Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ މުސްލިމުން

ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އުފައްދާފައިވާ ޕެނަލް އިން އެމެރިކާގެ ތަޖުރިބާކާރު ޑިޕްލޮމެޓް އިސްތިއުފާ ދެއްވައިފި

25 ޖެނުއަރީ 2018 | ބުރާސްފަތި 12:23

ރިޗަޑްސަން އިސްތިއުފާ ދެއްވީ ޕެނަލް އިން "ހަގީގަތް ފޮރުވަން އުޅޭ ކަމަށް" ތުހުމަތުކުރައްވައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 25 ޖެނުއަރީ 2018 | ބުރާސްފަތި 12:23
އެމެރިކާގެ ތަޖުރިބާކާރު ޑިޕްލޮމެޓް ބިލް ރިޗަޑްސަން

އެމެރިކާގެ ތަޖުރިބާކާރު ޑިޕްލޮމެޓް ބިލް ރިޗަޑްސަން

މިޔަންމާގެ ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި މިޔަންމާގެ ލީޑަރު އަން ސަން ސޫޗީ އަށް ލަފާދެއްވުމަށް އުފައްދަވާފައިވާ ޕެނަލް އިން އެމެރިކާގެ ތަޖުރިބާކާރު ޑިޕްލޮމެޓް ބިލް ރިޗަޑްސަން އިސްތިއުފާ ދެއްވައިފިއެވެ.

ރިޗަޑްސަން އިސްތިއުފާދެއްވީ ރޮހިންޖާ މުސްލިމުންގެ މައްސަލާގައި އުފައްދަވާފައިވާ ޕެނަލް އިން "ހަގީގަތް ފޮރުވަން އުޅޭ ކަމަށް" ތުހުމަތުކޮށް އަދި "ސޫޗީގެ ކިބައިގައި ލީޑާރޝިޕް ނެތް" ކަމަށް ބުނެއެވެ. ރޮއިޓާސް އަށް ރިޗަޑްސަން ވިދާޅުވެފައި ވަނީ މިޔަންމާގެ ސަރުކާރަށް "ވާގިވެރިވާ މީހަކަށް ވާން" އޭނާ ބޭނުން ނުވާ ކަމަށެވެ.

ސޫޗީގެ ގާތް ރަހްމަތްތެރި ބޭފުޅެއް ކަމަށްވާ ރިޗަޑްސަން ވިދާޅުވެފައި ވަނީ މިޔަންމާގައި ޝަރީއަތް ކުރެވެމުންދާ ރޮއިޓާސްގެ ދެ ރިޕޯޓަރުންގެ ވާހަކަ މިޔަންމާގެ ސޫޗީއާ ހިއްސާ ކުރެއްވުމުން، އެކަމާ ވެސް އެކަމަނާ "ހިތްޕުޅުހަމަޖެހިވަޑައި ނުގެންނެވި" ކަމަށެވެ.

ބިލް ރިޗަޑްސަންގެ ވާހަކައާ ގުޅިގެން މިޔަންމާ އިން ބުނެފައި ވަނީ "މިޔަންމާގެ ލީޑަރާ މެދު އޭނާ ގުންގުޅެނީ ޒާތީ ގޮތްތަކެއް،" ކަމަށެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ހެދި އެގައުމަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރަކައިން ސްޓޭޓުގައެވެ. މިދިޔަ އަހަރު ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އަސްކަރިއްޔާ އިން ހިންގި އޮޕަރޭޝަނެއްގައި އެކަނި ވެސް 65000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން އަަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކުރިއެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
17 މާރިޗު 2017

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން
16 މާރިޗު 2017

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި
07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް