Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ކޮޕާ ޑެލްރޭ

ސްޕެނިޝް ކޮޕާ ޑެލްރޭ: ސެވިއްޔާ އަތުން ބަލިވެ އެޓްލެޓިކޯ ކަޓައިފި

24 ޖެނުއަރީ 2018 | ބުދަ 07:16

ދެވަނަ ލެގުގައި ސެވިއްޔާއިން ވަނީ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން އެޓްލެޓިކޯ ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 24 ޖެނުއަރީ 2018 | ބުދަ 07:16
ސެމީގެ ޖާގައެއް ކަށަވަރުވުމާ އެކު ސެވިއްޔާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ސެމީގެ ޖާގައެއް ކަށަވަރުވުމާ އެކު ސެވިއްޔާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ސްޕެނިޝް ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލުގައި ސެވިއްޔާ އަތުން ބަލިވެ އެޓްލެޓިކޯ މެޑްރިޑް މުބާރާތުން ކަޓައިފިއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ސެވިއްޔާ އިން ވަނީ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން އެޓްލެޓިކޯ ބަލިކޮށްފައެވެ. އެޓްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ވެސް 2-1 އިން ކާމިޔާބުކުރީ ސެވިއްޔާއެވެ. ސެމީ ފައިނަލްގެ ޖާގައެއް ސެވިއްޔާއަށް ކަށަވަރުވީ 5-2 ގެ ނަތީޖާއަކުން އެޓްލެޓިކޯގެ މައްޗަށް އެ ޓީމަށް ކުރި ލިބޭތީއެވެ. މި ދެ ޓީމު ވެސް މި މެޗާ ކުރިމަތިލީ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ފެށިގެން މިނެޓެއް ނުވަނީސް ސެވިއްޔާ އިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ޕަބްލޯ ސަރާބިއާ ނަގައިދިން ހުރަހަކުން ލަނޑެއް ޖަހައިދީ އެ ޓީމަށް ލީޑު ނަގައިދިނީ ސާޖިއޯ އެސްކުޑޭރޯއެވެ. މި ލަނޑާ އެކު އެޓްލެޓިކޯ އިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު ކެވިން ގަމެއިރޯ ތަނަވަސްކޮށްދިން ފުރުސަތަކުން ލަނޑެއް ޖަހައިދީ އެންޓޮއިން ގްރީޒްމަން ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި ހާފުގައި ދެ ޓީމުން ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެގެން ފުރަތަމަ ހާފު ނިމިގެންދިޔައިރު އެވަރ ބަނޭގާ ވަނީ ދެވަނަ ހާފު ފެށިގެން ތިން މިނެޓު ނުވަނީސް ލަނޑެއް ޖަހައިދީ ސެވިއްޔާއަށް އަލުން އަނބުރާ ލީޑު ނަގައިދީފައެވެ. މި ލަނޑަށް ފަހު އެޓްލެޓިކޯއަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު އެ ޓީމަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. ސެވިއްޔާއަށް ސެމީގެ ޖާގައެއް ކަށަވަރު ވެގެންދިޔައީ މެޗުގެ 79 ވަނަ މިނެޓުގައި ފްރޭންކޯ ވަސްކުއޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ޕަބްލޯ ސަރާބިއާ ޖަހައިދިން ލަނޑުންނެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން އެޓްލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނޭ ބުނީ އޭނާގެ ޓީމު ޗެމްޕިއަންސް ލީގާއި މި މުބާރާތުން ކެޓުމުގެ ފުރިހަމަ ޒިންމާ އޭނާ ނަގާނެ ކަމަށެވެ. އޭނާ ބުނީ އަމާޒަކީ ލަލީގާގައި ރަނގަޅު ޗެލެންޖެއް ދިނުން ކަމަށާއި މި މެޗުން ބަލިވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިގެން ކަމަށެވެ.

އެޓްލެޓިކޯގެ މިޑްފީލްޑަރު ކޯކޭ ބުނީ އަމިއްލަ ދަނޑުގައި ފައިނަލް ކުޅެން އުއްމީދުކުރި ކަމަށާއި މި މެޗުގައި ސެވިއްޔާގެ ފަރާތުން ފެނިގެންދިޔައީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

ސެވިއްޔާ އިން ވަނީ 2007 ވަނަ އަހަރުގެ ފަހުން ހަތް ފަހަރެއްގެ މަތިން ކޮޕާ ޑެލްރޭގެ ސެމީ ފައިނަލް އިން ޖާގަ ހޯދާފައެވެ. އެ ޓީމުން ވަނީ 2007 ވަނަ އަހަރާއި 2010 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް