Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާޒިމާ ޝަކޫރު

ސުޕްރީމް ކޯޓުގެ އިހްތިސާސާމެދު އާޒިމާ ސުވާލު އުފެއްދުމުން ރިޔާޒު ވެސް އުފެއްދީ ސުވާލެއް!

31 ޖެނުއަރީ 2018 | ބުދަ 04:59

އާޒިމާއަށް ރިޔާޒު ވަނީ ފާޑުވިދާޅުވެފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 31 ޖެނުއަރީ 2018 | ބުދަ 04:59
އާޒިމާ: ސުޕްރީމް ކޯޓުގެ އިހްތިސާސާމެދު ސުވާލު އުފެއްދެވި

އާޒިމާ: ސުޕްރީމް ކޯޓުގެ އިހްތިސާސާމެދު ސުވާލު އުފެއްދެވި

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ދުރުކުރުމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވުމުން، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އޭނާއަށް ފާޑުވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގައި ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމުގެ މައްސަލައަކީ ސުޕްރީމް ކޯޓަށް ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށެވެ. ރައީސެއް މަގާމުން ދުރުކުރެވޭނެ ގޮތް ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާކަން ފާހަގަ ކުރައްވައި އާޒިމާ ވިދާޅުވެފައި ވަނީ ރައީސްއެއް މަގާމުން ދުރު ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. އޭނާ ވިދާޅުވީ ގާނޫނުއަސާސީގައި އޮތް ގޮތާ ހިލާފަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުގައި އިސްކޮށް އުޅުއްވަނީ ގާނޫނުއަސާސީގައި އޮތް އެއްޗެއް ރަނގަޅަށް އެނގިވަޑައި ގަންނަވާ ބޭފުޅުން ކަމަށާއި އެ ބޭފުޅުން އެފަދަ ކަންކަން ކުރެއްވުމަކީ ގަބޫލު ކުރަން އުނދަގޫ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން މަގާމުން އަޒުލު ކުރުމުގެ އިހްތިސާސް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށް ވިދާޅުވެ އާޒިމާ ސުވާލު އުފެއްދުމުން އެކަމަށް ފާޑުވިދާޅުވެ ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓު ވަރެއް ނެތިގެން މި ވީހާ ދުވަހު އުޅުނީ ސަރުކާރުން ކަމަށެވެ. އެ ކޯޓަށް އިހްތިސާސް ލިބިގެން ނުވާ ކަމަށް އާޒިމާ ވިދާޅުވުމުން، "މި ވާން އުޅެނީ" ކިހިނެއްތޯ އޭ ވިދާޅުވެ ރިޔާޒު ވަނީ ސުވާލު އުފައްދަވާފައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި ދެ މައްސަލައެއްގައި ސަރުކާރާ އެއްކޮޅަށް ވަނީ ނިޔާ ކަނޑައަޅާފައެވެ. އެގޮތުން ޕާޓީ ބަދަލު ކުރާ މަޖިލިސް މެމްބަރުންނާއި ޕާޓީތަކުން ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ވަޒީރުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިޔަސް ފަހު ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

އެ މައްސަލަތަކަކީ ސަރުކާރާ އެއްކޮޅަށް ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކަކަށް ވުމުން، ސަރުކާރުން ގެންދިޔައީ އެ ކޯޓުގެ ފަނޑިޔާރުންނަށް ތައުރީފުކޮށް ވާހަކަދައްކަމުންނެވެ. ނަމަވެސް އެ ކޯޓުގެ އިހްތިސާސާ މެދު ސަރުކާރުގެ އިސް ބޭފުޅުން ސުވާލު އުފެއްދުމުން އިދިކޮޅު ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ސުޕްރީމް ކޯޓުގެ އިހްތިސާސާމެދު ސުވާލު އުފެއްދެވި އާޒިމާ ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ބަންޑާރަ ނައިބުގެ މަގާމު ދެ ފަހަރަށް އަދާކުރައްވާފައެވެ. އޭނާ ވަނީ ވަހީދުގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުގެ މަގާމު ވެސް އަދާ ކުރައްވާފައެވެ. ޖެންޑާ މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވުމަށްފަހު މަޖިލީހުގެ ރުހުން ހޯދަން ހުށަހެޅުމުން އެކަމަނާއަށް އޭރު ރުހުމެއް ނުލިބުނެވެ. ނަމަވެސް ބަންޑާރަނައިބުގެ މަގާމަށް މަޖިލީހުގެ ރުހުމާއެކު، އެ މަގާމުގައި ދެމިހުންނެވުނީ އެންމެ ހަތަރު މަހު އެވެ.

އާޒިމާއާ ދެކޮޅަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ހުށަހެޅުއްވި އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ 41 މެމްބަރުންގެ އަގުލަބިއްޔަތާއެކު ފާސްވިއެވެ. ނަތީޖާއެއްގެ ގޮތުން އާޒިމާއަށް ކެބިނެޓުގެ ގޮނޑި ގެއްލުނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
18 ފެބުރުއަރީ 2017

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި
15 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް