Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޒައިނުއްދީން ޒިދާން

ވަޒީފާގައި ދެމިހުންނަން ޕީއެސްޖީ ބަލިކުރަން ޒިދާންއަށް މަޖުބޫރު!

މި ސީޒަނުގައި ރެއާލް ހޯދަމުން އަންނަ ނަތީޖާތަކުގެ ސަބަބުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2018 | ހުކުރު 06:05
ޒައިނުއްދީން ޒިދާން

ޒައިނުއްދީން ޒިދާން

ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުގައި ދެމިހުރުމަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ފްރާންސްގެ ޕީއެސްޖީ ބަލިކުރަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

އޭނާ މިހެން ބުނެފައި ވަނީ އަމިއްލަ ދަނޑުގައި ލެގާނޭސް އަތުން ބަލިވެ ސްޕެނިޝް ކޮޕާ ޑެލްރޭއިން އެ ޓީމު ކެޓުމާއި ގުޅިގެން އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް ޖަވާބު ދެމުންނެވެ. ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު މާކޯ އަސެންސިއޯގެ ލަނޑުން ރެއާލް ކާމިޔާބުކުރި ނަމަވެސް އަމިއްލަ ދަނޑުގައި 2-1 އިން ބަލިވެ އެ ޓީމު މުބާރާތުން ކެޓީ ރަށުން ބޭރުގައި ޖެހި ލަނޑުގެ އަދަދު ލެގާނޭސްއަށް ވުރެ މަދުވުމުގެ ސަބަބުންނެވެ.

ލެގާނޭސް ވެގެން ގޮސްފައި ވަނީ ކޮޕާ ޑެލްރޭގެ ތާރީހުގައި ފުރަތަމަ ލެގުން ރެއާލް އަތުން ބަލިވުމަށް ފަހު ދެވަނަ ލެގު ކާމިޔާބުކޮށް ރެއާލް ކަޓުވާލި ފުރަތަމަ ޓީމަށެވެ. މި ސީޒަނުގައި އެ ޓީމަށް ސްޕެއިންގެ އެއްވެސް މުބާރާތެއް ކާމިޔާބުކުރެވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. އެގޮތުން ސްޕެނިޝް ލަލީގާގައި ވެސް ރެއާލް މިވަގުތު އޮތީ އެއްވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އަށް ވުރެ 19 ޕޮއިންޓް ފަހަތުން ތާވަލުގެ ހަތަރު ވަނައިގައެވެ. އެހެން ނަމަވެސް އަދިވެސް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.

ޖެހިޖެހިގެން ދެ ފަހަރު ރެއާލްއަށް ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗު ބުނީ އޭނާއަށް ކޯޗުގެ މަގާމުގައި ދެމިހުރެވޭނީ ދެވަނަ ބުރުގައި ޕީއެސްޖީ ބަލިކޮށްގެން ކަމަށާއި އެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އޭނާ ބުނީ ޓީމަށް މިހާރު ދިމާވެފައިވާ ހުރިހާ މައްސަލައެއްގެ ފުރިހަމަ ޒިންމާ ކޯޗެއްގެ ހައިސިއްޔަތުން އޭނާ ނަގާ ކަމަށެވެ. އޭނާ ބުނީ އަބަދުވެސް މަސައްކަތްކުރަނީ ޓީމުގެ ކުޅުން ރަނގަޅު ކުރަން ކަމަށާއި މި މުބާރާތުން ކެޓި ކަމުގައި ވިޔަސް ޓީމަށް މިހާރު ދިމާވެފައިވާ މައްސަލަތަކުގެ ހައްލު ހޯދާނެ ކަމަށެވެ.

މި މެޗުން ރެއާލް ބަލިވިއިރު އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ގެރެތު ބޭލް ހިމަނާފައެއް ނުވެއެވެ. މިކަމާ ގުޅިގެން އޭނާ ބުނީ އެ ކުޅުންތެރިންނަށް ފުރަތަމަ އެގާރައިން ފުރުސަތު ނުދިނީ އަރާމުކުރަން ވަގުތު ދިނުމުގެ ގޮތުން ކަމަށާއި ޓީމުގެ ފުރަތަމަ އެގާރައިން އެއްވެސް ކުޅުންތެރިޔަކަށް ޖާގަ ޔަގީން ނުވާނެ ކަމަށެވެ.

ޒިދާންގެ ދިފާއުގައި ރެއާލްގެ ގިނަ ކުޅުންތެރިން ވަނީ މީޑިއާގައި ވާހަކަ ދައްކާފައެވެ. އޭގެ ތެރޭގައި ސާޖިއޯ ރާމޯސް އާއި މާސެލޯ އާއި ޑެނީ ކަވަހާލްގެ އިތުރުން ލޫކާ މޮޑްރިޗް ހިމެނެއެވެ. އެ ކުޅުންތެރިން ބުނެފައި ވަނީ ޓީމަށް މިވަގުތު ދިމާވެފައިވާ ހާލަތަކުން އެހެން ހާލަތަކަށް ޒިދާން އެ ޓީމު ގެންގޮސްދޭނެ ކަމަށާއި ކޯޗާ މެދު ފުރިހަމަ އިތުބާރާއި ޔަގީންކަން އެބައޮތް ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޕީއެސްޖީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ރެއާލް ކުޅޭ ފުރަތަމަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. ހަމައެހެންމެ ދެވަނަ ލެގުގެ މެޗު ޕީއެސްޖީގައި ދަނޑުގައި ކުޅެވިގެންދާނީ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެޕޭ ހޯދުމަށް ޕީއެސްޖީން މަސައްކަތް ފަށައިފި

ޕެޕޭ ހޯދުމަށް ޕީއެސްޖީން މަސައްކަތް ފަށައިފި

17 ޖޫން 2017
ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި

ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި

17 ޖޫން 2017
ބޮޑު ތަފާތަކުން މޮނާކޯ ބަލިކޮށް ޕީއެސްޖީ ފައިނަލަށް

ބޮޑު ތަފާތަކުން މޮނާކޯ ބަލިކޮށް ޕީއެސްޖީ ފައިނަލަށް

27 އެޕްރީލު 2017
ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017
ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި

ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި

10 އެޕްރީލު 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު