Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ލީގު ކަޕް

އިނގިރޭސި ލީގު ކަޕް: ފައިނަލުގައި ސިޓީއާ ދެކޮޅަށް ނުކުންނާނީ އާސެނަލް

އާސެނަލް ވަނީ ދެވަނަ ލެގުގައި ޗެލްސީ 2-1 އިން ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 25 ޖެނުއަރީ 2018 | ބުރާސްފަތި 11:40
މި މެޗުގެ ދެވަނަ ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މި މެޗުގެ ދެވަނަ ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ފަހަތުން އަރައި ޗެލްސީ ކަޓުވާލުމަށް ފަހު އިނގިރޭސި ލީގު ކަޕްގެ ފައިނަލުގެ ޖާގަ އާސެނަލް އިން ކަށަވަރުކޮށްފިއެވެ.

ފައިނަލްގައި އާސެނަލް ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާއެވެ.

އާސެނަލް އިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުގެ ދެވަނަ ލެގުގައި 2-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ލެގުގައި ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އެހެންކަމުން އާސެނަލްއަށް ފައިނަލުގެ ޖާގައެއް ލިބުނީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ޗެލްސީގެ މައްޗަށް ކުރިލިބޭތީއެވެ.

މި މެޗުގެ ކުރިން މި ސީޒަނުގައި މި ދެ ޓީމު ކުޅުނު ހަތަރު މެޗު ވެސް ނިމިފައިވަނީ އެއްވަރުވެގެންނެވެ. މިދިޔަ ހަފްތާގައި ކްރިސްޓަލް ޕެލަސް އަތުން މޮޅުވި އާސެނަލްގެ ޓީމުގައި ހިމެނުނު ޕީޓަރ ޗެކްގެ ބަދަލުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ ޑޭވިޑް އޮސްޕީނާއެވެ. ހަމައެހެންމެ ޕެޑްރޯ ވެސް ވަނީ ސަސްޕެންޝަން ފުރިހަމަކުރުމަ ށްފަހު ޗެލްސީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފަސްވަނަ މިނެޓުގައި ޕެޑްރޯ ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައި ވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އޭގެ ދެ މިނެޓު ފަހުން ޕެޑްރޯ ތަނަވަސްކޮށްދިން ފުރުސަތަކުން އީޑެން ހަޒާޑް ވަނީ ޗެލްސީއަށް ލަނޑެއް ޖަހައިދީ އެ ޓީމަށް މި މެޗުގެ ލީޑު ނަގައިދީފައެވެ. މި ލަނޑަށް ފަހު އާސެނަލްއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރި އިރު އެ ޓީމުން ވަނީ 12 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. ނަތީޖާ ހަމަހަމަވީ ނާޗޯ މޮންރިއާލް ދިން ހަމަލާއެއްގައި ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގަރ ބައިކޮޅަށް ޖެހި ލަނޑުންނެވެ. މި ހާފުގައި ދެ ޓީމަށް ވެސް ލީޑު ނެގުމަށް ރަނގަޅު ފުރުސަތުތައް ލިބުނިއިރު ދެ ޓީމުން ކުރެ ޓީމަކަށް ވެސް އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި އާސެނަލްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެ ޓީމުން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 60 ވަނަ މިނެޓުގައި ގްރަނިޓް ޒާކާ އެ ޓީމަށް ލަނޑެއް ޖަހައިދީ މެޗުގެ ލީޑު ނަގައިދިނުމެވެ. މި ލަނޑަށް ފަހު ވެސް އެ ޓީމަށް ލީޑު ފުޅާކުރުމަށް ފުރުސަތު ލިބިގެންދިޔައިރު ޗެލްސީގެ ކީޕަރު ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ.

މި މުބާރާތުގެ ފައިނަލްއިން ޖާގަ ހޯދުމަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު ވެންގާ ބުނީ ފުރަތަމަ ހާފުގައި ޗެލްސީއަށް މާ ގިނަ ފުރުސަތު ތަނަވަސްކުރުމަށް ވަގުތު ދެވުނު ކަމަށާއި ދެވަނަ ހާފުގައި އެކަން ރަނގަޅު ކުރެވުނު ކަމަށެވެ. އޭނާ ބުނީ ފައިނަލްއަށް ތައްޔާރުވުމަށް ވަގުތު އެބައޮތް ކަމަށާއި މިހާރުގެ އަމާޒަކީ މި މުބާރާތް ކާމިޔާބުކުރުން ކަމަށެވެ. އާސެނަލްގެ ކޯޗުކަމުގައި ވެންގާ ހޭދަކުރި 21 އަހަރުގެ ތެރޭގައި އޭނާއަށް މި މުބާރާތް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މިއަހަރުގެ ފައިނަލް ވެގެންދާނީ އާސެނަލް މި މުބާރާތުގެ ފައިނަލުގައި ކުޅޭ އަށް ވަނަ ފަހަރަށެވެ. އެ ޓީމުން ވަނީ ދެ ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބުކޮށްފައެވެ. އެ ޓީމާ ދެކޮޅަށް ފައިނަލުގައި ކުޅޭ މެންޗެސްޓާ ސިޓީ ފައިނަލްއަށް ދަތުރުކުރީ 5-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބްރިސްޓޮލް ސިޓީ ބަލިކޮށްގެންނެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު