Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ކޮޕާ ޑެލްރޭ

ކޮޕަ ޑެލް ރޭ: ސެލްޓަ ވީގޯ ބަލިކޮށް، ކުއާޓަރ ފައިނަލްގެ ފަހު ޖާގަ ބާސެލޯނާ ހޯދައިފި

12 ޖެނުއަރީ 2018 | ހުކުރު 03:28

އަމިއްލަ ދަނޑުގައި ސެލްޓަ ވީގޯގެ މައްޗަށް ބާސާ ކުރިހޯދީ 5-0 އިން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 12 ޖެނުއަރީ 2018 | ހުކުރު 03:28
ސެލްޓަ ވީގޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ސެލްޓަ ވީގޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ސްޕެނިޝް ކޮޕަ ޑެލް ރޭގެ ދެވަނަ ބުރުގައި ފަސޭހަކަމާ އެކު ސެލްޓަ ވީގޯ ބަލިކޮށް، މުބާރާތުގެ ކުއާޓަރ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފިއެވެ.

ކޮޕަ ޑެލް ރޭގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ބުރާސްފަތި ދުވަހުގެ ރޭ، އަމިއްލަ ދަނޑުގައި ސެލްޓަ ވީގޯގެ މައްޗަށް ބާސެލޯނާ ކުރި ހޯދީ 5-0 އިންނެވެ. ސެލްޓަ ވީގޯގެ ދަނޑުގައި މި ދެ ޓީމް ކުޅުނު ފުރަތަމަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ވުމާއެކު، މުބާރާތުގެ ކުއާޓަރ ފައިނަލްގެ ޖާގަ ބާސެލޯނާ އަށް ކަށަވަރުވީ، 6-1ގެ އެގްރިގޭޓުން ކުރި ލިބިގެންނެވެ.

ބާސެލޯނާގެ ދަނޑު ކޭމްޕް ނޯގައި ކުޅުނު މިމެޗުގެ 13 ވަނަ މިނިޓުގައި އެޓީމަށް ކުރި ހޯދައިދިނީ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީއެވެ.

އޭގެ ދެ މިނިޓް ފަހުން ބާސެލޯނާ އަށް ލީޑު ފުޅާކޮށްދިނީ ވެސް މެސީއެވެ. މެސީގެ ދެ ލަނޑު ވެސް ޖަހާފައި ވަނީ ޖޯޑީ އަލްބާ ދިން ބޯޅައަކުންނެވެ.

ބާސެލޯނާގެ ތިން ވަނަ ލަނޑު، މެޗުގެ 28 ވަނަ މިނިޓުގައި ޖަހައިދިނީ ޖޯޑީ އަލްބާއެވެ.

އޭގެ ތިން މިނިޓް ފަހުން، ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އުރުގުއާއީގެ ފޯވާޑް ލުއިސް ސުއަރޭޒްއެވެ.

މި ނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، ދެވަނަ ހާފްގައި ބާސެލޯނާ އަށް ޖެހުނީ އެންމެ ލަނޑެކެވެ.

މެޗު ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ބާސެލޯނާގެ ފަސްވަނަ ލަނޑު ޖަހައިދިނީ ކްރޮއޭޝިއާގެ މިޑްފީލްޑަރ އިވާން ރަކިޓިޗްއެވެ.

ބާސެލޯނާގެ އިތުރުން ކޮޕަ ޑެލް ރޭގެ ކުއާޓަރ ފައިނަލުން ޖާގަ ކަށަވަރުކޮށްފައި ވަނީ ރެއާލް މެޑްރިޑް، އެޓްލެޓިކޯ މެޑްރިޑް، ވެލެންސިއާ، ލެގާނޭސްގެ އިތުރުން އަލާވޭސް އަދި އެސްޕަނިޔޯލް އާއި ސެވިއްޔާއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް