Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެލްކޮމް

ޕްރިމިއާ ލީގުގައި ކުޅެން މެލްކޮމް ބޭނުންވޭ

21 ޖެނުއަރީ 2018 | އާދީއްތަ 07:23

އޭނާ ހޯދުމަށް އުތުރު ލަންޑަންގެ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 21 ޖެނުއަރީ 2018 | އާދީއްތަ 07:23
އާސެނަލްއިން ހޯދަމުން މަސައްކަތްކުރަމުން އަންނަ މެލްކޮމް

އާސެނަލްއިން ހޯދަމުން މަސައްކަތްކުރަމުން އަންނަ މެލްކޮމް

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެން ބޭނުންވާ ކަމަށް ފްރާންސްގެ ބޯޑޯއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ތަރި މެލްކޮމް ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވާއިރު އުތުރު ލަންޑަނަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ އާސެނަލް އަދި ޓޮޓެންހަމް ހޮޓްސްޕާސްއިން އޭނާ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. ވަކިން ހާއްސަކޮށް އެލެކްސިސް ސަންޗޭޒް އާސެނަލް ދޫކޮށްލަން ނިންމުމާއި ގުޅިގެން އޭނާ ނެތްތަން ފޫބެއްދުމަށް އާސެނަލްއިން މެލްކޮމް މި ފިނި މޫސުމުގެ ޓްރާންސްފާގައި ގެންނަން ބޭނުންވާ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެހެން ނަމަވެސް ބޯޑޯގެ މެނޭޖްމަންޓުން ބުނެފައިވަނީ މިހާތަނަށް އޭނާ ހޯދުމަށް އެއްވެސް ހުށަހެޅުމެއް އައިސްފައި ނުވާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު 1-0 ގެ ނަތީޖާއަކުން ނަންޓޭސް އަތުން ބޯޑޯ ބަލިވި މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދެއްކުމަށް ފަހު މެލްކޮމް ބުނީ އޭނާ އެ ޓީމު ދޫކޮށްލާނެކަން ގެރެންޓީކޮށް ބުނަން ނޭނގޭ ކަމަށާއި އެހެން ކްލަބަކަށް ބަދަލުވިޔަސް އެކަން އެއްވެސް މައްސަލައަކަށް ނުވާނެ ކަމަށެވެ. އޭނާ ބުނީ ބޯޑޯގައި މަޑުކުރަން ޖެހިއްޖެނަމަ އެ ކްލަބްގައި މަޑުވެސް ކުރާނެ ކަމަށެވެ. ހަމައެހެންމެ އޭނާ ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުމަކީ ކޮންމެ ކުޅުންތެރިޔެއްގެ ވެސް ހުވަފެނެއް ކަމަށާއި ކެރިއަރުގެ ކޮންމެވެސް ހިސާބަކުން އެކަން ހަގީގަތަކަށް ހަދަން ބޭނުންވާ ކަމަށެވެ.

ބޯޑޯގެ ޑިރެކްޓަރު ނިކޮލަސް ޓެވަނޮސްޓް ބުނެފައިވަނީ ސީޒަނުގެ އެންމެ މުހިންމު ބައިގައި އޭނާ އެ ކްލަބް ދޫކޮށް ނުދާނެ ކަމަށާއި އޭނާ އެ ކްލަބްގައި މަޑުކުރާނެ ކަމަށެވެ. އޭނާ ބުނީ އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ އޭނާ ވިއްކާލުމަށް ފަސް ނުޖެހޭނެ ކަމަށާއި އެހެން ނަމަވެސް މިވަގުތު އޭނާއަކީ ކްލަބަށް ވަރަށް މުހިންމު ކުޅުންތެރިޔަކަށްވުމާއެކު އޭނާ ނުވިއްކާނެ ކަމަށެވެ.

ބެލެވޭ ގޮތުގައި އާސެނަލްއިން މި ފިނި މޫސުމުގެ ޓްރާންސްފާގައި އޭނާ ނުގެންނާނެއެވެ. ބޯޑޯއިން މެލްކޮމް ވިއްކުމަށް ކަނޑައަޅާފައިވާ 44 މިލިއަން ޕައުންޑްއަކީ އާސެނަލްގެ ކޯޗު އާސެން ވެންގާއަށް ކަމުދާ އަގެއް ނޫން ކަމަށާއި އެ ކްލަބްއިން މިވަގުތު ބޭނުން ވަނީ ޕިއާ އެމެރިކް އޮބަމެޔަންގް އަދި ހެންރިކް މިޚްތަރިޔާން ގެނައުމަށް ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އަނެއްކާ ވެސް ހޫނު މޫސުމުގެ ޓްރާންސްފާގައި އާސެނަލްއިން އޭނާ ހޯދަން ދާނެ ކަމަށް ބެލެވެއެވެ.

މެލްކޮމްގެ ޓީމު ކަމަށްވާ ބޯޑޯ އޮތީ ކުޅުނު 22 މެޗުން ލިބުނު 26 ޕޮއިންޓާއެކު ފްރެންޗް ލީގު ތާވަލުގެ 12 ވަނައިގައެވެ. ބްރެޒިލްގެ ކޮރިންތިއަންސްއިން ކެރިއަރު ފެށި މެލްކޮމް ބޯޑޯއަށް ބަދަލުވީ 2016 ވަނަ އަހަރުއެވެ. އެ ޓީމަށް 68 މެޗު ކުޅެދީފައިވާ މެލްކޮމް ވަނީ 15 ލަނޑު އެ ޓީމަށް ޖަހައިދީފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް

04 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް