Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމޭނާ ހައްސާން

އާ އަހަރުގެ ޝޯއިން ފޭބި ތަނުން ވާގި ނެތުނު: މޭނާ ހައްސާން

ހައްސާނު ބުނެފައިވަނީ އޭނާ އަލުން ލަވަކިޔުމަށް އާދެވުނީތީ ދެރަވެ ހިތާމަކުރާކަމަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 29 ޖެނުއަރީ 2018 | ހޯމަ 06:41
މޭނާ ހައްސާން

މޭނާ ހައްސާން

ލަވަކިޔުން އެއްކޮށް ހުއްޓާލި ކަމަށް ބުނެ މޭނާ ހައްސާން ލަވަ ނުކިޔާތާ ދުވަސް ކޮޅަކަށް ފަހު އެނބުރި ލަވަކިޔުމާއި ގުޅުނީ މިފަހަރުގެ އާއަހަރު ޝޯއާއެކުގައެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބޭއްވި އާއަހަރުގެ ޝޯގައި ހަސަން މުހައްމަދު (މޭނާ ހައްސާން) ވަނީ ލަވަކިޔާފައެވެ.

ދާދިފަހުން ދޯ މެގަޒިންއަށް މޭނާ ހައްސާނު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާ އެޝޯއިން ފޭބިތަނުން ހަށިގަނޑުގެ އެއްފަޅިން ވާގިނެތިފައިވާ ކަމަށެވެ.

"މިއީ ސަމާސާ ވާހަކައެއް ނޫން. ލަވަކިޔާފައި ސްޓޭޖުން ފޭބިތަނުން އަޅުގަނޑުގެ މުޅި ހަށިގަނޑު އެއްކޮށް ދަމައިގަތީ. ދަމައިގަނެގެން އެގޮތަށް އުޅެފައި އެރޭ ގާތްގަނޑަކަށް ފަހެއް ޖަހަން އުޅެނިކޮށް ރަނގަޅުވީ. ރަނގަޅުވެފަ އަނެއްކާވެސް ދެ ވަނަ ޝޯއަކަށް އަރައިފިން. އެ ޝޯއިން ފޭބިތަނުން އަތުގެ ކުޑަވާއިނގިއްޔާއި އެއާ ޖެހިގެން ހުރި އިނގިލިން އެކުގައި ވާގިދަނީ. އެއަށް ފަހު އޭގެ އަނެއް ދުވަހު އޮފީހަށް ގޮސް އެތަނުގެ ބޭރުގައި ހުރި ޖޯއްޔެއްގައި އޮއްވައި ފައިގެ ދެފަރާތުގެ ފަލަ މަސްގަނޑު ދަމައިގަތް ގޮތަށް ދެން ހަމަ ގުޑައިވެސް ނުލެވުނު." ދޯ މެގްޒިންއަށް ހައްސާން ބުނެފައިވެ އެވެ.

ހައްސާން ބުނެފައިވަނީ އޭނާ ޑޮކްޓަރަށް ދެއްކުމުން އެއީ ލޭ މައްޗަށް ދިއުމުގެ ސަބަބުން ވީކަމެއްކަމަށް ބުނިކަމަށާއި އެހެން ނަމަވެސް އޭނާ ގަބޫލުކުރާ ގޮތުގައި އެއީ ލަވަކިޔުމުން ވީކަމެއް ކަމަށެވެ. އަދިވެސް އޭނާ އެއްފަޅިން ވާގި ދިއުމުގެ ސަބަބުން އެއްކޮށް ރަނގަޅު ނުވާކަމަށާއި އަތުގެ އިނގިލިތަށް ރަނގަޅު ނޫން ކަމަށް ހައްސާން ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް ލަވަ ދެން ނުކިޔާނެ ކަމަށް ބުނުމަށް ފަހު މޭނާ ހައްސާން އެނބުރި އައިސް ޝޯތައް ހުށަހަޅައިދީފައި ވެއެވެ. އެހެން ނަމަވެސް ހައްސާން ބުނެފައިވަނީ އެންމެ ފުރަތަމަ ލަވަ އާއި މިއުޒިކާ ދުރަށް ދިޔައީ އޭނާގެ ރަންޒަމާނުގައި ކަނޑުމަތީގައި ހިނގި ބިރުވެރި ހާދިސާއަކަށް ފަހު އެވެ.އެއީ އޭނާ ކާށިދޫ ކަނޑަށް ވެއްޓުނު ހާދިސާކަމަށް ދޯއަށް ދީފައިވާ އިންޓަވިއުގައި ހައްސާނު ވަނީ ބުނެފައެވެ. އޭގެ ފަހުން ލަވަކިޔުން ހުއްޓާލުމަށް ފަހު އޭނާ ލަވަކިޔަން ފެށީ 2000 ވަނަ އަހަރުގެ ތެރޭގައެވެ.

"ހައްޔަރު ކުރުމުގެ ކުރިން" ގެ ނަމުގައި 2014 ވަނަ އަހަރު ދިން ޝޯ ހައްސާން ލަވަކިޔުމުގެ ހަޔާތް އެއްކޮށް ނިންމާލީ ކަމަށް އިއުލާން ކުރިއެވެ. އެ ޝޯ ޕްރޮމޯޓް ކުރީ ވެސް އޭނާގެ ވަދާއީ ޝޯގެ ގޮތުގައެވެ. އޭގެ ފަހުން އޭނާގެ އާ ލަވައެއް އިވިފައެއް ނުވެއެވެ. އޭގެ ޝޯއަކުން ވެސް ފެނިގެން ގޮސްފައެއް ނުވެއެވެ.

ހައްސާން ބުނެފައިވަނީ އޭނާ އަލުން ލަވަކިޔުމަށް އާދެވުނީތީ ދެރަވެ ހިތާމަކުރާ ކަމަށެވެ.

ހައްސާނު ވަނީ މަޝްހޫރު އެތައް ލަވައެއް ކިޔާފައެވެ. އޭގެ ތެރޭގައި "މިލަ މިލަ ހަނދުވަރު" އާއި "ފަނުދުންމާރި"، "ކުއްޅަވަފަލު ރަނިކަމަނާ"، "ވެހޭ ވާރޭ ތެރޭ" "މާމުއި ހަނދުވަރު މޫސުމް"، "ވަގުތު ނެތޭ"، "ކަނބިއްޔާ" އަދި "ރައިވަރެއް ހެދީމާ" ފަދަ މަޝްހޫރު އެތައް ލަވައެއް އޭނާގެ އަޑުން ހުށަހަޅައިދީފައި ވެއެވެ.

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2017

އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން އާރކުން ކުރެހުމުގެ މުބާރާތެއް ފަށައިފި

25 ސެޕްޓެމްބަރު 2017
އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން އާރކުން ކުރެހުމުގެ މުބާރާތެއް ފަށައިފި
17 ސެޕްޓެމްބަރު 2017

އެއް އަހަރުގެ ތުއްތު އަންހެން ކުއްޖަކު އޭނާގެ ބައްޕަ އަށް އެހީވަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވައިރަލް ވެއްޖެ

17 ސެޕްޓެމްބަރު 2017
އެއް އަހަރުގެ ތުއްތު އަންހެން ކުއްޖަކު އޭނާގެ ބައްޕަ އަށް އެހީވަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވައިރަލް ވެއްޖެ
30 އޯގަސްޓު 2017

މަގުމަތީގައި ނަށަމުންދިޔަ 14 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި

30 އޯގަސްޓު 2017
މަގުމަތީގައި ނަށަމުންދިޔަ 14 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި
13 އޯގަސްޓު 2017

އުމުރުން 91 އަހަރުގެ އަންހެނަކު ބެޗްލަރސް ޑިގްރީ ހާސިލް ކޮށްފި

13 އޯގަސްޓު 2017
އުމުރުން 91 އަހަރުގެ އަންހެނަކު ބެޗްލަރސް ޑިގްރީ ހާސިލް ކޮށްފި
09 އޯގަސްޓު 2017

"ޖަބް ހެރީ މެޓް ސޭޖަލް" އަށް ފަހު ޕްރީތަމް ދޮޅުއަހަރުގެ ބްރޭކެއް ނަގައިފި

09 އޯގަސްޓު 2017
"ޖަބް ހެރީ މެޓް ސޭޖަލް" އަށް ފަހު ޕްރީތަމް ދޮޅުއަހަރުގެ ބްރޭކެއް ނަގައިފި
06 ޖުލައި 2017

16 އަހަރުގެ ފިރިހެން ކުއްޖަކު 71 އަހަރުގެ އަންހެނަކާ އިންޑޮނީޝިއާގައި ކައިވެނި ކޮށްފި

06 ޖުލައި 2017
16 އަހަރުގެ ފިރިހެން ކުއްޖަކު 71 އަހަރުގެ އަންހެނަކާ އިންޑޮނީޝިއާގައި ކައިވެނި ކޮށްފި
07 ޖޫން 2017

ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ

07 ޖޫން 2017
ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ
04 މެއި 2017

"ބާގީ 2" އަންނަ އަހަރުގެ އެޕްރީލްގައި

04 މެއި 2017
"ބާގީ 2" އަންނަ އަހަރުގެ އެޕްރީލްގައި
08 ފެބުރުއަރީ 2017

އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ

08 ފެބުރުއަރީ 2017
އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ
13 ޖެނުއަރީ 2017

އިންޑިއާގެ 14 އަހަރުގެ ކުއްޖަކު މައިން ބޮން ދެނެގަންނަ ޑްރޯންއެއް އުފައްދައިފި

13 ޖެނުއަރީ 2017
އިންޑިއާގެ 14 އަހަރުގެ ކުއްޖަކު މައިން ބޮން ދެނެގަންނަ ޑްރޯންއެއް އުފައްދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު