Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ސްޓޯކް ބަލިކޮށް ޔުނައިޓެޑްއިން ސިޓީގެ ލީޑު 12 ޕޮއިންޓްއަށް ކުޑަކޮށްފި

16 ޖެނުއަރީ 2018 | އަންގާރަ 07:30

ސްޓޯކް ސިޓީ އަތުން ޔުނައިޓެޑް މޮޅުވީ 3-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 16 ޖެނުއަރީ 2018 | އަންގާރަ 07:30
ޔުނައިޓެޑުގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ޔުނައިޓެޑުގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ މެންޗެސްޓާ ސިޓީއިން ތާވަލުގެ ކުރީގައި ނަގާފައިވާ ލީޑު މެންޗެސްޓާ ޔުނައިޓެޑުން 12 ޕޮއިންޓްއަށް ކުޑަކޮށްފިއެވެ.

އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ސްޓޯކް އަތުން ޔުނައިޓެޑް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ވަނީ ވަކިން ހާއްސަކޮށް މޮޅު ކުޅުމެއް ދައްކާފައެވެ. މިއީ ޖެހިޖެހިގެން ތިން މެޗުން ބަލިވުމަށްފަހު ޔުނައިޓެޑް މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. މި މެޗުގައި ސްޓޯކްގެ ބެންޗުގައި އެ ޓީމަށް އިރުޝާދު ދިނީ ވަގުތީ ގޮތުން ކޯޗުގެ މަގާމާއި ހަވާލުވެހުރި އެޑީ ނިއެޑްޒިކީއެވެ.

ފުރަތަމަ ހާފު ފެށިގެން ޔުނައިޓެޑްއިން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ނުވަވަނަ މިނެޓުގައި ޕޮގްބާ ތަނަވަސްކޮށްދިން ފުރުސަތަކުން ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން އެންޓޯނިއޯ ވެލެންސިއާއެވެ. މި ލަނޑަށް ފަހުވެސް ޔުނައިޓެޑްއިން ވަނީ މެޗުގެ ކޮންޓްރޯލް ދަމަހައްޓައި ސްޓޯކްގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 38 ވަނަ މިނެޓުގައި އެންތަނީ މާޝިއާލް ވަނީ ލަނޑެއް ޖަހައިދީ އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މި ލަނޑު އޭނާ ޖެހީ ވެސް ޕޮގްބާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ޔުނައިޓެޑްއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް މޮޅު ކުޅުމެއް ދައްކައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ޔުނައިޓެޑްގެ ތިންވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯމުން ކަޓާފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުންދާ އެ ޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫއެވެ. މި ލަނޑަށް ފަހުވެސް ލީޑު އިތުރަށް ފުޅާކުރުމަށް ޔުނައިޓެޑްއަށް ފުރުސަތު ލިބިގެންދިޔައިރު ހުއާން މަޓާ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑީގައި ވެސް ޖެހިފައިވެއެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ސްޓޯކްގެ ފަރާތުން ފެނިގެންދިޔައީ މޮޅު ކުޅުމެއް ކަމަށާއި މޮޅު ޓީމަކާއި ދެކޮޅަށް ކުޅެ ނަތީޖާ ނެރެވުމުން ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށެވެ. ހަމައެހެންމެ އޭނާ ބުނީ ސިޓީ ބަލިވި މެޗު ނުބަލާ ކަމަށާއި 12 ޕޮއިންޓްއަށް ފަރަގު ކުޑަވި ނަމަވެސް އެއީ އަދިވެސް އަތުލައިގަންނަން ވަރަށް އުނދަގޫވާނެ އެއްޗެއް ކަމަށެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ޔުނައިޓެޑްއަށްވުރެ 12 ޕޮއިންޓް ކުރިން 62 ޕޮއިންޓާއެކު އޮތީ އެ ޓީމުގެ ވާދަވެރި މެންޗެސްޓާ ސިޓީއެވެ. ޔުނައިޓެޑްއަށް 50 ޕޮއިންޓާއެކު ދެވަނަ ލިބޭއިރު ތިންވަނައިގައި 47 ޕޮއިންޓާއެކު އޮތީ ލިވަޕޫލްއެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީއަށް ވެސް 47 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ހަތަރު ވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް