Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެޕްލަސް

ރާއްޖެ ޕްލަސްގެ ލައިސަންސް ބާތިލްކުރި މައްސަލަ ދައުލަތުގެ އެދުމުގެ މަތިން ޝަރީއަތަށް ފޮނުވައިފި

ރާއްޖެޕްލަސްގެ ލައިސަންސް ބާތިލްކުރީ ޚިދުމަތް ދޭން ފެށިތާ މަހެއްހާ ދުވަސް ފަހުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 17 ޖެނުއަރީ 2018 | ބުދަ 11:01
ރާއްޖެޕްލަސް ޗެނަލް

ރާއްޖެޕްލަސް ޗެނަލް

"ރާއްޖެޕްލަސް"ގެ ނަމުގައި ހިންގަމުން ދިޔަ ޗެނެލްގެ ލައިސަންސް ބާތިލް ކޮށްފައިވަނީ، ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނާ ދެކޮޅަށް ދައުވާކުރި މައްސަލަ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއިން ހައްލުނުވުމުން ޝަރީއަތަށް ފޮނުވައިފި އެވެ.

"ރާއްޖެޕްލަސް" ހިންގާ، "އާރް ޕްރޮޑަކްޝަން" އިން ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ، ބްރޯޑްކާސްޓިންގ ކޮމިޝަނުން އެ ޗެނަލުގެ ލައިސަންސް ބާތިލުކުރީ ޝަރުއީ އަދި ގާނޫނީ ހަމަތަކާއި އުސޫލުތައް ޚިލާފަށް ކަމަށް ބުނެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 8 ވަނަ ދުވަހު ޚިދުމަތް ދޭން ފެށި، "ރާއްޖެޕްލަސް"ގެ ލައިސަންސް ބާތިލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 25 ވަނަ ދުވަހު އެވެ.

މުނިފޫހިފިލުވުމުގެ ޚަބަރާއި މައުލޫމާތާއި ޕްރޮގްރާމްތަކާއި، ފިލްމާއި ޑްރާމާ، އަދި ލަވަތައް ގެނެސްދޭ ގޮތަށް ފެށި ރާއްޖެ ޕްލަސްގެ ލައިސަންސް ބާތިލުކުރީ، އައިޕީ ޓީވީ މެދުވެރިކޮށް ހިދުމަތް ދިނުމަކީ، ބްރޯޑްކާސްޓް ކުރުމަށް އާރް ޕްރޮޑަކްޝަން އަށް ދޫކޮށްފައިވާ ލައިސަންސްގައި ބަޔާން ކޮށްފައިވާ "ސެޓެލައިޓް" މެދުވެރިކޮށް ހިދުމަތް ފެށުނު ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެއެވެ.

ލައިސަންސް ބާތިލުކުރުމަށް ނިންމި ނިންމުން މުރާޖައާ ކޮށްދިނުމަށް އެކުންފުނިން ބްރޯޑްކާސްޓިންގ ކޮމިޝަނުގައި އެދުނެވެ. އެހެން ނަމަވެސް، އެ ނިންމުން މުރާޖައާ ކޮށްދިނުމަށް ކޮމިޝަނުން ވަނީ ދެކޮޅު ހަދާފަ އެވެ.

"އާރް ޕްރޮޑަކްޝަން" އިން ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މައްޗަށް ދައުވާކުރާ މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ދައުލަތުން ވަނީ، ލައިސަންސް ބާތިލްކުރަން ނިންމި ނިންމުން އަނބުރާ ގެންގޮސް، ލައިސަންސް ދޭން ދެކޮޅު ހަދާފައެވެ. ދައުލަތުން އެދުނީ ޝަރީއަތުން މައްސަލައިގައި ގޮތެއް ނިންމުމަށެވެ.

އެހެންކަމުން، ސިވިލް ކޯޓުން ވަނީ މިހާރު މި މައްސަލަ ޝަރީއަތަށް ފޮނުވާފައެވެ. މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ފަށާނެ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.

ލައިސަންސް ބާތިލުކުރުމާއި ގުޅިގެން "އާރް ޕްރޮޑަކްޝަނުން" ނެރުނު ބަޔާނެއްގައިވާ ގޮތުގައި، ލައިސަންސް ބާތިލްކުރީ ކަނޑައެޅިފައިވާ މުއްދަތު ތެރޭގައި ޚިދުމަތް ފަށާފައިނުވާތީކަމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ހާމަކުރިނަމަވެސް އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެކެވެ. އެ ބަޔާނުގައިވާ ގޮތުގައި، އެ ލައިސަންސަކީ، ކުރިން ޖޯޓެކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލައިސަންސަކަށް ވާއިރު، އެ ލައިސަންސްގެ ދަށުން ޖޯޓެކުން "ވައި ޓީވީ" ނަމުގައި ޗެނަލެއް ހިންގާފައިވެއެވެ.

"އާރް ޕްރޮޑަކްޝަން" އަށް ވައި ޓީވީގެ ލައިސަންސްގެ ހައްގުތައް ބަދަލުކުރުމުގެ މާކުރިން، ވައި ޓީވީގެ ނަމުގައި އެ ލައިސަންސްގެ ދަށުން ދިޔައީ ބްރޯޑްކާސްޓް ކުރަމުންކަން ސާބިތު ކުރެވޭ ކަމަށަށް އެކުންފުނިން ބުނެ އެވެ.

އެ ކުންފުނިން ބުނާ ގޮތުގައި، ވައި ޓީވީގެ ނަމުގައި ދިގު މުއްދަތަކަށް ހިދުމަތް ދީފައިވާ ލައިސަންސްއެއް، މުއްދަތުގައި ހިދުމަތް ފަށާފައި ނުވާކަމަށް ކޮމިޝަނުން ބުނުމަކީ އެއްވެސް ހަމަޔަކުން ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

ލައިސަންސްގެ ޝަރުތަކާ ހިލާފް ވުމަކީ ލައިސަންސް ބާތިލް ކުރެވޭނެ ކުށެއް ކަމަށް ކަނޑައަޅައި، ގާނޫނެއްގައި އަދި ގަވާއިދެއްގައިވެސް ބަޔާން ކޮށްފައިނުވާ ކަމާއި، ބްރޯޑްކާސްޓިންގް ގާނޫނުގައި ލައިސަންސްގެ ޝަރުތަކާ ޚިލާފް ވެއްޖެނަމަ އަޅަން ޖެހޭ ފިޔަވަޅުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަން އެ ކުންފުނިން ފާހަގަކުރެ އެވެ. ނަމަވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޕްލަސްގެ ލައިސަންސް ބާތިލްކުރީ ގާނޫނާއި ގަވާއިދާ ހލާފަށް ކަމަށް އެ ކުންފުނިން ގަބޫލްކުރެ އެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު