Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސް މައުމޫން

ޝަޚްސު އޮޅުވާލުމުގެ މައްސަލައިގައި ދެމަސްފަހުން ފާރިސްގެ ޝަރީއަތެއް ބާއްވަނީ

14 ޖެނުއަރީ 2018 | އާދީއްތަ 13:57

އެންމެފަހުން ޝަރީއަތެއް ތާވަލް ކުރީ ނޮވެމްބަރ 15 ގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 14 ޖެނުއަރީ 2018 | އާދީއްތަ 13:57
ފާރިސް މައުމޫން: މިހާރުވެސް ހުންނެވީ ބަންދުގައި

ފާރިސް މައުމޫން: މިހާރުވެސް ހުންނެވީ ބަންދުގައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަހްސު އޮޅުވާލުމުގެ ކުށުގެ ދައުވާއާ ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހު ބޭއްވުމަށް ތާވަލް ކޮށްފިއެވެ.

އެމައްސަލައިގައި ޝަރީޢަތެއް ތާވަލް ކޮށްފައި މިވަނީ އެންމެފަހުން ޝަރީއަތުގެ މަޖިލީހެއް ބާއްވަން އުޅެ ކެންސަލް ކުރިތާ 2 މަސްދުވަސް ފަހުންނެވެ.

Advertisement - newsAdvertisement

މިދިޔަ އަހަރުގެ ނޮވެމްބަރ މަހު 15 ވީ ބުދަ ދުވަހު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުގައި ތާވަލް ކުރި ޝަރީޢަތުގެ އެއަޑުއެހުން ކެންސަލް ކޮށްފައި ވަނީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިން ހާޒިރު ނުވުމުންނެވެ.

ހޯމަ ދުވަހަށް ޝަރީއަތް ކެންސަލް ކޮށްފައި ވަނީ ހެނދުނު 11:00 ގައި ބޭއްވުމަށެވެ.

އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ އިގްތިސާދީ ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ، ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަހްސް އޮޅުވާލުމުގެ ދައުވާ ސާބިތު ކުރުމަށް ހުށަހެޅި ހެކިން ސިއްރުކުރަން އެދިފައެވެ.

ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގައި އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ފާރިސްގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ހެކިން ހުށަހަޅާފަ އެވެ. އެގޮތުން ދައުލަތުން ހުށަހަޅާފައި ވަނީ ސިއްރު ދެ ހެއްކަކާއި، ވީޑިއޯ ސީޑީއަކާއި، ސިވިލް ކޯޓުގެ ހުކުމަކާއި، އިލެކްޝަންސް ކޮމިޝަނުގެ ސިޓީއެއްގެ އިތުރުން، ޕީޕީއެމްގެ ނަމުގައި ފުލުހަށް ހުށަހަޅާފައިވާ ސިޓީއެކެވެ.

ދައުލަތުގެ ވަކީލު އައިޝަތު ރީޝާ ވިދާޅުވި ގޮތުގައި ފާރިސްގެ މައްޗަށް ދައުވާ ސާބިތުކުރަން ހުށަހަޅާފައިވާ ދެ ހެކިން ސިއްރުކުރަން އެދެނީ ހެކިބަސް ދިނުމުގެ ސަބަބުން އެމީހުންނަށް ލިބިދާނެ އެކަށީގެންވާ އިގްތިސާދީ ގެއްލުމަކުން ސަލާމަތް ކުރުމަށެވެ. ރީޝާ ވިދާޅުވި ގޮތުގައި ހެކި ބަސް ދިނުމުގެ ސަބަބުން އެމީހުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އެބައޮތެވެ.

ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި، އެ ދެ މީހުންނަކީ 22 މާޗް 2017 ގައި ސިޔާސީ ޕާޓީތަކުން ނޫސްވެރިންގެ ބައްދަލުވުން ބޭއްވި އިރު އެތަނުގައި ތިބި ދެ މީހުންނެވެ. އެ ދެ މީހުން ހުށަހަޅާފައި ވަނީ، ޕީޕީއެމްގެ މެންބަރެއްގެ ހައިސިއްޔަތުން، އެ ޕާޓީގެ ނަމުގައި ފާރިސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިކަން ސާބިތު ކުރުމަށެވެ.

ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ސިވިލް ކޯޓުގެ ހުކުމަކީ، ޕީޕީއެމްގެ ހިންގުމުގެ ބާރު އެޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް އޮކްޓޯބަރު 16, 2016 ގައި ކޮށްފައިވާ ހުކުމެވެ. ހުށަހަޅާފައިވާ އިލެކްޝަންސް ކޮމިޝަންގެ ސިޓީއަކީ ފާރިސް ޕާޓީން ވަކިކޮށް، ދަފްތަރުން ނަން އުނިކޮށްފައިވާކަން އަންގާ ފޮނުވި ސިޓީއެވެ. ޕީޕީއެމުން ފުލުހަށް ހުށަހެޅި ސިޓީއަކީ، ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ބައިވެރިވެވަޑައިގެންނެވީ ޕާޓީގެ ހުއްދަ ހޯއްދެވުމެއް ނެތި ކަމަށް ބުނެ މައްސަލަ ބަލައިދިނުމަށް އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ފޮނުއްވި ސިޓީއެވެ. ވީޑިއޯ ސީޑީގައި ހިމެނެނީ ނޫސްވެރިންގެ ބައްދަލުވުމުގެ ވީޑިއޯ އެވެ.

އެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ހެކި ހުށަހެޅުމުން ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ހަގީގަތުގައި ޝަހްސް އޮޅުވާލީ އަބްދުއްރަހީމް ކަމަށާއި ޕީޕީއެމްގެ ނަމުގައި ސިޓީއެއް ފޮނުވުމުގެ އެއްވެސް ހައިސިއްޔަތެއް އަބްދުއްރަހީމްގެ ނޯންނާނެ ކަމަށެވެ. އޮކްޓޯބަރު 15، 2016 ގައި ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުންނާއި އެޕާޓީގެ ކައުންސިލް މެންބަރުކަމުން އަބްދުއްރަހީމް ވަކިކޮށް، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަން އަންގަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިމަންނާއަކީ" ޕީޕީއެމް ކަމަށް ދެކިގެން ސިޓީއެއް ހުށަހެޅުމުގެ ހައިސިއްޔަތު އަބްދުއްރަހީމްގެ ނެތް އިރު، އެފަދަ ސިޓީއެއް ޕީޕީއެމްގެ ނަމުގައި ފޮނުވި މައްސަލަ ނުބަލަނީ ކީއްވެތޯ މައުމޫން ސުވާލުކުރެއްވި އެވެ. އަދި ފާރިސްގެ މައްޗަށް ޝަހްސް އޮޅުވާލުމުގެ ދައުވާކުރިއިރު، އަބްދުއްރަހީމްގެ މައްޗަށް ނުކުރަނީ ކީއްވެތޯ ތަކުރާރުކޮށް ސުވާލުކުރެއްވި އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް