަ ލިބޭއިރު ދެވަނައިގައި 53 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ތިންވަނައިގައި 50 ޕޮއިންޓާ އެކު ޗެލްސީ އޮތްއިރު އެއް މެޗު އިތުރަށް ކުޅެގެން 50 ޕޮއިންޓާ އެކު ހަތަރުވަނައިގައި އޮތީ ލިވަޕޫލްއެވެ. ޓޮޓެންހަމްއަށް 45 ޕޮއިންޓާ އެކު ފަސްވަނަ ލިބޭއިރު ހަވަނައިގައި 42 ޕޮއިންޓާއެކު އޮތީ އާސެނަލްއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް