Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު ކަޕް

ފްރެންޗް ލީގު ކަޕް: ޕީއެސްޖީ ސެމީއަށް ދަތުރުކޮށްފި

11 ޖެނުއަރީ 2018 | ބުރާސްފަތި 13:15

އެމިއެންސްއާ ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެފައި ވަނީ 2-0 ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 11 ޖެނުއަރީ 2018 | ބުރާސްފަތި 13:15
ޕީއެސްޖީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ޕީއެސްޖީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ފްރެންޗް ލީގު ކަޕްގެ ކުއާޓާ ފައިނަލްގައި ކުޅުނު މެޗުން މޮޅުވެ ވަރުގަދަ ޕީއެސްޖީ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރަށުން ބޭރުގައި އެމިއެންސްއާ ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެފައި ވަނީ 2-0 ނަތީޖާއަކުންނެވެ. މި މެޗުގައި ޕީއެސްޖީ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގައި އެ ޓީމުން އުފެއްދި ގިނަ ހަމަލާތަކެއް ދިފާއުކުރުމުގައި އެމިއެންސްގެ ޑިފެންސުން ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ.

ފުރަތަމަ ހާފު ފެށިގެން ޕީއެސްޖީ އިން ވަނީ އެމިއެންސްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެމިއެންސް އިން ރަނގަޅަށް ޑިފެންސް ކުރަމުން އަންނަނިކޮށް އެ ޓީމަށް ގޮންޖެހުންތަކަކާ ކުރިމަތިވެގެންދިޔައީ މެޗުގެ 34 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭއަށް ފައުލްކުރުމާއި ގުޅިގެން އެ ޓީމުގެ ކީޕަރު ރެޖިސް ގަޓްނާރއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމާ ގުޅިގެންނެވެ. މި މެޗުގެ ބާކީ ބައި އެމިއެންސްއިން ފުރިހަމަކޮށްފައި ވަނީ 10 ކުޅުންތެރިންނާއެކުއެވެ. އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ އެމިއެންސްގެ ގޯލު ޕީއެސްޖީއަށް ފުރަތަމަ ހާފުގައި ހުޅުވާލެވިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެގެން، ފުރަތަމަ ހާފު ނިމުނުއިރު ޕީއެސްޖީ އިން ވަނީ ދެވަނަ ހާފުގައި ނަތީޖާ ބަދަލުކުރުމަށް އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. ޕީއެސްޖީއަށް މެޗުގެ ލީޑު ލިބިގެންދިޔައީ 52 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ނޭމާ ކާމިޔާބުކޮށްދިނުމާ އެކުއެވެ. މި ލަނޑަށް ފަހު އެ ޓީމުގެ ކުޅުން އިތުރަށް ވަރުދަގަކުރިއިރު އެ ޓީމުން ވަނީ ފުލުފުލުގައި ހަމަލާ އުފައްދާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 78 ވަނަ މިނެޓުގައި އެންހެލް ޑިމަރިއާ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެޑްރިއަން ރެބިއޯ ލީޑު އިތުރަށް ފުޅާކޮށްދިނެވެ.

ޕީއެސްޖީއާ ދެކޮޅަށް ސެމީގައި ނުކުންނާނީ 4-2 ގެ ނަތީޖާއަކުން ކުއާޓާ ފައިނަލްގައި ޓުލޫސް ބަލިކުރި ރެނޭސްއެވެ. މި މެޗުގައި ރެނޭސް އިން ޖެހި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ އެޑްރިއަން ހޯނޯ އަދި ބެންޖަމިން ބޮރިގޯޑްއެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑަކީ ޓުލޫސްގެ ސްޓީވް ޔާގޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި ޓުލޫސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޔާޔާ ސަނޯގޯ އަދި އިސާގާ ސިއްލާއެވެ.

މި މުބާރާތުގެ ދެވަނަ ސެމީގައި ބައްދަލުކުރާނީ މޮނާކޯ އަދި މޮންޓްޕިލޭއެވެ. މިފަހަރުގެ ސެމީ އިން މޮންޓްޕިލޭ ޖާގަ ހޯދީ ކުއާޓާގައި 1-0 ގެ ނަތީޖާއަކުން އެންގަރސް ބަލިކޮށްގެންނެވެ. މި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ޖަހައިދިނީ އައިޒަކް ބެންޒާއެވެ. އެ ޓީމާ ދެކޮޅަށް ސެމީގައި ނުކުންނަ މޮނާކޯ ސެމީއަށް ދަތުރުކުރީ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން ނީސް ބަލިކޮށްގެންނެވެ. މި މެޗުގައި މޮނާކޯ އަށް ލަނޑުތައް ޖަހައިދިނީ ތޯމަސް ލެމާރ އަދި އާދަމާ ޑިއާބީއެވެ. ނީސްގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ އަލަސަން ޕްލީއެވެ.

މި މުބާރާތުގެ ވޭތުވެދިޔަ ހަތަރު އަހަރު ވެސް ކާމިޔާބުކުރީ ޕީއެސްޖީއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް