Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުންފަތް ކޮންޓްރޯލް ކުރުން

އެސްޓީއޯ އިން ބޭނުންވީ ފުޑްކޯޓުގައި ސިނގިރޭޓް ހުއްދަކުރަން، އެކަމަކު ހުއްދައެއް ނުދިން

23 ޖެނުއަރީ 2018 | އަންގާރަ 05:39

ހުއްދަ ނުދޭން ނިންމީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 23 ޖެނުއަރީ 2018 | އަންގާރަ 05:39
ހާބަރު ފުޑްކޯޓުގައި ހައުސިން މިނިސްޓަރު މުއިއްޒު--

ހާބަރު ފުޑްކޯޓުގައި ހައުސިން މިނިސްޓަރު މުއިއްޒު--

މާލޭ ހުޅަނގުދެކުނު ހާބަރު ސަރަހައްދުގައި ތަރައްގީ ކުރާ ފުޑްކޯޓުތަކުގައި ސިނގިރޭޓް ބޮވޭ ގޮތަށް ހަދަން އެސްޓީއޯ އިން ނިންމާފައި ވިޔަސް، އެތަނުގައި ސިނގިރޭޓް ބުއިން ހުއްދަ ކުރެވެން ނެތް ކަމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުން އަންގައިފި އެވެ.

ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުން އެގޮތަށް ނިންމާފައި ވަނީ ފުޑްކޯޓުތައް އިމާރާތްކޮށްފައިވާ ގޮތުން، ސިނގިރޭޓްގެ ދުމުގެ އަސަރު ގިނަ ބަޔަކަށް ކުރާނެތީއެވެ. ފުޑް ކޯޓުތައް ހަދާފައި ވަނީ މަތި ހިޔާކޮށްގެން ކަމަށް ވާތީ، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގައި ބުނާ މިންގަނޑަށް އެތަން ނުފެދޭތީ ކަމަށް އެ ބޯޑުން އެސްޓީއޯ އަށް ވަނީ އަންގާފައެވެ.

Advertisement - newsAdvertisement

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑަކީ ސަރުކާރުގެ ކަމާ ބެހޭ މިނިސްޓްރީތަކުން މަންދޫބުންނާއި ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ތަޖުރިބާކާރުންނާއި އާންމު ސިއްހަތުގެ ތަޖުރިބާކާރުންނާއި ތަކެތި ގަންނަ މީހުންގެ ހައްގުތަކާ ބެހޭ މީހުންގެ އިތުރުން މަދަނީ އަދި ވިޔަފާރި ޖަމްއިއްޔާތަކުގެ މަންދޫބުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑުގެ ޗެއާ ކުރައްވަނީ ހެލްތު މިނިސްޓަރެވެ.

ފުޑް ކޯޓުތަކުގައި ދުންފަތުގެ އިސްތިއުމާ ކުރުމުގެ ހުއްދަ ނުދޭން ނިންމާފައި ވަނީ ދުންފަތުގެ އިސްތިއުމާލު ކުރެވޭ ގޮތަށް، އެތަނުން ބައެއް ތަންތަން ކުއްޔަން ދޫކުރަން އެސްޓީއޯ އިން ނިންމާފައި ވަނިކޮށެވެ. އެ މައްސަލާގައި ހެލްތު ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އިސްނަގައިގެން އެސްޓީއޯއާ އެކު ވެސް މަޝްވަރާ ކުރިއެވެ. ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ފުޑްކޯޓުތަކަކީ ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތަށް ހުންނަ ތަންތަން ކަމަަށާއި އެފަދަ ތަންތަނުގެ މާހައުލު ވާންޖެހޭނީ ހުރިހާ އުމުރުފުރައަކަށް ވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ކަމަށް އެޗްޕީއޭ އިން އެސްޓީއޯ އަށް ވަނީ ލަފާ ދީފައެވެ. އެޗްޕީއޭ އިން ޑިމާންޑް ކުރަމުން ދަނީ ހާބަރު ފުޑްކޯޓަކީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނަކަށް ހެދުމަށެވެ.

ހާބަރު ފުޑްކޯޓު ސަރަހައްދު-- ފޮޓޯ/ ހައުސިން މިނިސްޓްރީ

ރާއްޖެއެމްވީން ބެލިބެލުމުން އެނގުނު ގޮތުގައި ކެފޭ، ހޮޓާ، ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ދޭ އުސޫލަށް ހާބަރު ސަރަހައްދުގައި ހަދާ ފުޑްކޯޓުތައް ނުފެތެއެވެ. އެ ގަވާއިދުގައި ބުނާ ގޮތުން ކެފޭގައި ހިދުމަތް ދޭ ސަރަހައްދުގެ 400 އަކަފޫޓަކީ ކަސްޓަމަރުންނަށް ހިދުމަތް ދޭ ސަރަހައްދަށް ވާންޖެހޭނެއެވެ. ކެފޭގެ ދެބައިކުޅަ އެއްބަޔަށްވާ ސަރަހައްދުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ދޭނަމަ، އެތަނަކީ ހާމަކަން ބޮޑު ތަނަކަށް ވާންޖެހޭނެ ކަމަށާއި މަތި ހިޔާކޮށްފައިވާ ތަނަކަށްވެގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.

ހާބަރު ސަރަހައްދުގެ ފުޑްކޯޓުތަކަކީ ޕާޓްޝަން ޖަހައިގެން ވަކިކޮށްފައިވާ ތަނަކަށް ނުވުމާއި ސަތަރި ދަމައިގެން ހިޔާކުރާ ތަނަކަށް ވާތީ، އެތަނަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ދެވޭ ތަނަކަށް ނުވެއެވެ. އެފަދަ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ދޭނަމަ، އެތަނުން ހިދުމަތް ހޯދާ ހުރިހާ އެންމެނަށް ދުންފަތުގެ އަސަރު ކުރާނެއެވެ.

އެކަމާ ގުޅޭ ގޮތުން އެސްޓީއޯގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އެސްޓީއޯ އިން މީޑީއާއަށް ފަހުން މައުލޫމާތު ދޭނެ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

28 މެއި 2017

އެސްޓީއޯގެ މުދާ އުފުލާ ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

28 މެއި 2017
އެސްޓީއޯގެ މުދާ އުފުލާ ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި
14 މެއި 2017

ރޯދަ މަހަށް އެސްޓީއޯއިން ފިޔައި، އަލުވި، ބިސް ވިއްކާނެ އަގުތައް ހާމަކޮށްފި

14 މެއި 2017
ރޯދަ މަހަށް އެސްޓީއޯއިން ފިޔައި، އަލުވި، ބިސް ވިއްކާނެ އަގުތައް ހާމަކޮށްފި
11 މެއި 2017

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މެއި 30 ގައި

11 މެއި 2017
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މެއި 30 ގައި
23 އެޕްރީލު 2017

އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ އާއި ތަކެތި ވަގަށް ނަގައިފި

23 އެޕްރީލު 2017
އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ އާއި ތަކެތި ވަގަށް ނަގައިފި
18 އެޕްރީލު 2017

މިހާރު ތެޔޮ ގަންނަނީ އެސްޓީއޯއިން، މެރީޑިއަމްއިން ތެޔޮ ގަތުމާމެދު ގޮތެއް ނިންމާނީ ކޯޓުން މައްސަލަ ނިމޭ ގޮތަކުން: އެމްޕީއެލް

18 އެޕްރީލު 2017
މިހާރު ތެޔޮ ގަންނަނީ އެސްޓީއޯއިން، މެރީޑިއަމްއިން ތެޔޮ ގަތުމާމެދު ގޮތެއް ނިންމާނީ ކޯޓުން މައްސަލަ ނިމޭ ގޮތަކުން: އެމްޕީއެލް
18 އެޕްރީލު 2017

އެސްޓީއޯއަށް ކުރިން ދިން ބ. މުތާފުށި ޗައިނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވިއްކާލައިފި

18 އެޕްރީލު 2017
އެސްޓީއޯއަށް ކުރިން ދިން ބ. މުތާފުށި ޗައިނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވިއްކާލައިފި
14 އެޕްރީލު 2017

ސޯޝަލް މީޑިއާ އެކްޓިވިސްޓަކު އެސްޓީއޯއިން ވަކިކޮށްފި

14 އެޕްރީލު 2017
ސޯޝަލް މީޑިއާ އެކްޓިވިސްޓަކު އެސްޓީއޯއިން ވަކިކޮށްފި
27 ފެބުރުއަރީ 2017

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

27 ފެބުރުއަރީ 2017
އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް