Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ ބަދަލު

އަރިއަތޮޅުން ފެންނަނީ މުޅި ރާއްޖެ އެއް އަރިއަށް އެރި މަންޒަރު: ޝާހިދު

11 ޖެނުއަރީ 2018 | ބުރާސްފަތި 18:41

ރައްޔިތުން ތިބީ އަނިޔާ އާއި ވައްކަމާއި، ކޮރަޕްޝަނާ ދެކޮޅަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 11 ޖެނުއަރީ 2018 | ބުރާސްފަތި 18:41
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު: ބުރާސްފަތި ދުވަހުގެރޭގެ ޖަލްސާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު: ބުރާސްފަތި ދުވަހުގެރޭގެ ޖަލްސާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި

އަރިއަތޮޅުން ފެންނަނީ މުޅި ދިވެހިރާއްޖެ މި ސަރުކާރާ ދެކޮޅަށް އެއް އަރިއަކަށް އަރާފައިވާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަދި އެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މިހާރުގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން އިންތިޒާމްކޮށްގެން އދ. މާމިގިލީގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، އަނިޔާ އާއި ވައްކަމާއި، ކޮރަޕްޝަނާ ދެކޮޅަށް، ދިވެހި ހުރިހާ ރައްޔިތުން އެއް އަރިއަށް އަރާފައިވާ ކަމަށެވެ. އެ ރައްޔިތުން ބޭނުން ވަނީ ބޯހިޔާވަހިކަން ކަށަވަރުވުމާއި، ބިރުވެރިކަން ނެތި ވަޒީފާ އަދާކުރުމުގެ ޙައްޤާއި، ދަތުރުފަތުރުން ރަށްތައް ގުޅައިލުމާއި، ޒުވާނުންނާއި އަންހެނުންނަކީ ހަމައެކަނި ސިޔާސީ ޕޯޑިއަމްތަކުގައި ބޭނުންކުރެވޭ ނަމަކަށް ނުވުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ޖަލްސާއަކީ މާމިގިލިގައި ބޭއްވި ޖަލްސާއަކަށް ވާއިރު، ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ މެންބަރު، އަދި މާމިގިލީގެ ތަރައްޤީއަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޤާސިމް އިބްރާހިމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މި ސަރުކާރުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ކޮށްފައިވާ އަނިޔާ އާއި ދާދި އެއް މިންވަރަކަށް ޤާސިމް ނައްތާލުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން ޤާސިމްގެ ވިޔަފާރިތަކަށް ސަރުކާރުން އަޅަމުންދާ ހުރަސްތަކަށް އިޝާރާތްކުރައްވައި ޝާހިދު ވިދާޅުވީ، ސަރުކާރުން ކަން ކުރަމުންދާ ގޮތުން އެ ނެތިކޮށްލެވެނީ ހަމައެކަނި ޤާސިމް ނޫން ކަމަށާއި، މިއީ ޤާސިމްގެ އެހީގައި މަތީ ތަޢުލީމު ހޯދައި، ޤައުމަށް ޚިދުމަތް ކުރަމުންދާ ޒުވާނުން ނެތިކޮށްލުން ކަމަށެވެ. ޝާހިދު ވަނީ ސަރުކާރުން މިހާރު ކުރަމުންދާ ކަމަކީ، ޒުވާނުންނަށް ކުރިއެރެން އޮތް މަގު ހުއްޓުވުން ގޮތުގައި ސިފަކުރައްވާފައެވެ.

ރާއްޖޭގައި ތަކެތީގެ އަގު އުފުލި، ރައްޔިތުން ކުރަންޖެހޭ ޚަރަދު ބޮޑުވެގެންގޮސްފައިވާ މައްސަލައިގައި ވެސް ޝާހިދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަ ދައްކަވާފައެވެ.

އެގޮތުން ކާޑާއި، ކަރަންޓާއި، ފެނުގެ ޚަރަދު ބޮޑުވެފައިވާވުމަށް އަލިއަޅުއްވާލައްވައި ޝާހިދު ވަނީ ޚިދުމަތުގެ އަގުގައި މާލެ އާއި އަތޮޅުތަކުގެ ދެމެދުގައި އިންތިހާ ދަރަޖައަށް ފަރަޤު ހުރިކަން ވެސް ފާހަގަކުރައްވާފައެވެ. ޝާހިދު ވިދާޅުވީ، ދުވަހަކު ނުދާވަރަށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ގޮސްފައިވާއިރު ވެސް ދިވެހިންނަށް އޭގެ މަންފާއެއް ނުކުރާ ކަމަށާއި، މަސްވެރިން ބާނާ މަހުގެ އަގު ވެސް މިއަދު ނުލިބޭ ކަމަށެވެ. މި ކަންކަން މިގޮތަށް ހުއްޓައި ސަރުކާރުގެ އިސް ފަރާތްތަކުން ރަށްރަށަށް އަރައި ސިޓީއުރަ ބެހުމަކީ ވެނުމަސް ވެނަށް ކާންދިނުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

މި ޖަލްސާގައި ޝާހިދު އިތުރަށް ވިދާޅުވީ މި ސަރުކާރު މިހާރު އޮތީ ކަތުރުފަނި އަޅައި، ބަލިވެ، ރޫޅިފައި ކަމަށެވެ.

ބުރާސްފަތި ދުވަހުގެރޭގެ ޖަލްސާގައި ގުޅިފައިވާ ޕާޓީތަކުގެ ވެރިންނާއި، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރި ވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް