Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: ވިޔަރެއާލް އަތުން ބަލިވެ ރެއާލްގެ އުއްމީދުތައް ފުނޑުފުނޑުވެއްޖެ

14 ޖެނުއަރީ 2018 | އާދީއްތަ 06:24

ވިޔަރެއާލް އަތުން ރެއާލް ބަލިވީ 1-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 14 ޖެނުއަރީ 2018 | އާދީއްތަ 06:24
ވިޔަރެއާލްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ވިޔަރެއާލްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ސްޕެނިޝް ލަލީގާގައި ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ތަށި ދިފާއުކުރުމަށް ރެއާލްއިން ކުރަމުން އައި އުއްމީދުތައް ފުނޑުފުނޑުވެއްޖެއެވެ.

ރެއާލްގެ އަމިއްލަ ދަނޑު ކަމަށްވާ ސެންޓިއާގޯ ބާނެބެއުގައި ކުޅުނު މި މެޗުން އެ ޓީމު ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ކޮޕާ ޑެލްރޭގައި ނުމަންސިއާ އާއި ދެކޮޅަށް ކުޅުނު ރެއާލްގެ ޓީމުގައި ހިމެނުނު ހަތަރު ކުޅުންތެރިޔަކަށް މި މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ދީފައެއް ނުވެއެވެ. މި މެޗާއި ވިޔަރެއާލްއިން ކުރިމަތިލިއިރު އެ ޓީމު ރެއާލްއާ ދެކޮޅަށް އެންމެފަހުން ކުޅުނު 17 މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.

ފުރަތަމަ ހާފު ފެށިގެން ރެއާލްއިން ވަނީ ބޯޅަ ހިފަހައްޓައިގެން ކުޅެ ވިޔަރެއާލްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ރެއާލްގެ ރޮނާލްޑޯ މެޗުގެ 14 ވަނަ މިނެޓުގައި ވިޔަރެއާލްގެ ގޯލު ހުޅުވާލި ނަމަވެސް ރެފްރީ ނިންމާފައިވަނީ އޭނާ އެ ލަނޑު ޖެހީ އޮފްސައިޑް މަގާމެއްގައި ހުރެގެން ކަމަށެވެ. މެޗުގެ 23 ވަނަ މިނެޓުގައި ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު އޭނާއަށް މި ހާފުގައި ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފު ފެށިގެން ވިޔަރެއާލްއިން އެ ޓީމުގެ ކުޅުން ރަނގަޅު ކުރިއިރު އެ ޓީމުން ވަނީ މި ހާފުގައި ރެއާލްގެ ހަމަލާތައް ހުއްޓުވުމަށް ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. އެ ޓީމުގެ ކީޕަރު ސާޖިއޯ އަސެންޖޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ މި މެޗުގައި ހަތް ސޭވް ކޮށްފައެވެ. ރެއާލް ސިއްސުވާލުމަށްފަހު ވިޔަރެއާލްއިން މެޗުގެ ލީޑު ނެގީ 87 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މިޑްފީލްޑަރު ޕަބްލޯ ފޯނާލްސްއެވެ.

މިއީ ރެއާލްގެ ދަނޑުގައި ވިޔަރެއާލް ތާރީހުގައި ވެސް މޮޅުވި އެންމެ ފުރަތަމަ މެޗެވެ.

ލަލީގާގައި ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން އެއިބާ ބަލިކޮށް އެޓްލެޓިކޯ މެޑްރިޑްއިން ވަނީ ޕޮއިންޓް ތާވަލުގެ ދެވަނައިގައި އެ ޓީމުގެ މަގާމު ދިފާއުކޮށްފައެވެ. މި މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުން ޖަހައިދިނީ ކެވިން ގަމެއިރޯއެވެ.

ހަމައެހެންމެ ވެލެންސިއާ ވެސް ވަނީ ރަށުން ބޭރުގައި ޑިޕޯޓިވޯ 2-1 ގެ ނަތީޖާއަކުން ބަލިކޮށް ހަތަރުވަނައިގައި އޮތް ރެއާލްއާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ބޮޑުކޮށްފައެވެ. މި މެޗުގައި ވެލެންސިއާގެ ލަނޑުތައް ރޮޑްރިގޯ އަދި ގޮންކާލޯ ގުއޭޑޭސް ޖަހައިދިންއިރު ޑިޕޯޓިވޯގެ ހަމައެކަނި ލަނޑު ޖަހައިދިނީ ފްލޯރިން އެންޑޯންއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ކާލާ ޖަހައިދިން ލަނޑުން ގެޓާފޭ ވެސް ވަނީ 1-0 ގެ ނަތީޖާއަކުން މަލާގާ ބަލިކޮށްފައެވެ. ޖިރޯނާ ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ލަސް ޕަލްމާސް ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމުގެ މައިކަލް އޮލުންގާ ހެޓްރިކް ހެދިއިރު ކްރިސްޓިއަން ސްޓުއާނީ އަދި ބޯޖާ ގާސިއާގެ އިތުރުން ކްރިސްޓިއަން ޕޯޓޫ ވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ޖަހައިދީފައެވެ.

ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 48 ޕޮއިންޓާ އެކު ބާސާއަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބޭއިރު ދެވަނައިގައި 42 ޕޮއިންޓާއެކު އޮތީ އެޓްލެޓިކޯއެވެ. ހަމައެހެންމެ ތިންވަނައިގައި 40 ޕޮއިންޓާ އެކު ވެލެންސިއާ އޮތްއިރު ހަތަރު ވަނައިގައި32 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑްއެވެ. ރެއާލްގެ ޕޮއިންޓެއް ފަހަތުން ފަސްވަނައިގައި އޮތީ ވިޔަރެއާލްއެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް