Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް 2018

ބަންގްލަދޭޝްގައި ޓީސީއަށް މުހިންމު މޮޅެއް

23 ޖެނުއަރީ 2018 | އަންގާރަ 13:01

ޓީސީ ވަނީ 1-0 އިން ސައިފް ސްޕޯޓިން ކްލަބް ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 23 ޖެނުއަރީ 2018 | އަންގާރަ 13:01
މިދިޔަ އަހަރު ބަންގްލަދޭޝްގައި ކުޅުނު ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި ޓީސީ ކުޅުނު މެޗެއްގެ ތެރެއިން

މިދިޔަ އަހަރު ބަންގްލަދޭޝްގައި ކުޅުނު ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި ޓީސީ ކުޅުނު މެޗެއްގެ ތެރެއިން

އޭއެފްސީ ކަޕްގެ ޕްރެލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާއި ދެކޮޅަށް ކުޅުނު މެޗު ޓީސީ ސްޕޯޓްސް ކްލަބްއިން ކާމިޔާބު ކޮށްފިއެވެ.

ބަންގްލަދޭޝްގެ ބަންގުބަންދު ނެޝެނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޓީސީއިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗު ވެގެން ގޮސްފައިވަނީ އޭއެފްސީ ކަޕްގައި ޓީސީ ކުޅުނު ފުރަތަމަ މެޗަށެވެ. ހަމައެހެންމެ މިއީ ސައިފް ސްޕޯޓިން ވެސް މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. މި މެޗާއި ދެ ޓީމުން ވެސް ކުރިމަތިލީ ވަރުގަދަ ފުރަތަމަ އެގާރަޔަކާއެކުއެވެ. އެހެން ނަމަވެސް ޓީސީގެ ފުރަތަމަ އެގާރައިގައި ނައިޖީރިއާގެ ފޯވާޑް ޕީޓާ ކޮލަވޯލޭ އަދި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އައްޒާމް އަނިޔާގެ ސަބަބުން ހިމަނާފައެއް ނުވެއެވެ.

މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް މަސައްކަތްތަކެއް ކޮށްފައެވެ. މި މެޗުގައި ޓީސީގެ ފޯވާޑުންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ކުޅުންތެރިން ވަނީ ސައިފްގެ ގޯލަށް ބާރުބޮޑުކޮށް އެ ޓީމުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މި މެޗުގައި ޓީސީއިން ޖެހި ހަމައެކަނި ލަނޑު 23 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ކިރްގިސްތާނުގެ މިޑްފީލްޑަރު އަންޓޮލީ ވަލްޝިޗޭވްއެވެ. އޭނާ މި ލަނޑު ޖަހައިދިނީ މި ސީޒަނުގައި އެ ޓީމާއި އަލަށް ގުޅުނު ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޓީސީގެ ބެލާރޫސް ކީޕަރު ޑިމިޓްރީ އަސްނިންއަށް އަނިޔާވެ ދަނޑުން ބާލަން ޖެހުމާއި ގުޅިގެން މެޗުގެ ބާކީބައިގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ ބަދަލު ކީޕަރު އިބްރާހިމް ނަދީމްއެވެ.

ދެވަނަ ހާފުގައި ސައިފް ސްޕޯޓިންއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު އެ ޓީމުން ފޮނުވާލި ހަމަލާތަކެއް ޓީސީގެ ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފައިވެއެވެ. ސައިފް ސްޕޯޓިންއިން ތަކުރާރުކޮށް އުފައްދަމުންދިޔަ ހަމަލާތައް ހުއްޓުމުގައ ނަދީމް އަދި ޓީސީގެ ޑިފެންޑަރުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. މި މެޗުން މޮޅުވުމާއެކު އަންނަ ހަފްތާގެ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ޓީސީއަށް ޕްލޭއޮފްގެ ޖާގައެއް ކަށަވަރުވާނެއެވެ. ޓީސީއަށް ޕްރިލިމިނަރީ ބުރު ފަހަނައަޅައި ދެވިއްޖެނަމަ އެ ޓީމު ދެން ކުޅެން ޖެހޭނީ ޕްލޭއޮފްގެ ދެ ލެގެވެ. ޕްލޭއޮފްގައި އެ ޓީމު ނުކުންނާނީ އިންޑިއާގެ ބެންގަލޫރު އެފްސީ އަދި ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓެޑާއި ދެ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް

18 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް