Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސް މައުމޫން

ފާރިސް އަލުން ހައްޔަރުކުރުމުގެ އަމުރެއް ހޯދިކަމުގެ އަޑުތައް ފެތުރެން ފަށައިފި

ފާރިސް މިނިވަންކުރީ ބުރާސްފަތި ދުވަހު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2018 | ހޮނިހިރު 06:56
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން އަލުން ހައްޔަރުކުރުމުގެ އަމުރެއް ހޯދިކަމުގެ އަޑުތައް ފެތުރެން ފަށައިފި އެވެ.

ފާރިސް ހައްޔަރުކުރުމަށް ފުލުހުން ކޯޓު އަމުރެއް ހޯދާފައިވާކަމަށް ދެކެވޭ ވާހަކަ އާއި ގުޅިގެން ވަކިއެއްޗެއް ހާމަކުރެވެން ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވުމުގެ ތުޙުމަތުގައި ހައްޔަރުކޮށް، 191 ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ބުރާސްފަތި ދުވަހު މިނިވަންކުރި ފާރިސް އަލުން ހައްޔަރުކުރުމަށް ފުލުހުން ކޯޓުއަމުރެއް ހޯދާފައިވާ ކަމަށް އަޑުފެތުރިފައި ވަނިކޮށް، ފުލުހުންގެ މީޑިއާ އޮފިސަރ ވިދާޅުވީ، އެކަމާއި ގުޅިގެން ވަކި އެއްޗެއް ހާމަކޮށްދެވެން ނެތް ކަމަށެވެ.

"ތިކަމާ ގުޅިގެން ވަކި އެއްޗެއް ހާމަކޮށްދެވެން ނެތް ވާހަކަ ދަންނަވަން" ފުލުހުންގެ މީޑިއަ އޮފިސަރ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު ފާރިސް މިނިވަން ކުރުމަށް އަމުރުކުރައްވަމުން ގާޒީ އަލީ އާދަމް ރިއާޔަތްކުރެއްވީ، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެހާ ލިޔެކިޔުންތަކުގެ މިނިވަން ފޮރެންސިކް އެނަލަސިސްއެއް ހެދުމަށް ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަށެވެ. ގާޒީ އަލީ އާދަމް ވިދާޅުވީ ތިން ވަނަ ފަރާތެއް ލައްވާ މިނިވަން ފޮރެންސިކް އެނަލަސިސްއެއް ހެދުމަށް ދައުލަތުން ވެސް އިއުތިރާޒު ކޮށްފައިނުވާ ކަމަށާއި އެފަދަ އެނަލަސިސްއެއް ހެދުމަށް ގިނަ ދުވަސްތަކެއް ހޭދަވެދާނެ ކަމަށެވެ.

މީގެ އިތުރުން، ގާޒީ ވިދާޅުވީ ދައުވާ ލިބޭ ފަރާތަށް ލިބެންޖެހޭ އެންމެ އަސާސީ ހައްގަކީ ދައުވާއިން ދިފާއުވުމަށް އެކަށީގެންވާ ވަސީލަތާއި ވަގުތު ލިބުން ކަމަށްވާއިރު، ފާރިސްއަށް ވަކީލުންނާއި ބައްދަލުކުރެއްވުމުގެ ފުރުސަތު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ފޯރުކޮށްނުދޭ ކަމަށް ބުނެ އެތައް ފަހަރެއްގެ މަތިން ޝަކުވާ ކޮށްފައިވާ ކަމަށެވެ.

ނިމިގެންދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު ފާރިސް ހައްޔަރުކޮށް، ޖުލައި 19 ވަނަ ދުވަހު ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިކަން ފާހަގަކުރައްވައި، ގާޒީ ވަނީ، ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ތުޙުމަތު ކޮށްފައިވާއިރު، އެ ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެއް ކަމާއި، އެ އަސާސީ އަދަބާއި އަޅާ ބަލާއިރު މިހާރުވެސް ގިނަ ދުވަސްތަކެއް ވަންދެން ފާރިސް ޖަލުގައި ހުންނަވާފައިވާކަން ފާހަގަކުރައްވާފައެވެ.

ގާޒީ އަލީ އާދަމް ވިދާޅުވީ، މި ހުރިހާ ކަމަކާއި ގުޅިގެން ޤާނޫނު އަސާސީގައި ކަށަވަރުކޮށްދޭން ލާޒިމްކުރާ އެތައް ޙައްޤެއް ފާރިސްގެ ކިބައިން ނިގުޅައިގަނެވިގެން ހިނގައިދާނެ ކަމަށް ބަލައި ވަގުތުން މިނިވަން ކުރުމަށް އަމުރުކުރައްވާ ކަމަށެވެ.

މި ނިންމެވުމާއި ގުޅިގެން ގާޒީ ވަނީ މިިދޔަ އަހަރުގެ ޖުލައި 19 ވަނަ ދުވަހު ޝަރީޢަތް ނިމެންދެން ފާރިސް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާޠިލް ކުރައްވާފައެވެ.

މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު ފާރިސް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅި މައްސަލައިގެ ވޯޓަށް ނުފޫޒު ފޯރުވުމަށް، މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުޙުމަތުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

19 ފެބުރުއަރީ 2017
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

16 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު